ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސްކޭމްގެ މައްސަލައަކާ ގުޅިގެން މީހަކު ހޯދަނީ

ފޮޓޯ: ފުލުހުން
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހި ފުލުހުންގެ ޚިދުމަތުގެ އެންޓި ސްކޭމް ސެންޓަރުން ތަހުގީގުކުރަމުންދާ ސްކޭމްގެ މައްސަލައަކާ ގުޅިގެން، ތުހުމަތުކުރެވޭ މީހަކު ހޯދުމަށް އާންމުންގެ އެހީތެރިކަމަށް އެދިއްޖެއެވެ.

ފުލުހުން ވަނީ މައްސަލައިގައި ހޯދާ މިހާގެ ވީޑިއޯއެއް އާއްމުކޮށްފައެވެ. ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ އެންޓި ސްކޭމް ސެންޓަރުގެ ނަންބަރު 9212020 އަށް ގުޅުއްވައި ހިއްސާކުރެއްވުމުމަށް ފުލުހުން ވަނީ އާއްމުންގެ ފަރާތުން އެދިފައެވެ. ފުލުހުން ބުނި ގޮތުގައި މި މީހާއަކީ ކާކުކަން މިހާތަނަށް ދެނެގަނެވިފައި ނުވާތީ، އޭނާ ހޯދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

މީގެ އިތުރުން، ކުށްކުރާ މީހުން ހޯދުމުގައި އާންމު ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން ފާހަގަކޮށް، ފުލުހުން ވަނީ ޝުކުރު އަދާކޮށްފައެވެ. އާންމުންގެ އެހީތެރިކަމާއެކު މީގެ ކުރިންވެސް މިފަދަ ގިނަ މައްސަލަތަކެއްގައި ތުހުމަތުކުރެވޭ މީހުން ހޯދިފައިވާކަން ފުލުހުން ފާހަގަކުރެވެއެވެ.

ފަހަކަށް އައިސް ސޯޝަލް މީޑިއާ އާއި އޮންލައިން މާކެޓްޕްލޭސްތައް މެދުވެރިކޮށް ހިންގާ ސްކޭމްތައް އިތުރުވެ، އެއީ ރާއްޖޭގައި ބޮޑު ކަންބޮޑުވުމަކަށް ވަނީ ވެފައެވެ. މިކަމަށް އާންމުން ހޭލުންތެރިކުރުވައި މާލީ ގެއްލުންތަކުން ސަލާމަތްކުރުމަށް ފުލުހުން އަންނަނީ ކޮންމެ ހަފުތާއަކު ސްކޭމްގެ ތަފާސްހިސާބުތައް އާންމުކުރަމުންނެވެ. އެގޮތުން ވޭތުވެދިޔަ ހަފްތާގެ ތެރޭގައި އެކަނިވެސް ސްކޭމްގެ 36 މައްސަލައެއް ރިޕޯޓްކޮށްފައިވާ ކަމަށް ފުލުހުން ހާމަކުރެއެވެ.

މިފަދަ މައްސަލަތައް އިތުރުވަމުންދާތީ، އޮންލައިންކޮށް މުދާ ގަނެވިއްކުމުގެ މުއާމަލާތްތައް ހިންގުމުގައި އިތުރަށް ސަމާލުވުމަށް ފުލުހުން ވަނީ އިލްތިމާސްކުރައްވާފައެވެ. އެގޮތުން ފައިސާ ދެއްކުމުގެ ކުރިން ވިއްކާ ފަރާތުގެ ސައްހަކަން ކަށަވަރު ކުރުމަށާއި، ކާކުކަން ނޭނގޭ ފަރާތްތަކަށް ފައިސާ ނުފޮނުވުމަށް ދަނީ އިރުޝާދު ދެމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: