ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޖަނގިޔާ ތެރޭގައި ޑްރަގް ފޮރިވި އަންހެން މީހާއަށް ކުރި ދައުވާ އަނބުރާ ގެންދިޔައީ ފިރިމީހާ ޒިންމާވުމުން!

ޝެއާރކޮށްލާ ކަހަލަދޯ؟

އަންހެނެއްގެ ޖަނގިޔާ ތެރެއިން ފެނުނު ޑްރަގްގެ މައްސަލައިގައި އެ އަންހެން މީހާއަށް ކުރި ދައުވާ އަނބުރާ ގެންދިޔައީ އޭނާގެ ފިރިމީހާ އެއަށް ހަވާލުވުމުން ކަމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ބުނެފިއެވެ.

އަންހެނެއްގެ ޖަނގިޔާ ތެރެއިން ފެނުނު ޑްރަގާ މީހަކު ހަވާލުވުމުން ޕީޖީން މައްސަލަ ދޫކޮށްލި މައްސަލައިގައި ޕީޖީން ބުނެފައިވަނީ މި މައްސަލާގައި ދައުވާކުރީ ދެމަފިރިއެއްގެ މައްޗަށް ކަމަށެވެ. ޕީޖީން ހާމަކުރިގޮތުގައި ފިރިމީހާ ބުނީ ފުލުހުން އޭނާ ހުއްޓުވި ވަގުތު އަންހެން މީހާ އަތަށް ފޮރުވަން ދިން އެތީގައި މަސްތުވާތަކެތި ހުރިކަން އަނބި މީހާއަށް ނޭނގޭނެ ކަމަށެވެ.

މީގެ އިތުރުން ޕީޖީން ބުނި ގޮތުގައި އޭނާގެ އަނބި މީހާވެސް ބުނަނީ ފިރިމީހާ ކުއްލިއަކަށް ދިން އެތި ފޮރުވައިދިންކަމަށާއި އޭގައި ޑްރަގް ހުރިކަން ނޭނގޭކަމަށެވެ. ޕީޖީން ބުނީ ފިރިމީހާއަކީ ކުށުގެ ދިގު ރެކޯޑެއް އޮތް މީހެއް ކަމަށާއި އަނބިމީހާގެ އިތުރު ރެކޯޑެއް ނެތް ކަމަށެވެ.

މި މައްސަލައަކީ މިއީ 2024 ނޮވެމްބަރު 18 ގައި ލ. އަތޮޅުގައި ހިންގި އޮޕަރޭޝަނެއްގައި ހއ. ހޯރަފުށްޓަށް ނިސްބަތްވާ އަންހެނަކާއި ލ. މާވަށު ފިރިހެނަކު ހައްޔަރުކުރި މައްސަލައެކެވެ.

އަންހެން މީހާ ބަލައި ފާސްކުރިއިރު އޭނާ ލައިގެން ހުރި ޖަނގިޔަލުގެ ތެރޭގައި ޕެޑެއްގެ މަތީގައި ޓޭޕް އަޅައި ފޮރުވާފައި ހުރި 9.2 ގްރާމްގެ ޑައިމޯފިން ފެނިފައިވެއެވެ.

މި މައްސަލައިގައި ލ. ފޮނަދޫ މެޖިސްޓްރޭޓް ކޯޓުގައި ދައުވާ ކުރިއަށް ދަނިކޮށް، ފިރިހެން މީހާ ވަނީ އެ ތަކެއްޗަކީ އޭނާގެ އެއްޗެއް ކަމަށް އިއުތިރާފުވެފައެވެ.

މި މައްސަލައިގައި އޭނާގެ އަނބިމީހާގެ ދައުވާ އަނބުރާ ގެނައީ ފިރިމީހާ ޝަރީއަތުގައި އިއުތިރާފުވެ، ހުކުމްކޮށް ނިމުމުން ކަމަށާއި އެހެންނަމަވެސް އާންމު އުސޫލެއްގެ ގޮތުން އެހެން މީހަކު ޒިންމާ ނެގިޔަސް އަނެކާ ކުށުން ބަރީޢަނުވާނެ ކަމަށް ޕީޖީން ބުނެފައިވެއެވެ. އެހެންނަމަވެސް އެކި މައްސަލަތަކުގެ ހާދިސާ ހިނގާ ގޮތުން ހާލަތު ތަފާތުވާ ކަމަށް އެ އޮފީހުން ބުނެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: