ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަހުދީގެ ފުރާނަ ގެއްލުނު ހާދިސާގެ ތަހުގީގާ މެދު އާއިލާގެ ކަންބޮޑުވުން!

ޝެއާރކޮށްލާ ކަހަލަދޯ؟

ވ. އަތޮޅު ކަނޑުއަޑީގެެ ހޮހޮޅައަކަށް ފީނަން ގޮސް އުޅެނިކޮށް މަރުވި އިޓަލީގެ ޓޫރިސްޓުންގެ ހަށިގަނޑުތައް ނަގަން ހިނަގި ރިކަވަރީ އޮޕަރޭޝަނުގައި ނިޔާވި ސިފައިންގެ ސާޖަންޓު މުހައްމަދު މަހުދީގެ ފުރާނަ ގެއްލުނު ހާދިސާ ތަހުގީގާއި ގުޅިގެން އޭނާގެ އާއިލާއިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

މި ހާދިސާއާއި ގުޅިގެން މީގެ ކުރިން އެމްއެންޑީއެފުން މައުލޫމާތު ދީފައިވާ ގޮތުގައި، މަހުދީ ނިޔާވީ ސާޗް އެންޑް ރެސްކިއު އޮޕަރޭޝަންގެ ތެރެއިން މެއި 16 ވަނަ ދުވަހު ޑައިވް ކުރަނިކޮށް ޑީކޮމްޕްރެޝަން ސިކްނަސް (ޑީކޯ) ވެގެން އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުން ދަނިކޮށެވެ. ފުލުހުން ވިދާޅުވެފައިވަނީ މި ހާދިސާ ހިނގަން މެދުވެރިވި ގޮތް ތަހުގީގުކުރަމުންދާ ކަމަށެވެ.

މަހުދީއަކީ މި އޮޕަރޭޝަންގައި ވަރަށް އިސްކޮށް ހަރަކާތްތެރިވި، ރާއްޖޭގައި ހުރި އެންމެ ތަޖުރިބާކާރު އެއް ޑައިވަރެވެ. އިޓަލީގެ ޑައިވަރުން ހޯދުމުގެ މަސައްކަތް ކުރިއަށްދާ ގޮތް ބެއްލެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެ ސަރަހައްދަށް ކުރެއްވި ޒިޔާރަތުގައި، ރައީސަށް ބްރީފިން އެރުވުމުގައިވެސް މަހުދީ ވަނީ ބައިވެރިވެފައެވެ.

އެހެންނަމަވެސް މިކަމުގެ ތަހުގީގެއް ފުލުހުން ފަށާފައިވާއިރުވެސް، މިކަމުގައި އިތުރު އެއްވެސް ތަފްސީލެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ. ސަންގުން ފުލުހުންނަށް ސުވާލުކުރުމުން އެކަމުގެ މައުލޫމާތު ހޯދުމަށްފަހު ހިއްސާކުރާނެ ކަމަށް ވަނީ ބުނެފައެވެ.

މި ތަހުގީގާއި ގުޅިގެން ކަންބިޑުވުން ފާޅުކޮށް މަހުދީގެ އާއިލާގެ ފަރާތެއް ސޯޝަލް މީޑިއާގައި ހިއްސާކޮށްފައިވާ މައުލޫމާތުގައި ވަނީ މަރުވި ފަރާތުގެ މަރުގެ ސާޓިފިކެޓުގައިވާ ކުށް މައުލޫމާތު އިސްލާހުކުރުމަށް އެމް.އެން.ޑީ.އެފް އިން އެއްބަސްވި ނަމަވެސް އެކަން މިހާތަނަށް ކޮށްފައިނުވާ ކަމަށެވެ.

މަހުދީގެ އާއިލާގެ ފަރާތަކުން ފޭސްބުކްގައި ހިއްސާކޮށްފައިވާ ޕޯސްޓު

މަރުގެ ސެޓުފިކެޓުގައި އޭނާ ސަލާމަތްކުރެވުނު ކަމަށް ލިޔެފައިވީ ނަމަވެސް، ހަގީގަތުގައި އޭނާގެ ހަށިގަނޑު ފެނުނީ 69 މީޓަރު އަޑިން، ހުސް ފުޅިއަކާއެކު ގެއްލުނުތާ 80 މިނެޓު ފަހުން ކަމަށް އޭނާ ވަނީ ބުނެފައެވެ. ފުލުހުންގެ ތަހުގީގު ލަސްކުރަމުންދާ ކަމަށް ބުނެ ”މުޖުރިމެއް ފަދައިން“ މަހުދީގެ ފޯނު އަދިވެސް ތަހުގީގަށް ހިފަހައްޓާފައި އޮތުމުން އެކަމުގެ ކަނބޮޑުވުންވެސް އޭނާ ވަނީ ފާޅުކޮށްފައެވެ.

އޭނާ ބުނެފައިވަނީ ކަމާބެހޭ އިދާރާތަކުން ސައްހަ މައުލޫމާތު ފޯރުކޮށްދީފައި ނުވާތީ ޑޮކްޓަރުންނަށް ވެސް މަރުގެ ސެޓުފިކެޓަށް ބަދަލު ނުގެނެވިފައިވާ އިރު، އެދެނީ މިކަމުގައި އިންސާފު ހޯދައިދީ ހަގީގަތް ހާމަކުރުމުގައި އެންމެންގެ އެހީތެރިކަމަށް ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 100%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: