ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދިރުވާލައިގެން 1.2 ކިލޯގެ ޑްރަގް އެތެރެކުރަން އުޅުނު ޖަމައިކާގެ މީހަކު އަތުލައިގެންފި

ދިވުރާލައިގެން މަސްތުވާތަކެތި އެތެރެކުރި މައްސަލައާ ގުޅިގެން ބަންދުކޮށްފައިވާ ދެ މީހުން
ޝެއާރކޮށްލާ ކަހަލަދޯ؟

ދިރުވާލައިގެން ރާއްޖެއަށް ގިނަ އަދަދެއްގެ މަސްތުވާތަކެތި އެތެރެކުރަން އުޅުނު މީހަކު ކަސްޓަމްސްއިން އަތުލައިގަނެ ފުލުހުންނާ ހަވާލުކޮށްފިއެވެ.

އިއްޔެ ކަސްޓަމްސްއިން ބުނެފައިވަނީ، މިދިޔަ ޖުލައި 19 ވަނަ ދުވަހު ރާއްޖެ އައި މީހަކު ދިރުވާލައިގެން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅެނިކޮށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން އަތުލައިގެންފައިވާ ކަމަށެވެ.

އެ މީހާ އެެތެރެކުރީ 66 ބުލެޓުގެ ކޮކެއިން ކަމަށާއި، އެ ތަކެތީގެ ބަރުދަނުގައި 1180 ގުރާމު ހުރި ކަމަށް ކަސްޓަމްސްއިން ވަނީ ހާމަކޮށްފައެވެ. އަދި އެ ތަކެތީގެ މަގުމަތީ އަގު 2.9 މިލިއަން ރުފިޔާއަށް އަރާނެ ކަމަށް ލަފާކޮށްފައިވެއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ޖަމައިކާގެ ރައްޔިތެއް ކަމުގައިވާ އެންޑްރޫ ލޮއިޑް ކޯބިން (53އ) އެވެ. އޭނާގެ އިތުރުން ނ. ޅޮހި، ނޯރައިޓްގެ، އިބްރާހީމް އަތޫފް (20އ) އާއި އިތުރު ދިވެއްސަކު ވެސް ހައްޔަރުކޮށްފައިވެއެވެ.

އިބްރާހީމް އަތޫފް އާއި އިތުރު މީހަކު ހައްޔަރުކޮށްފައިވަނީ އެންޑްރޫ ލޮއިޑް ކޯބިންއާ ބައިވެރިވެގެން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް ވިއްކައި ވިޔަފާރިކުރާކަމަށް ތުހުމަތުކުރެވޭތީ، ޑްރަގް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަންގައި ޖުލައި 20 ވަނަ ދުވަހު ހުޅުމާލެއިންނެވެ.

އެ މައްސަލައާ ގުޅިގެން އެންޑްރޫ ލޮއިޑް ކޯބިންއާއި އަތޫފް ބަންދުކޮށްފައިވާއިރު، ތިން ވަނަ މީހާއަށް ޝަރުތުކުރުމަށްފަހު ކޯޓުން ވަނީ އޭނާ ދޫކޮށްލައިފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: