ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

”ދަނޑުވެރި ނަފާ“ ލޯނު އިސްލާމީ ފައިނޭންސިންގ ނިޒާމަށް ބަދަލުކޮށް އިފްތިތާޙް ކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖޭގެ ދަނޑުވެރިކަމުގެ ދާއިރާ އިތުރަށް ކުރިއަރުވައި ތަރައްޤީކުރުމަށްޓަކައި، ”ދަނޑުވެރި މަންފާ“ ގްރާންޓް ސްކީމްގެ ދެވަނަ ބުރާއި ”ދަނޑުވެރި ނަފާ“ ލޯނު އިސްލާމީ ފައިނޭންސިންގ އުސޫލަށް ބަދަލުކޮށް އިފްތިތާޙްކޮށްފިއެވެ.

މިއީ ދަނޑުވެރިންނަށް ބޭނުންވާ މާލީ އެހީތެރިކަން ފަސޭހަކަމާއެކު ލިބޭނެ މަގު ފަހިކޮށްދިނުމަށް ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ.

މި މަޝްރޫޢުގެ ދަށުން ތައާރަފްކުރި ”ދަނޑުވެރި މަންފާ“ ސްކީމަކީ ޖުމްލަ 15 މިލިއަން ރުފިޔާގެ މެޗިން ގްރާންޓް ސްކީމެކެވެ.

މި ސްކީމް ޚާއްޞަކޮށްފައިވަނީ ހއ، ހދ އަދި ށ އަތޮޅުގެ ދަނޑުވެރިންނާއި އެ އަތޮޅުތަކުގައި ހަރަކާތްތެރިވާ ކޯޕޮރޭޓިވްތަކަށެވެ. މި ގްރާންޓްގެ އެހީގައި ކްލައިމެޓް ސްމާޓް ޕްރޮޑަކްޝަން ނުވަތަ ގްރީންހައުސް އާއި ހައިޑްރޮޕޯނިކްސް ފަދަ ޒަމާނީ ވަސީލަތްތައް ދަނޑުވެރިކަމުގައި ގާއިމުކުރުމަށް މަގުފަހިވެގެންދާނެއެވެ.

މީގެ އިތުރުން، އިސްލާމީ ފައިނޭންސިންގ އުސޫލަށް ބަދަލުކުރެވުނު ”ދަނޑުވެރި ނަފާ“ ފެސިލިޓީގެ ދަށުން ދަނޑުވެރިކަމުގެ ތަފާތު ދާއިރާތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ. މީގެ ތެރޭގައި ވާޓިކަލް ގާޑްނިންގ، ޕޯލްޓްރީ ފާމިންގ، އެގްރޯ ޕްރޮސެސިންގ އަދި ވެޓެރިނަރީ ސާވިސް ފަދަ ޚިދުމަތްތައް ހިމެނެއެވެ. މި ފެސިލިޓީގެ ސަބަބުން ދަނޑުވެރިކަމުގެ އުފެއްދުންތައް އިތުރުކޮށް، އާ އުފެއްދުންތައް ބާޒާރަށް ނެރުމަށް ބޮޑު ބާރަކަށް ވެގެންދާނެއެވެ.

މި ސްކީމްތަކަށް ކުރިމަތިލުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލެވިފައެވެ. ޝައުގުވެރިވާ ފަރާތްތަކުން އެސްއެމްއީ ޑިޖިޓަލް ޕޯޓަލް މެދުވެރިކޮށް އެޕްލިކޭޝަން ހުށަހެޅޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ. މިއީ ޓެކްނޮލޮޖީގެ އެހީގައި ޚިދުމަތްތައް އަވަސްކުރުމަށް ކުރެވޭ މަސައްކަތުގެ ބައެކެވެ.

މި މަޝްރޫއުތަކުގެ މައިގަނޑު މަގްސަދަކީ ރާއްޖޭގެ ދަނޑުވެރިކަމުގެ ސިނާއަތް ފުޅާކޮށް، ޒަމާނީ ޓެކްނޮލޮޖީއަށް ޒުވާނުން އަހުލުވެރިކުރުވުމެވެ. އަދި ރާއްޖޭގައި އުފައްދާ ތަކެތި އިތުރުކޮށް، ގައުމުގެ އިގްތިސާދު ވަރުގަދަކުރުމަކީވެސް މި ސްކީމްތަކުގެ މުހިންމު އަމާޒެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: