ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޑްރަގުގެ މައްސަލައެއްގައި މީހަކު 25 އަހަރަށް ޖަލަށް

ޝެއާރކޮށްލާ ކަހަލަދޯ؟

މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ޑައިމޯފިން ޓްރެފިކް ކުރުމުގެ މައްސަލައެއްގައި މީހަކު 25 އަހަރަށް ޖަލަށް ލުމަށް ހުކުމްކޮށްފިއެވެ.

މިއީ ފާއިތުވި ދެ މަސް ދުވަހުގެ ތެރޭގައި މިފަދަ މައްސަލައެއްގައި އުމުރު ދުވަހުގެ ޖަލު ހުކުމެއް އިއްވި ތިންވަނަ މީހާއެވެ.

އުމުރު ދުވަހުގެ ހުކުމެއްގެ ގޮތުގައި ބަލާ 25 އަހަރަށް ޖަލަށް ލުމަށް ށ. މާއުނގޫދޫ މެޖިސްޓްރޭޓް ކޯޓުން އިއްޔެ ހުކުމްކޮށްފައިވަނީ އެ ރަށު، ފެހިވިލާގޭ، އުމުރުން 28 އަހަރުގެ މުހައްމަދު ފާރިގުގެ މައްޗަށެވެ. މީގެ އިތުރުން، ޖަލު ހުކުމާ އެކު 100،000 (އެއްލައްކަ) ރުފިޔާއިން އޭނާ ޖޫރިމަނާކޮށް، އެ ފައިސާ ދެއްކުމަށްވެސް ކޯޓުން ވަނީ ހުކުމްކޮށްފައެވެ.

ފުލުހުން މަޢުލޫމާތު ދެއްވާގޮތުގައި ފާރިގުގެ މައްޗަށް ތުހުމަތުކުރެވުނު މަސްތުވާތަކެތީގެ މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވަނީ 2020 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައެވެ. އަދި އެ މައްސަލައިގެ ތަހުގީގު ފުރިހަމަކުރުމަށްފަހު، ދޮޅުމަހެއްހާ ދުވަހުގެ ތެރޭގައި ދައުވާކުރުމަށްޓަކައި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ވަނީ ފޮނުވާފައެވެ.

ޑައިމޯފިން ޓްރެފިކް ކުރުމުގެ މައްސަލަތަކުގައި ފާއިތުވި ދޮޅު މަހެއްހާ ދުވަހުގެ ތެރޭގައި އިތުރު ދެ މީހަކަށްވެސް ވަނީ 25 އަހަރުގެ ޖަލު ހުކުމް އިއްވާފައެވެ. އޭގެ ތެރޭގައި ހިމެނެނީ މިދިޔަ އާދީއްތަ ދުވަހު ހުކުމްކުރި ސ. މީދޫ، އުމުރުން 59 އަހަރުގެ އަބްދުލްވައްހާބުގެ އިތުރުން، މިދިޔަ ޖޫން މަހުގެ 21 ވަނަ ދުވަހު ހުކުމްކުރި ށ. މިލަންދޫ، އުމުރުން 37 އަހަރުގެ އަލީ އިބްރާހިމެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: