ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސަންގު ޓީވީއާއި އަދަދު ނޫސް ގުޅިގެން ”ޑޮލަރު ސައްލާ“ މިރޭ ބާއްވަނީ

ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖެއަށް ކުރިމަތިވެފައިވާ ޑޮލަރުގެ ދަތިކަމާއި، މާލީ ދާއިރާގައި ހުރި ކަންބޮޑުވުންތަކާއި ހައްލުތައް ކިޔައިދިނުމަށްޓަކައި ”ޑޮލަރު ސައްލާ“ ނަމުގައި ސަންގު ޓީވީ އާއި އަދަދު ނޫސް ގުޅިގެން މިރޭ ފޯރަމެއް ބޭއްވުމަށް ނިންމައިފިއެވެ.

މި ފޯރަމް ސަންގު ޓީވީގެ އިތުރުން ”އަދަދު“ ނޫހުގެ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުން ވަގުތުން ލައިވް ސްޓްރީމް ކުރާނެއެވެ.

މި ފޯރަމްގެ މައިގަނޑު މަގުސަދަކީ ރާއްޖޭގެ އިގްތިސާދަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުން ކަމަށްވާ ޑޮލަރު ލިބުމުގެ ދަތިކަމުގެ ހަގީގީ ހާލަތު އާންމުންނަށް ކިޔައިދީ، އެކަމުގެ ސަބަބުން ވިޔަފާރިތަކަށާއި އާންމު ރައްޔިތުންނަށް ހުރި ކަންބޮޑުވުންތައް ފާހަގަކުރުމެވެ. އަދި އިގުތިސާދަށް އަތުވެދާނެ ބަދަލުތަކަށް ލަފާކޮށް، މި ހާލަތުން އަރައިގަތުމަށް ބޭނުންވާ މުހިންމު ހައްލުތަކާ މެދު މަޝްވަރާކުރުންވެސް މީގެ ތެރޭގައި ހިމެނެއެވެ.

މި ފޯރަމްގެ ޕެނަލިސްޓުންގެ ގޮތުގައި ބައިވެރިވެވަޑައިގަންނަވާނީ ކުރީގެ ގަވަރުނަރު އަހުމަދު ނަސީރު، މާލީ ދާއިރާގެ ތަޖުރިބާކާރުން ކަމަށްވާ އަހުމަދު ސަރުވަޝް އާއި އިސްމާއީލް ޒަރިޔަންދު އަދި އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރުއެވެ. މި ފޯރަމް މޮޑަރޭޓްކޮށް ހުށަހަޅައިދެއްވާނީ އަދަދު ނޫހުގެ ސީއީއޯ ހުސައިން ފިޔާޒު މޫސާއެވެ.

މި ފޯރަމްގައި ބައިވެރިވުމަށް ސަރުކާރަށާއި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަށް ދައުވަތު އަރުވާފައިވީ ނަމަވެސް، އެ ބޭފުޅުން ވަޑައިގަންނަވާނެކަން އަދި ކަށަވަރުނުކޮށްދޭ ކަމަށް މައުލޫމާތު ލިބެއެވެ.

އަދަދު ނޫހުގެ ސީއީއޯ ފިޔާޒު ވިދާޅުވީ، މި ފޯރަމްގެ ސަބަބުން ރާއްޖޭގެ މާލީ ހާލަތާއި ޑޮލަރުގެ ބާޒާރަށް ދިމާވެފައިވާ ތަދުމަޑުކަމުގެ ފުރިހަމަ ތަސްވީރެއް ސާފުވެ، މުސްތަގުބަލުގައި އިގްތިސާދު މިސްރާބު ޖަހާނެ ގޮތާއި އަދި އަޅަންޖެހޭ ފިޔަވަޅުތައް އެނގިގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: