ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެއްވެސް ސަރުކާރަކުން ގާނޫނުއަސާސީގައި ބުނާ ލާމަރުކަޒީ އުސޫލުން އިދާރީ ދާއިރާތައް ނުހިންގާ: ނިޔާޒް

ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދާއިރާގެ ކުރީގެ މެމްބަރު އަލީ ނިޔާޒް/ ފޮޓޯ: ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

ޤާނޫނުއަސާސީގެ 8 ވަނަ ބާބުގައި ކަނޑައެޅިގެން ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ހިންގާންވާނީ ލާމަރުކަޒީ އުސޫލުންކަން ބަޔާންކޮށްފައި ވީނަމަވެސް އެއްވެސް ސަރުކާރަކުން އެކަން އެގޮތަށް ނުކުރާކަމަށް 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒު ވިދާޅުވެއްޖެއެވެ.

ނިޔާޒު މިހެން ވިދާޅުވީ، ސަންގު ޓީވީގެ ޚަބަރަށްފަހު ޕްރޮގްރާމްގައި ވާހަކަދައްކަވަމުންނެވެ.

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ހިންގަންވާނީ ލާމަރުކަޒީ އުސޫލުންކަން ފާހަގަކުރައްވައި ނިޔާޒު ވިދާޅުވީ، އިދާރީ ދާއިރާތައް ހިންގުމުގައި އެކުލެވިގެންވާ ދެބައެއް ހިމެނޭ ކަމަށެވެ. އެގޮތުން އިދާރީ ގޮތުން ލާމަރުކަޒީވުމާއި އިދާރާގައި ހިމެނޭ ޤުދުރަތީ ވަސީލަތްތައް ބޭނުންކޮށްގެން ރައްޔިތުންނަށް ފައިދާވާ ގޮތަށް ރައްޔިތުން އިންތިޚާބުކުރާ ބަޔަކު މަސައްކަތްކުރުމުގެ ޖާގަދިނުން ހިމެނޭކަން އޭނާ ފާހަގަކުރެއްވިއެވެ.

އޭނާ ޤަބޫލުކުރައްވާ ގޮތުގައި ރާއްޖޭގައި އިދާރީ ދާއިރާތައް ލާމަރުކަޒީ ކުރުމަށް ޤާނޫނުއަސާސީގެ 8 ވަނަ ބާބުގައި ބަޔާންކޮށްފައިވާ މާއްދާތަކުގެ މާނައަކީ އެއީ ކަމަށެވެ. އެހެންނަމަވެސް ސަރުކާރުތަކުން ޤަބޫލުކުރަނީ ލާމަރުކަޒީ އުސޫލުން އިދާރާތައް ހިންގުމަކީ ހަމައެކަނި އިދާރީ ގޮތުން ރައްޔިތުންނަށް ދޭންޖެހޭ ޚިދުމަތްތަކެއް ދިނުންކަމަށް އޭނާ ވިދާޅުވިއެވެ. އަދި ރައީސް ޑރ. މުއިއްޒުވެސް ޤަބޫލުފުޅުކުރައްވަނީ ހަމަ އެގޮތަށް ކަމަށް އޭނާ ވިދާޅުވިއެވެ.

”ރާއްޖޭގައި އިދާރާތައް ލާމަރުކަޒީ ކުރުމަށް ޤާނޫނުއަސާސީގެ 8 ވަނަ ބާބުގައި ބަޔާންކޮށްފައިވާ މާއްދާއަކީ އިދާރީ ގޮތުން ލާމަރުކަޒީވުމާއި އިދާރާގައި ހިމެނޭ ޤުދުރަތީ ވަސީލަތްތައް ބޭނުންކޮށްގެން ރައްޔިތުންނަށް ފައިދާވާ ގޮތަށް ރައްޔިތުން އިންތިޚާބުކުރާ ބަޔަކު މަސައްކަތްކުރުމުގެ ޖާގަދިނުން. އެހެންނަމަވެސް ސަރުކާރުތަކުން… ވަކި ސަރުކާރެއްނޫން، ހުރިހާ ސަރުކާރުތަކުންވެސް ޤަބޫލުކުރަނީ ލާމަރުކަޒީ އުސޫލުން އިދާރާތައް ހިންގުމަކީ ހަމައެކަނި އިދާރީ ގޮތުން ރައްޔިތުންނަށް ދޭންޖެހޭ ޚިދުމަތްތަކެއް ދިނުން ކަމަށް،“ ނިޔާޒު

އޭނާ ވިދާޅުވި ގޮތުގައި މި ސަރުކާރުންވެސް ރައީސް ޑރ. މުއިއްޒުވެސް ޤަބޫލުފުޅު ކުރައްވަނީ ލާމަރުކަޒީ އުސޫލުން އިދާރީ ދާއިރާތައް ހިންގުމަކީ ހަމައެކަނި އިދާރީ ގޮތުން ރައްޔިތުންނަށް ދޭންޖެހޭ ޚިހުމަތްތަކެއް ދިނުން ކަމަށެވެ. އެހެންނަމަވެސް އެއީ ލާމަރުކަޒީ އުސޫލުން ހިންގުންކަމަށް އޭނާ ޤަބޫލުނުކުރައްވާކަމަށް ވިދާޅުވިއެވެ.

އެގޮތުން އަދި ރައީސް ޑރ. މުއިއްޒުވެސް ވަރަށް ފަހުރުވެރިކަމާއެކު އަތޮޅުތެރޭގެ ރައްޔިތުން މާލެ ނައިސް ފަސޭހައިން ޕާސްޕޯޓުގެ ޚިދުމަތްތައް އަތޮޅުތެރެއިން ލިބޭނެކަމަށާއި މާލޭގެ ރައްޔިތުންވެސް އިމިގްރޭޝަންގެ ކައުންޓަރަށް ނުގޮސް ޚިދުމަތްތައް ލިބޭނެކަމަށް ވިދާޅުވި ނަމަވެސް މިއީ ހަޤީގަތުގައި ލާމަރުކަޒި އުސޫލުން އިދާރީ ދާއިރާތައް ހިންގުން ނޫން ކަމަށް އޭނާ ވިދާޅުވިއެވެ. އޭނާ ވަނީ އަތޮޅުތެރޭގެ ރަށްރަށުގެ ޤުދުރަތީ މުއްސަނދިކަން ލާމަރުކަޒީ ނުކުރެވިގެން އުޅެނީ ކީއްވެގެންތޯ ސުވާލު އުފައްދަވާފައެވެ.

”އަތޮޅުތެރޭގެ ރައްޔިތުން މާލެ ނައިސް ޕާސްޕޯޓުގެ ޚިދުމަތްތައް އަތޮޅުތެރެއިން ލިބުމާއި މާލޭގެ ރައްޔިތުން ކައުންޓަރަށް ނުގޮސް ޚިދުމަތްތައް ލިބުމަކީ ހަޤީގަތުގައި ލާމަރުކަޒީ އުސޫލުން އިދާރީ ދާއިރާތައް ހިންގުން ނޫން. ކޮބައިތޯ ރަށްރަށުގެ ޤުދުރަތީ މުއްސަނދިކަން؟ ރަށްރަށުގެ ޤުދުރަތީ މުއްސަނދިކަން ލާމަރުކަޒީ ނުކުރެވިގެން އުޅެނީ ކީއްވެގެންތޯ؟ އެ ކީއްވެގެންތޯ މަރުކަޒު ކުރަން އުޅެނީ؟ އެ ވަސީލަތްތައް ހިފަހައްޓަނީ ކީއްވެގެންތޯ؟“ ނިޔާޒު

ޤުދުރަތީ ވަސީލަތްތަކުން ލިބޭ އާމްދަނީ ނުވަތަ ކައުންސިލުތަކުން ލިބޭ އާމްދަނީ ނުވަތަ އަތޮޅަކުން ލިބޭ އާމްދަނީތައް އަތޮޅުތަކަށް ދިނުމަށް ސަރުކާރުން ފަސްޖެހެނީ ސަބަބާމެދު ވެސް އޭނާ ސުވާލު އުފެއްދެވިއެވެ. އެގޮތަށް ސަރުކާރުތަކުން ފަސްޖެހޭހާ ހިނދަކު ފުރިހަމަ ލާމަރުކަޒީ ނިޒާމެއް ޤާއިމެއް ނުކުރެވޭނެކަމަށް އޭނާ ތަކުރާރުކުރެއްވިއެވެ.

ސަރުކާރުން ބޭނުންވާ ގޮތަށް ޤާނޫނުތަކަށް މިހާރުވެސް ބަދަލު ގެނެވިފައިވާކަން ފާހަގަކުރައްވާ އޭނާ ވިދާޅުވީ، ލާމަރުކަޒީ ޤާނުނުގައި ކޮންމެ ގޮތަކަށް ކަން އޮތް ނަމަވެސް ލާމަރުކަޒީ ޤާނޫނުގެ ބާރު ކަނޑުވާލުމަށް ޓަކައި މި ސަރުކާރުން ރައްޔިތުންގެ މަޖިލިސް މެދުވެރިކޮށް މީގެ ކުރިންވެސް އެތަކެއް ބައިވަރު ޤާނޫނުތަކެއް ފާސްކޮށްފައިވާ ކަމަށެވެ.

ސަރުކާރުގެ ތަސައްވުރަކީ ލާމަރުކަޒީ ނިޒާމަކީ ހަމައެކަނި އޮތޮޅު ތެރެއިން ޕާސްޕޯޓު ނުވަތަ އަޑީކާޑު ހެއްދުންކަމަށްް ޤާބޫލުކުރަނީ ކަމަށް ވަނީނަމަ ޤާނޫނުއަސާސީގެ 8 ވަނަ ބާބު އުވާލާ ރާއްޖެ ހިންގާނީ މަރުކަޒީ އުސޫލުންކަމަށް ބުނުން މާ ރަނގަޅުކަމަށް ވެސް ނިޔާޒު ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: