ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދެން އޮަންނަ ރިޔާސީ އިންތިހާބަކާއި ހަމައަށް ތާއީދު ހިފެހެއްޓޭނެ: ނިޔާޒް

މެމްބަރު އަލީ ނިޔާޒު
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީއަށް އަދިވެސް ބޮޑު ތާއީދެއް އެބައޮތް ކަމަށާއި، 2028 އާއި ހަމަޔަށް އެތާއީދު ދެމަހައްޓުމުގެ މަސައްކަތް ފަށާއިގެން ކުރިއަށް ދާކަމަށް ހުޅުމާލޭ ދާއިރާގެ މެމްބަރު އަލީ ނިޔާޒު ވިދާޅުުވެއްޖެއެވެ.

ސަންގުޓީވީގެ ޚަބަރަށްފަހު ޕްރޮގުރާމްގައި ވާހަކަފުޅު ދައްކަވަމުން ނިޔާޒު ވިދާޅުވީ ކޮރަޕްޝަނާއި ވައްކަމަށް ހުޅުވިފައިވާ ދޮޮރުތައް ބަންދުކުރުމަށް އެމްޑީޕީން ކުރި މަސައްކަތުން އެމްޑީޕީ ވަނީ ބޮޑު ޕާޓީއަކަށް ވެފައި ކަމަށާއި، މިހާރުވެސް އެމްޑީޕީގައި އެއްލަކަ މީހުންގެ ތާއިދު އެބައޮތް ކަމަށެވެ. އެހެންކަމުން އޭނާ ވިދާޅުވީ 2028 އާއި ހަމަޔަށް އެތާއިދު ދަމަހައްޓާނެ ކަމަށެވެ.

މިހާރު ވެރިކަމުގައި އޮތް ޕާޓީ އެމްޑީޕީ 17 ނޮވެމްބަރަށް ފަހު އިދިކޮޅުގައި މަސައްކަތް ކުރަން ޖެހުނު ނަމަވެސް އިދިކޮޅު ފަރާތެއްގެ ގޮތުގައިއޮވެ ސަރުކާރު ޖަވާބުދާރީ ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް މިދަނީ ކުރަމުންކަމަށް ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ޕާޓީ އަކީ އެމްޑީޕީއެވެ. ނިޔާޒު ވިދާޅުވީ ސަރުކާރު ޖަވާބުދާރީ ކުރުމުގައި މަޖިލިހުގެ ތެރެއިން މަސައްކަތް ކުރުމަށް ފަސޭހަވާނެ ކަމަށެވެ. އެގޮތުން މިހާރުވެސް މަސައްކަތް ކުރެވޭ ކަމަށާއި، ބައްދަލުވުންތައް ބާއްވާ، އެކި މަޝްވަރާތައްވެސް ޕާޓީ މެމްބަރުން ކުރައްވަމުން ގެންދަވާ ކަަމަށް އަލީ ނިޔާޒް ވިދާޅުވިއެވެ. އެގޮތުން މިހާރުވެސް ޕާޓީ މެމްބަރުންނާއިއެކު ތިން ބައްދަލުވުމެއް ބޭއްވިފައިވާ ކަމަށް ވިދާޅުވިއެވެ.

އިދިކޮޅު ޕާޓީއެއްގެ ގޮތުގައި އޮވެ ކުރަންޖެހޭ މަސައްކަތަށް ތައްޔާރުވަމުން ދަނީ ޕާޓީ ތެރޭގައި ޖެހުނު މައްސަލަތަކުގެ ސަބަބުން ޕާޓީ ބައިވެ ބޮޑެތި މައްސަލަތައް ކުރިމަތިވެ ޕާޓީ ދެބައިވެފައިވާތީ ކަމަށް ނިޔާޒް ވިދާޅުވިއެވެ. އަދި މިހާރުވެސް ޕާޓީގެ ކޮމެޓީތަކުގެ ހުސްވެފައިވާ މަގާމުތަކަށްވެސް މީހުން އައްޔަން ކޮށް ޕާޓީ ވަރުގަދަ ކުރުމައްޓަކާއި މަސައްކަތް ކުރެވެމުންދާ ކަމަށްވެސް ނިޔާޒު ވަނީ ވިދާޅުވެފައި ވެއެވެ.

އަންނަ އަހަރު މޭ 28 އާއި ހަމަޔަށް މިދައުރު ދެމިގެންދާނެ.. މަޖިލީހުގައި އެ މުއްދަތާއި ހަމަޔަށްތިބީ އެމްޑީޕީ މެމްބަރުން. ވަރަަށް ބޮޑަށް ސަރުކާރު ޒިންމާދާރު ކުރުމަައްޓަކާއި މިދަނީ މަސައްކަތް ކުރަމުން..

ނިޔާޒު ވިދާޅުވީ އޮޕްޒިޝަން ވޮޗް ވަރަށް ބޮޑަށް ފަންކްޝަން ކުރާނެ ކަމަށެވެ. ރިޔާސީ އިންތިހާބުގައި އެމްޑީޕީ ބަލިވިނަމަވެސް ބަލިވިތަނެއް ނުފެންނަ ކަމަށާއި، 22 ދާއިރާއެއްގެ މެޖޯރިޓީ އެމްޑީޕީން މިހާރުވެސް ވަނީ ނަގާފަކަމަށެވެ. ކުޑަކުޑަ ތަފާތަކުން ބަލިވި ދާއިރާތައްވެސް ހުރިކަން ފާހަގަކޮށް ނިޔާޒު ވިދާޅުވީ ރިޔާސީ އިންތިހާބުގެ ނަތީޖާއަށް ބެލުމަށްފަހު، ކުޑަތަފާތަކުން ބަލިވި ދާއިރާތައް މިހާރު ކުރެވޭ މަސައްކަތަކުން ކުރިން އޮތް ގޮތަށް އިއާދަ ކުރެވޭނެ ކަމަށެވެ.

މިހާރު މި ކުރެވޭ މަސައްކަތުން ފަސޭހަ ކަމާއި އެކު އެމްޑީޕީއަށް ކުރީގެ އޮތްތާާއިދު ލިބި، ކުރިއެކޭ އެއްގޮތަށް ޕާޓީ ބޮޑުވާތަން ފެންނަ ކަމަށާއި، ޖަހާ ހިސާބުންވެސް މި މަންޒަރު ފެންނަމުންދާ ކަމަށް ނިޔާޒް ވިދާޅުވިއެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: