ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ޞާލިޙްގެ ތާއިދު ލިބޭނެ ބޭފުޅާ ނޯޅޭ، ލޮބީ ކުރަން އޯކޭ: އަލީ ނިޔާޒް

ކުރީގެ ރައީސް ސާލިޙް އަދި ކުރީގެ ނައިބް ރައީސް ފައިސަލް ނަސީމް: ފޮޓޯ އެމްޑީޕީ
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރިއަށް އޮތް ރިޔާސީ އިންތިޚާބަށް އެމްޑީޕީން ކަނޑައަޅާ ކެންޑިޑޭޓަކު ހޮވުމަށް ބާއްވާ ޕްރައިމަރީގައި ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ ތާއިދު ލިބިވަޑައިގަންނަވާނެ ބޭފުޅަކާ މެދު އެއްވެސް އޮޅުމެއް ނެތް ކަމަށާއި، ނަމަވެސް އެކަމުގައި ލޮބީ ކުރުމުގެ ފުރުސަތު އޮތް ކަމަށް އެ ޕާޓީގެ ކުރީގެ ޗެއާޕާސަންގެ ނައިބު އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު ޢަލީ ނިޔާޒް ވިދާޅުވެއްޖެއެވެ.

ނިޔާޒް މިހެން ވިދާޅުވީ، އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެކަން އިޢުލާން ކުރައްވާފައިވާ ބޭފުޅުންގެ ތެރެއިން ވަކި ބޭފުޅަކަށް ތާއިދު ކުރެއްވުމަށް ރައީސް ޞާލިޙް އަދި ނިންމަވާފައި ނުވާ ކަމަށް ބުނެ މީޑިއާއެއްގައި ރިޕޯޓްކޮށްފައިވާ ޚަބަރަކާ ގުޅިގެން ސޯޝަލް މީޑިއާ ޕްލެޓްފޯމް ”އެކްސް“ ގައި ކުރެއްވި ޕޯސްޓެއްގައެވެ.

އެގޮތުން ޢަލީ ނިޔާޒް ފާހަގަކުރެއްވި ގޮތުގައި، މިހާރު އިންތިޚާބުގެ ރޭހަށް ނުކުމެވަޑައިގެން ތިއްބެވީ މައިގަނޑު ދެ ވިސްނުމެއްގެ ބޭފުޅުންނެވެ. އެއް ބަޔަކީ ރައީސް ޞާލިޙް ވާދަކުރެއްވި ނަމަވެސް އިންތިޚާބަށް ނުކުންނަވާނެ ކަމަށް މާކުރިން ފެށިގެން އިޢުލާން ކުރައްވަމުން ގެންދެވި ބޭފުޅުން ކަމަށާއި، އަނެއް ކޮޅުން ވާދަކުރައްވަނީ ރައީސް ޞާލިޙްގެ މަޝްވަރާއާއި ލަފާފުޅާ ނުލައި އިންތިޚާބަށް ނުނިކުންނަވާނެ ކަމަށް ވިދާޅުވާ ކެންޑިޑޭޓެއް ކަމަށް އޭނާ ވިދާޅުވިއެވެ.

އެހެންކަމުން، މި ހާލަތުގައި ރައީސް ޞާލިޙްގެ ފުރިހަމަ ތާއިދު ލިބިވަޑައިގަންނަވާނީ ކޮން ބޭފުޅަކަށް ކަން ވަރަށް ސާފުކޮށް އެނގެން އޮތް ކަމަށާއި އެކަމުގައި އެއްވެސް އޮޅުމެއް ނެތް ކަމަށް ނިޔާޒް ވިދާޅުވިއެވެ. ނަމަވެސް އެ ބޭފުޅަކު ބޭނުންވާ ގޮތަކަށް އެކަމުގައި ލޮބީ ކުރުމުގެ ފުރުސަތު އޮތް ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

ރައީސް ޞާލިޙް ތާއިދު ކުރައްވާނެ ބޭފުޅަކާ މެދު ސުވާލު އުފެދޭނެ ޖާގައެއް ނެތް ކަމަށް ނިޔާޒް ވިދާޅުވި ނަމަވެސް، އެއީ ކޮން ބޭފުޅެއް ކަމެއް އޭނާ ސީދާ ވިދާޅެއް ނުވެއެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެކަން މިހާތަނަށް ހާމަކުރައްވާފައިވަނީ އެ ޕާޓީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާޢީލާއި، ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަޙްމަދު ޝަމްހީދާއި، އެމްޑީޕީގެ ކުރީގެ ރައީސް ޢަބްދުﷲ ޝާހިދުގެ އިތުރުން ކުރީގެ ނައިބު ރައީސް ފައިޞަލް ނަސީމެވެ. މި ބޭފުޅުންގެ ތެރެއިން ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވަނީ ރައީސް ޞާލިޙްގެ ތާއިދާއެކު ކަމަށް މިހާތަނަށް ވިދާޅުވެފައިވަނީ ކުރީގެ ނައިބު ރައީސް ފައިޞަލް ނަސީމެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: