ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޑޮލަރުގެ އަގު ބޮޑުވާ ހަބަރު ޝާއިއުކޮށްފިނަމަ ޖޫރިމަނާކުރެވޭ ގޮތަށް ބޭރު ފައިސާގެ ބިލު އިސްލާހުކޮށްފި

މިއަދު ބޭއްވި މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމުގެ ތެރެއިން
ޝެއާރކޮށްލާ ކަހަލަދޯ؟

ބޭރު ފައިސާ ވިއްކުމަށް މަރުކަޒީ ބޭންކު، އެމްއެމްއޭން ކަނޑައަޅާފައިވާ އަގަށް ވުރެ ބޮޑުކޮށް ކަޅުބަޒާރުގައި ބޭރު ފައިސާ ވިއްކާކަމުގެ ހަބަރު މީޑިއާގައި ޖެހުން މަނާކުރުމަށް ބޭރު ފައިސާއާ ބެހޭ ބިލުގައި ހިމެނުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީން މިއަދު ފާސްކޮށްފިއެވެ.

ސަރުކާރުގެ ފަރާތުން ހޮޅުދޫ ދާއިރާގެ ޕީއެންސީ މެންބަރު އަބްއްސައްތާރު މުހައްމަދު ބޭރު ފައިސާއާ ބެހޭ ބިލަށް އިސްލާހު ގެނައުމަށް މިދިޔަ ހަފްތާގައި މަޖިލީހަށް ހުށަހެޅީ، ރިސޯޓުތަކުގެ އާމްދަނީގެ %20 ޑޮލަރު މާރުކުރަން ޖެހޭ ގޮތަށް ގާނޫނު އިސްލާހު ކުރުމަށެވެ.

އިއްޔެގެ ޖަލްސާގައި އެ ބިލަށް އިތުރު އިސްލާހު ގެނައުމަށް އަނބުރާ މާލިއްޔަތު ކޮމިޓީއަށް ފޮނުވާފައިވާއިރު، މިއަދު ބޭއްވި އެ ކޮމިޓީގެ ބައްދަލުވުމުގައި އެ ބިލަށް އިތުރު ބަދަލުތަކެއް ގެންނަން ސަރުކާރު ހިންގާ ޕީއެންސީގެ މެމްބަރުން ވަނީ ފާސްކޮށްފައެވެ.

ބޭރު ފައިސާއާ ބެހޭ ބިލަށް މާލިއްޔަތު ކޮމެޓީން މިއަދު ގެނައި އިސްލާހުގައިވާ ގޮތުން، ބޭރު ފައިސާ ގަނެ ވިއްކުމަށް މަރުކަޒީ ބޭންކުން ކަނޑައަޅާފައިވާ ރޭޓު ނުވަތަ ބޭންޑަށް ވުރެ މަތީ ރޭޓުތަކުގައި ކުރާ ވިޔަފާރި ޕްރޮމޯޓުކޮށް އިޝްތިހާރު ކުރުމަކީ ކުށެެކެވެ.

އިސްތިހާރު ކުރުމާއި ޕްރޮމޯޓުކުރުމަކީ އެމްއެމްއޭގެ ރަސްމީ ރޭޓަށް ވުރެ ބޮޑު އަގެއްގައި ބޭރު ފައިސާ ވިއްކުން އިސްތިހާރުކުރުމަށް ނުވަތަ އެކަމަށް ހިތްވަރުދިނުމަށް ނުވަތަ ފެތުރުމަށް ޓަކައި ޑިޖިޓަލް ވަސީލަތަކުން ނުވަތަ ފްލެޓްފޯމަކުން އާންމުކޮށް އެފަދަ މައުލޫމާތު ފެތުރުމާއި ޝާއިއުކުރުމާއި ތަކުރާރުކުރުމާއި ފޯރުކޮށްދިނުން ކަމަށް ހިމަނާފައިވެއެވެ.

އެ ކުށުގެ އަދަބެއްގެ ގޮތުގައި ބިލުގައި ހިމަނާފައިވަނީ 25،000 ރ. އާއި 500،000 ރ.އާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމެވެ. އެ ކުށެއް ކުރުމުގައި ރަޖިސްޓްރީކޮށްފައިވާ ވިޔަފާރިއެއް ބައިވެރިވާނަމަ އަދަބަކީ 100000ރ. އާއި 5 މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމެވެ.

ބޭރު ފައިސާ ގަނެ ވިއްކުމުގެ ހާއްސަ އުސޫލުތަކެއް ކަނޑައަޅާ، ބޭރު ފައިސާ ގަނެ ވިއްކުމުގައި މުއާމަލާތްތައް ކުރަންވާނީ އެމްއެމްއޭން ކަނޑައަޅާ އާންމުކޮށްފައިވާ ރޭޓު ނުވަތަ ބޭންޑުތަކަށް ވުރެ މަތި ނުވާ ގޮތަށް ކަމަށް ވެސް ބިލުގައި ވަނީ ހިމަނައިފައެވެ.

ބިލުގައި ހިމަނާފައިވާ ގޮތުން އެމްއެމްއޭން ކަނޑައަޅާފައިވާ ރޭޓަށް ވުރެ ބޮޑުކޮށް ބޭރު ފައިސާ ވިއްކާ ނަމަ، ކުށުގެ ކުޑަބޮޑުމިނަށް ބަލާ، 25،000ރ. އާއި އެއް މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެއެވެ.

އެ ބިލަށް ބަދަލުގެނެސްފައި މިވަނީ ކަޅުބާޒާރުގައި ޑޮލަރުގެ އަގު ކޮންމެ ދުވަހަކު އުފުލެނީ ދެ ނޫހެއްގައި ޖަހާ ސުރުހީތަކުގެ ސަބަބުން ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިފަހުން ވިދާޅުވެފައި ވަނިކޮށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 20%ބޮޑު ޖޯކެއް 20%ހައިރާންވެއްޖެ 20%ވަރަށް ދެރަ 40%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: