ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޑޮލަރު ވިއްކުމުގެ ނަމުގައި މަކަރާއި ހީލަތް ހެދި ދެ މީހަކު ޖަލަށް

މީހަކު ޑޮލަރުތަކެއް ގެންގުޅެނީ -- ފޮޓޯ: ސަން
ޝެއާރކޮށްލާ ކަހަލަދޯ؟

ޑޮލަރު ވިއްކާ ކަމަށް ބުނެ އޮޅުވާލައިގެން މީހެއްގެ އަތުން ފައިސާ ހޯދައި، އެ ފައިސާ ބޭނުންކުރި ދެ މީހަކު އެއް އަހަރަށްވުރެ ދިގު މުއްދަތަކަށް ޖަލަށްލުމަށާއި، ގެއްލުމުގެ ބަދަލު ދެއްކުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.

ދައުލަތުން އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަނޫން ގޮތެއްގައި ބާރު ހިންގުމުގެ ކުށުގެ ދައުވާ އުފުލާފައިވަނީ ޏ. ފުވައްމުލައް، މިސްކިތްމަގު، ކުދިމާގެ، ޢަބްދުﷲ ހައިޝަމް އަދި ސ. ހުޅުދޫ، ސެވީނާ، އަޙްމަދު ޛަނީފުގެ މައްޗަށެވެ.

މި މައްސަލައަކީ އޮކްޓޫބަރު 07، 2022 ގައި ’ޑޮލަރު އެކްސްޗޭންޖް‘ ކިޔާ ވައިބާ ޗެނަލެއްގައި ޑޮލަރު ވިއްކާ ކަމަށް ޖެހި އިޝްތިހާރަކާ ގުޅިގެން ހިނގި ހާދިސާއެކެވެ.

އެ ވައިބާ ޗެނަލް މެދުވެރިކޮށް 6,500 އެމެރިކާ ޑޮލަރު ގަތުމަށްޓަކައި، 17.15 ރުފިޔާގެ ރޭޓުން ޖުމްލަ 111,475 (އެއްލައްކަ އެގާރަހާސް ހަތަރުސަތޭކަ ހަތްދިހަ ފަސް) ރުފިޔާ، އަންހެނެއްގެ އެކައުންޓަށް ޖަމާކުރުމުން އެ ފައިސާއަށްވާ ޑޮލަރު ދީފައެއް ނުވެއެވެ.

ކްރިމިނަލް ކޯޓުގެ ހުކުމުގައި ބަޔާންކޮށްފައިވާ ގޮތުގައި، އެ އެކައުންޓަށް ޖަމާވި ފައިސާގެ ތެރެއިން 50,000 ރުފިޔާ ހައިޝަމްގެ އެކައުންޓަށް ވަނީ ފޮނުވާފައެވެ. އަދި އޭގެ ތެރެއިން 25,000 ރުފިޔާ އެހެން މީހެއްގެ އެކައުންޓަށް ޓްރާންސްފާކޮށް، ބާކީ 25,000 ރުފިޔާ އޭޓީއެމް މެދުވެރިކޮށް ވަނީ ނަގާފައެވެ. މީގެ އިތުރުން، އަންހެން މީހާގެ އެކައުންޓުން 25,000 ރުފިޔާ ހުޅުމީދޫ އޭޓީއެމް މެދުވެރިކޮށް ނަގާފައިވަނީ ޛަނީފްކަން ސީސީޓީވީ ފުޓޭޖްގެ އެނަލިސިސް ރިޕޯޓުން ވަނީ ސާބިތުވެފައެވެ.

އެ ދައުވާއަށް ދެ މީހުން އިންކާރުކުރި ނަމަވެސް، ފުލުހުންގެ ތަހުގީގު ރިޕޯޓުތަކާއި، ބޭންކް ސްޓޭޓްމަންޓްތައް އަދި ހެކިންގެ ހެކިބަހުން ދައުލަތުން އުފުލި ދައުވާ އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ޝަރީއަތަށް ސާބިތުވާ ކަމަށް ކޯޓުން ވަނީ ކަނޑައަޅާފައެވެ.

އެގޮތުން، ޢަބްދުﷲ ހައިޝަމް އެއް އަހަރާއި ހަ މަހާއި 25 ދުވަހަށް އަދި އަޙްމަދު ޛަނީފު އެއް އަހަރާއި ހަތް މަހާއި ހަ ދުވަހަށް ޖަލަށް ލާން ހުކުމްކޮށް، ކޮންމެ މީހަކު 12 މަސް ތެރޭގައި 25،000 ރުފިޔާ މީރާއަށް ދެއްކުމަށް އަންގާފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: