ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކަޅު ބާޒާރު ހުއްޓުވަން ފުލުހުންގެ ޓާސްކްފޯހެއް: ހުއްދަ ނެތި ކުރާ މުއާމަލާތްތަކުގެ މައުލޫމާތު ހިއްސާކުރަން އެދިއްޖެ

ދިވެހި ފުލުހުންގެ ޚިދުމަތް
ޝެއާރކޮށްލާ ކަހަލަދޯ؟

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)އިން ދޫކުރާ މަނީ އެކްސްޗޭންޖް ވިޔަފާރި ހިންގުމުގެ ލައިސަންސް ނެތި، ގާނޫނާއި ހިލާފަށް ވިޔަފާރި އުސޫލުން ބޭރު ފައިސާ މާރުކުރުމުގެ އަމަލުތައް ހިންގާ ފަރާތްތަކާއި ބެހޭ މައުލޫމާތު، ފުލުހުންގެ ޓާސްކްފޯހަށް ހިއްސާ ކުރުމަށް އާންމުންގެ ކިބައިން ފުލުހުން އެދިއްޖެއެވެ.

މިކަމާއި ގުޅިގެން ފުލުހުން ނެރުނު ބަޔާނުގައި ވަނީ އެފަދަ ފަރާތްތަކާއި ގުޅޭ މައުލޫމާތު ހިއްސާ ކުރައްވަން ބޭނުންވާ ފަރާތްތަކުން ޓާސްކްފޯހުގެ އޮޕަރޭޝަން ނަންބަރު 9388733 އަށް މެސެޖުކުރުމަށް އަންގާފައެވެ.

އެ ނަންބަރަށް އެސްއެމްއެސްގެ އިތުރުން ވައިބާ، ވަޓްސްއެޕް އަދި ޓެލެގްރާމް ފަދަ މެސެޖިން އެޕްލިކޭޝަންތައް މެދުވެރިކޮށް ވެސް މައުލޫމާތު ހިއްސާ ކުރެވޭނެ ކަމަށް ފުލުހުންގެ ބަޔާނުގައިވެއެވެ.

އެ ނަންބަރަށް މެސެޖުކޮށް މައުލޫމާތު ހިއްސާކުރާ ފަރާތްތަކުގެ ވަނަވަރާއި މައުލޫމާތުތައް ފުރިހަމައަށް ރައްކާތެރިކޮށްދެވޭނެކަމުގެ ޔަގީންކަން ވެސް ފުލުހުން ދީފައިވާއިރު އެފަދަ މައްސަލަތަކުގައި މައުލޫމާތު ދޭ ފަރާތްތަކުން ތަހުގީގީ އެއްވެސް އިޖުރާއަތެއްގައި ބައިވެރިވާކަށް ވެސް ނުޖެހޭނެ ކަމަށް ފުލުހުންގެ ބަޔާނުގައިވެއެވެ.

އެފަދަ ކަންކަމުގައި އާންމުންގެ ފަރާތުން ލިބޭ އެއްބާރުލުން ފާހަގަކޮށް ފުލުހުން ވަނީ ޝުކުރު އަދާކޮށްފައެވެ.

ގަވައިދާ ހިލާފަށް ބޭރު ފައިސާ ގަނެވިއްކުމުގެ ވިޔަފާރިކުރާ ފަރާތްތަކަށް ފިޔަވަޅު އަޅަން މިހާރު ވަނީ ފަށައިފައެވެ. އެގޮތުން ފުލުހުން ވަނީ ފުރަވެހި ރިސޯޓު ހިންގާ ކުންފުނި، ނައިޑް އިންވެސްޓްމެންޓްގެ އެކައުންޓުތައް ފްރީޒްކޮށް އެ ކުންފުނީގެ އޮފީހަށް ވަދެ ބަލައިފާސްކޮށްފައެވެ.

އޭގެ އިތުރުން، މަނީ އެކްސްޗޭންޖުތަކަށް ފިޔަވަޅު އަޅަމުން އަންނައިރު، މިދިޔަ މަހުގެ ތެރޭގައި އެކްސްޕްރެސް މަނީ އެކްސްޗޭންޖް ޕްރައިވެޓް ލިމިޓެޑަށް ދޫކޮށްފައިވާ ލައިސަންސް އެމްއެމްއޭއިން ބާތިލުކޮށްފައިވެއެވެ. އަދި ފާއިތުވި ތިން އަހަރު ތެރޭގައި ގަވައިދާ ހިލާފަށް އެކައުންޓުތަކުގައި ޖުމުލަ 54.4 މިލިއަން ރުފިޔާއާއި 1.63 މިލިއަން ޑޮލަރު ދައުރުކުރި ހަ ބިދޭސީއަކު ފުލުހުންވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށްވެސް ގެންގޮސްފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: