ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް ސްޓޭޓް މިނިސްޓަރު ޢަޒީގެ ނަން ހުށަހަޅައިފި

އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމު އެންމެ ފުރަތަމަ އަދާކުރެއްވި ޢަޒީ
ޝެއާރކޮށްލާ ކަހަލަދޯ؟

އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް، މި ސަރުކާރުގެ ސްޓޭޓް މިނިސްޓަރު ޢަބްދުލްޢަޒީޒް ޖަމާލް އަބޫބަކުރު (ޢަޒީ)އަށް ރުހުން ހޯދަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.

އިންފޮމޭޝަން ކޮމިޝަނަަކަށް ބޭފުޅަކު އައްޔަންކުރަން އެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލީ މި މަހުގެ ތިން ވަނަ ދުވަހުން ފެށިގެން 16 ވަނަ ދުވަހުގެ މުއްދަތަށެވެ.

މިއަދުގެ މަޖިލީހުގެ ޖަލްސާގައި އަމީންއާންމު ފާތިމަތު ނިއުޝާ އިއްވެވި ސިޓީގައިވާ ގޮތުން، އެ މުއްދަތުގައި ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން ރައީސް ޑރ. މުހައްމަދު މުއިއްޒު މަޖިލީހަށް ހުށަހަޅުއްވާފައި ވަނީ މި ސަރުކާރުގެ ހެރިޓޭޖު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޢަޒީގެ ނަންފުޅެވެ.

އެ މަގާމަށް އެހެން ބޭފުޅުން ވެސް ކުރިމަތިލެއްވި ނަމަވެސް، އެ ބޭފުޅުންގެ ނަންތައް މަޖިލީހުގެ ޖަލްސާގައި ހާމަކޮށްފައިނުވެއެވެ.

މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން އުފެއްދި އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން އެންމެ ފުރަތަމަ ކޮމިޝަނަރަކަށް ހުންނެވީ ވެސް ޢަޒީއެވެ. އެފަހަރު އެ މަގާމަށް އޭނާ އައްޔަންކުރެއްވީ ޖުލައި 22، 2014 ގައެވެ.

ދިވެހި ބަހާއި އަދަބިއްޔާތުގެ ދާއިރާއިން ޝަރަފުވެރިކަމުގެ ގައުމީ އިނާމު ލިބިވަޑައިގެންފައިވާ ޢަޒީއަކީ މީގެ ކުރިން އިސްލާމިކް މިނިސްޓްރީގެ ސްޓޭޓޭ މިނިސްޓަރުކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ.

އިންފޮމޭޝަން ކޮމިޝަނަކަށް ބޭފުޅަކު އައްޔަންކުރަނީ އެ މަގާމުގައި ހުންނެވި އާހިދު ރަޝީދުގެ ފަސް އަހަރުގެ ދައުރު އަންނަ ސެޕްޓޭމްބަރު މަހު ހަމަވާތީއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: