ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

40 ޕަސެންޓު ޑޮލަރު މާރުކުރަން ރިސޯޓުތަކަށް މަޖުބޫރުކޮށްފިނަމަ އިގްތިސާދީ ބޮޑެތި ލޮޅުންތަކެއް ކުރިމަތިވެދާނެ: ރައީސް ނަޝީދު

އެމްޑީޕީގެ ދަނޑިކޮށި ޖަގަހައިގައި ބޭއްވި ހާއްސަ ޖަލްސާގައި އެމްޑީޕީ ގެ ޗެއާޕާސަން އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވާހަކަފުޅު ދައްކަވަނީ
ޝެއާރކޮށްލާ ކަހަލަދޯ؟

ރިސޯޓުތަކަށް ލިބޭ ޑޮލަރުގެ 40 އިންސައްތަ އެމްއެމްއޭއަށް ވިއްކުމަށް މަޖުބޫރުކުރުމަކީ އިގްތިސާދީ ގޮތުން ބޮޑެތި ލޮޅުންތަކެއް ކުރިމަތިވެދާނެ ކަމެއް ކަމަށް އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ނަޝީދު ފާހަގަކުރެއްވީ، ގިނަ ރިސޯޓުތަކަކީ ޑޮލަރުން ބޮޑެތި ދަރަނިތައް ދައްކަންޖެހިފައިވާ ތަންތަން ކަމާއި އޭގެ ތެރެއިން ގިނަ ތަންތަނަކީ ބޭންކު ލޯނުތަކުގެ އެހީގައި ހިންގާ ބޭރުގެ އިންވެސްޓްމަންޓްތައް ކަމެވެ.

އެތަންތަނަށް ލިބޭ ޑޮލަރުގެ 40 އިންސައްތަ އެމްއެމްއޭއަށް ވިއްކުމަށް މަޖުބޫރުކުރާނަމަ އެއީ އިގްތިސާދީ ގޮތުން ރާއްޖެއަށް ލޮޅުންތަކެއް ކުރިމަތިވެދާނެ ކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އެގޮތުން އެމަނިކުފާނު ވިދާޅުވި ގޮތުގައި، ޒަމާނުއްސުރެ ބޭރުގެ އިންވެސްޓަރުން ރާއްޖެއަށް އަންނަމުން ދިޔައީ ވާދަވެރި ފައިދާއެއް ލިބޭނެ މަގު ފަހިވެފައި އޮތުމުންނެވެ. އެ ފުރުސަތު ހަނިކުރުމަކީ އިންވެސްޓަރުންގެ އިތުބާރަށާއި ފަތުރުވެރިކަމުގެ ދާއިރާގެ ދެމެހެއްޓެނިވި ކުރިއެރުމަށް ނުރައްކާވާނެ ކަމެއް ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް އޮފީހުގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެމްއެމްއޭގެ ގަވަރުނަރު އަހުމަދު މުނައްވަރު ހާމަކުރެއްވި ގޮތުގައި ރިސޯޓުތަކުގެ ޑޮލަރުގެ 40 އިންސައްތަ މަހަކު އެއްފަހަރު މާރުކުރަން ޖެހޭ ގޮތަށް މިހާރު ހުށަހަޅާފައިވާ ބޭރު ފައިސާގެ ގާނޫނަށް ބަދަލުތަކެއް ގެންނަން ވަނީ ނިންމައިފައެވެ. މިހާރު ގާނޫނު އޮންނަ ގޮތުން ރިސޯޓްތަކުން ޑޮލަރު މާރުކުރަން ޖެހެނީ އާމްދަނީގެ 20 ޕަސެންޓާ ހަމައަށް ކޮންމެ ތިން މަހަކުންނެވެ.

ރިސޯޓުތަކަށް ލިބޭ ޑޮލަރު އާމްދަނީގެ 40 ޕަސެންޓު ބޭންކުތަކަށް މާރުކުރަން މަޖުބޫރުވާ ގޮތަށް ސަރުކާރުން ގެންނަން އުޅޭ ބަދަލަކީ އެއްގޮތަކަށްވެސް ދެކޮޅުޖެހޭ އަދި ސިނާއަތަށް އުފުލޭނޭވަރުގެ ބުރައެއް ނޫން ކަމަށް ރިސޯޓް ވިޔަފާރިވެރިންގެ ޖަމިއްޔާ، މަޓީން ވެސް ވަނީ ބުނެފައެވެ. ރިސޯޓުތައް ހިންގުމަށް ބޭނުންވާ ގިނަ ކަންކަމަށް މިހާރުވެސް ބޮޑެތި ހޭދަތަކެއް ޑޮލަރުން ކުރަންޖެހޭކަން މަޓީން ވެސް ފާހަގަކޮށްފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: