ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މާފުށީ ޖަލުގައި ނުޙައްޤުން ބަންދުކުރެވިފައިވާ، ރައީސް ޔާމިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް މިހާރުން މިހާރަށް ގެއަށް ބަދަލުކޮށްދީ: އިދިކޮޅު

ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

މާފުށީ ޖަލުގައި ނުޙައްޤުން ބަންދުކުރެވިފައިވާ، ކުރީގެ ރައީސް ޢަބްދުﷲ ޔާމިން ޢަބްދުލްޤައްޔޫމްގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި މިހާރުން މިހާރަށް އެ މަނިކުފާނު ގެއަށް ބަދަލުކޮށްދެއްވުމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީ ގޮވާލައިފިއެވެ.

އިދިކޮޅުން މިހެން ގޮވާލާފައިމިވަނީ، ކޮވިޑް-19 އާއި ގުޅިގެން ބަލަންޖެހޭ ކަންތައްތަކެއް ބެލުމަށްޓަކައި، ހޯމަވިލޭރޭގެ 20:48 ގައި ކ.މާފުށި މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވުމާއި ގުޅިގެންނެވެ.

މި ގޮތުން، ކ.މާފުށި މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވާތީ ހޯމަވިލޭރޭ އިދިކޮޅު ޕީޕީއެމް/ޕީއެންސީ އިން ނެރުނު ބަޔާނެއްގައި ބުނީ، މާފުށީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށާއި، ނުޙައްޤުން ބަންދުކޮށްފައިވާ ރައީސް ޢަބްދުﷲ ޔާމިން ޢަބްދުލްޤައްޔޫމް ގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އެ މަނިކުފާނު ގެއަށް ބަދަލުކޮށްދެއްވުމަށް ގޮވާލާކަމަށެވެ.

އެ ބަޔާނުގައި ބުނީ، ކ.މާފުށްޓަކީ މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވާ ރަށެއްކަން އެޗްޕީއޭއިން އަންގާފައިވީ ނަމަވެސް، އެ ރަށް އެ ހާލަތަށް ގެނެވުނު ސަބަބެއް ތަފްސީލުކޮށް ހާމަކޮށްފައި ނެތުމަކީ، އެ ކޯލިޝަންގެ ކަންބޮޑުވުމެއްކަމަށެވެ.

އެ ކޯލިޝަނުުން ބުނީ، ސަރުކާރުން ކުއްލި ގޮތަކަށް މި ފަދަ ނިންމުމެއް ނިންމިއިރު މާފުށީގެ ރައްޔިތުންގެ ހިތްތަކުގައި އުފެދިފައިވާ ބިރުވެރިކަމަށް ތަސައްލީއެއް ދިނުމުގެ ގޮތުން އެ ރަށުގެ ޙަޤީޤީ ހާލަތު އަންގައިދިނުމަށް ވެެސްް ގޮވާލާކަމަށެވެ.

އެ ކޯލިޝަނުން ބުނީ، ކުރެވިފައިވާ ހުކުމަކާއި ގުޅިގެން ރައީސް ޔާމިނު ބަންދުކުރެވިފައިވާ މާފުށީ ޖަލުގެ ހާލަތު މި ވަގުތު އޮތް ގޮތެއް ނޭނގޭތީއާއި، ރައީސް ޔާމިނުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރެވިފައިވާ މިންވަރު އެނގެން ނެތުމަކީ ކަންބޮޑުވާކަމެއްކަމަށެވެ.

މީގެ އިތުރުން، ރައީސް ޔާމިނާއި އެ މަނިކުފާނުގެ ވަކީލުންނާއި ބައްދަލުވުމުގެ ފުރުޞަތުތައް ގެއްލިގެން ހިނގައިދާނެތީ، އެ ކަމާ ބިރުހީވާކމަށްވެސް ކޯލިޝަނުން ބުނެފައިވެއެވެ.

އެ ކޯލިޝަނުންވަނީ، މާފުށީ ޖަލުގެ ސަލާމަތާއި ރައްކާތެރިންކަން ކަށަވަރުކުރުމަށްޓަކައި ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް ވެސް ގޮވާލާފައެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: