ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮވިޑް-19: ޕޮޒިޓިވްވި މީހުންގެ ތެރޭގައި ސިފައިންގެ 5 މީހުން ހިމެނޭ!

ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގައި ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި ސިފައިންގެ ފަސް މީހަކު ހިމެނޭ ކަމަށް އެމްއެންޑީއެފް އިން ބުނެފިއެވެ.

ހޯމަ ދުވަހު ނެޝެނަލް އިމަޖެންސީ ސެންޓަރުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ކާނަލް ހުސައިން އަލީ ވިދާޅުވީ ސިފައިންގެ ފަސް މީހަކު މިހާތަނަށް ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ.

ހުސެއިން ވިދާޅުވީ ސިފައިންގެ ފަސް މީހަކު ޕޮޒިޓިވްވުމާއި ގުޅިގެން އެމީހުންނާ ގުޅުންހުރި އިތުރު ސިފައިން މިވަގުތު ކަރަންޓީނު ކޮށްފައިވާ ކަމަށެވެ.

ކޮވިޑް-19 އާއި ރާއްޖޭން ފެނު ހިސާބުން ފްރަންޓް ލައިނަށް ނުކުތް ސިފައިންގެ މީހުންގެ ތެރެއިންވެސް ބަޔަކު މި ބައްޔަށް ޕޮޒިޓިވްވެދާނެ ކަމަށް ބެލި ކަމަށާއި އެ މަސައްކަތަށް ދިވެހި ސިފައިން ނުކުތީ އެކަން އެނގިތިބެ ކަމަށެވެ.

ހުސެއިން ވިދާޅުވީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމުގެ ގޮތުން އެކަހެރި ކުރެވޭ ސިފައިން، ކަރަންޓީނުގެ މުއްދަތު ފުރިހަމަ ކުރުމަށްފަހު އެނބުރި އައިސް ހިދުމަތާ ގުޅޭނެ ކަމަށެވެ.

”އަޅުގަނޑުމެން މި މަސައްކަތުގައި ސާބިތުވެ ތިބޭނަން. އަޅުގަނޑުމެންގެ ތެރެއިން ޕޮޒިޓިވްވާ ފަރާތްތައް ކަމާބެހޭ ފަރާތްތަކުގެ އިންތިޒާމުގެ ތެރެއަށް ހަމަ ހުށަހެޅިގެން ދާނެ، އިތުރު ސިފައިންތަކެއް އެކަހެރިކުރަން ޖެހޭނެ ހާލަތެއް އަތުވެދާނެ ކަމަށް ސިފައިންގެ ލީޑަޝިޕް އޮތީ ތައްޔާރުވެފައި“ ހުސެއިން ވިދާޅުވިއެވެ.

މީގެ އިތުރުން ހުސެއިން ވިދާޅުވީ ސިފައިންގެ ސަލާމަތާ ރައްކާތެރިކަން ކަށަވަރު ކުރުމަށް އެސްއޯޕީތައް އެކުލަވާލައި އަމަލު ކުރަމުން އަންނަ ކަމަށާއި ސިފައިންގެ މަރުކަޒުތައް ވެސް މިކަމަށް ތައްޔާރަށް އޮތް ކަމަށެވެ.

ސިފައިންގެ މީހަކު ޕޮޒިޓިވްވެފައިވާކަން ފުރަތަމަ ފަހަރަށް ހާމަކޮށްފައިވަނީ މިމަހުގެ 21 ވަނަ ދުވަހުއެވެ. އަދި އެފަރަތާއި ކޮންޓެކްޓްވެފައިވާ 41 މީހަކު ހޯދާފައިވާ ކަމަށް ވެސް އެޗްޕީއޭ ވަނީ ބުނެފައެވެ.

ސަރުކާރުން ބުނެފައިވަނީ ކުރީ ސަފުގައި މަސައްކަތްކުރާ ސަލާމަތީ ޚިދުމަތްތަކުގެ މީހުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ސަރުކާރުން ހާއްސަ އިސްކަމެއް ދޭ ކަމަށެވެ.

ކޮވިޑް-19 އާ ގުޅިގެން ކުރަމުންދާ އެކި މަސައްކަތްތަކުގައި ހަރަކާތްތެރިވާ 600 އެއްހާ ފުލުހުންނާއި ސިފައިން ގެއަށް ނުގޮސް އެބަތިބި ކަމަށްވެސް ސަރުކާރުން ވަނީ ބުނެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: