ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރިސޯޓު މުވައްޒަފުންނަށް ރަށަށް ދެވޭނެ އިންތިޒާމު މިދަނީ ހަމަޖައްސަމުން: އަލީ ވަހީދު

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުން
ޝެއާރކޮށްލާ ކަހަލަދޯ؟

ރިސޯޓުތަކުގައި އާއި މާލޭގައި ތާށިވެފައި ތިބި މުވައްޒަފުންނަށް އާއިލާ ކައިރިޔަށް ދެވޭނެ އިންތިޒާމު ހަމަޖެއްސުމުގެ މަސައްކަތް ކުރިޔަށްދާ ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެއެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން، އަލީ ވަހީދު ވިދާޅުވީ ރިސޯޓުތަކުގެ ސްޓާފުންނަށް އެ މީހުންގެ ރަށަށް ދެވޭނެ އިންތިޒާމު ހަމަޖައްސަމުން ދާ ކަމަށެވެ. މި ހާލަތާއި ގުޅިގެން ވަރަށް ގިނަ އަދަދެއްގެ ރިސޯޓު މުވައްޒަފުން ތިބީ ރިސޯޓުތަކުގައި އާ މާލޭގައި ތާށިވެފައި އެބަތިބިކަން އަލީ ވަހީދު ފާހަގަކުރެއްވިއެވެ.

އަލީ ވަހީދު ވިދާޅުވީ، މުވައްޒަފުންނަށް ރަނގަޅު ގޮތްތަކެއް ހޯދައިދިނުމަށް މަސައްކަތް ކުރަމުން ދާ ކަމަށެވެ. އަދި ރިސޯޓުތަކުގެ މެނޭޖްމެންޓާއި އެކު އެކަމާއި ގުޅޭ ވާހަކަތައް ދެކެވޭކަން ވެސް އަލީ ވަހީދު ފާހަގަކުރެއްވިއެވެ.

ރާއްޖޭގައި ކޮރޯނާ ވައިރަސް ފެތުރިޔަނުދިމަށް ގިނަ ފިޔަވަޅުތަކެއް ވެސް އެޅިއެވެ. އެގޮތުން، އެންމެ ފުރަތަމަ ފަތުރުވެރިކަމުގެ ހިދުމަތްދޭ ތަންތަނުން، ބައްޔަށް ޝައްކުވާ މީހުން ފެނި ޕޮޒިޓިވް ކޭސްތައް އިތުރުވާން ފެށުމުން ޑިރެކްޓާރ ޖެނެރަލް އޮފް ޕަބްލިކް ހެލްތް ވަނީ ރިސޯޓުތަކުން މުވައްޒަފުންނަށް ފޭބޭނީ އެންމެ ފަހު ފަތުރުވެރިޔާ ފުރާތާ 14 ދުވަސް ފަހުންކަމަށް އަންގަވާފައެވެ. އަދި އެ އެންގުމުގައި ވާގޮތުން ޕޮޒިޓިވް ވާ ކޭސްތައް ފެނިފައިވާ ރިސޯޓުތަކުން މުވައްޒަފުންނަށް ފޭބޭނީ އެގްޒިޓް ސްކްރީނިންއަކަށް ފަހުއެވެ.

ރިސޯޓުތަކުގައި 14 ދުވަސް ކަރަންޓީންވުމަށްފަހު މުވައްޒަފުން ފުރުމަށް އަންނަނީ މާލެއަށެވެ. ނަމަވެސް، މާލެ ލޮކްޑައުންކުރީ ކުއްލިގޮތަކަށް ކަމަށް ވުމާއި އެކު ގިނަ މުވައްޒަފުން ތާށިވެފައިތިބީ ގެސްޓް ހައުސްތަކުގައެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: