ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮވިޑް-19: ބައެއް ބިދޭސީން މާލެއިން ބޭރު ފެސިލިޓީތަކަށް ބަދަލުކުރަނީ

ފޮޓޯ: ސަން
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑް19 އަށް މާލެއިން ޕޮޒިޓިވްވެފައިވާ ގިނަ މީހުން، ބާޒާރުމަތީގެ ފިހާރަތައް ހިމެނޭ ކްލަސްޓާއާއި ގުޅިފައިވާތީ ބާޒާރުމަތީގެ ފިހާރަތަކުގައި މަސައްކަތް ކުރާ ގިނަ އަދަދެއްގެ ބިދޭސީން މާލެ އިން ބޭރުގައި ގާއިމްކުރާ ފެސިލިޓީތަކަށް ބަދަލުކުރަން ސަރުކާރުން ނިންމައިފިއެވެ.

ރާއްޖެ އިން މިހާތަނަށް ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން ސަތޭކައަށްވުރެ ގިނަ މީހުންނަކީ ބިދޭސީންނެވެ. އެގޮތުން ހޯލްސޭލްގެ ވިޔަފާރިކުރާ ފަރާތްތަކުގެ ތެރެއިން ބާޒާރުމަތީ ހިންގާ އެމްއެޗްއޭ އާއި ލިލީ އަދި ބީއެޗްއެމް ފިހާރައިގެ ބައެއް މުވައްޒަފުން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވެއެވެ.

ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ ބާޒާރުމަތީގައި މަސައްކަތް ކުރާ ބައެއް ބިދޭސީން ނިދަނީ ކޮން ތަނެއްގައި ކަން އެމީހުން ގެންގުޅޭ ކުންފުނިތަކަށް ނޭނގޭ މީހުންވެސް އެބަތިބި ކަމަށެވެ.

އަލީ ވަހީދު ވިދާޅުވީ، ބާޒާރުމަތީގެ ފިހާރަތަކުން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ ކްލަސްޓާއާ ވަރަށް ގިނަ ބަޔަކު ގުޅިފައިވާ ކަމަށެވެ. އެހެންވެ މާލެއިން ބޭރުން އިތުރަށް ޤާއިމްކުރާ ފެސިލިޓީތަކަށް ބާޒާރުމަތީ ފިހާރަތަކުގައި މަސައްކަތްކުރާ ބިދޭސީން ބަދަލުކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމަށްވެސް ވިދާޅުވިއެވެ.

ބާޒާރުމަތީގެ ފިހާރަތަކުގައި މަސައްކަތް ކުރާ ބިދޭސީން ގެންދަން ނިންމާފައިވަނީ ހުޅުމާލެ އާއި ގުޅިފަޅާއި ވިލިވަރުގައި އިތުރަށް ޤާއިމްކުރާ ފެސިލިޓީތަކަށެވެ.

”މީގެ ތެރޭގައި އެބަތިއްބެވި އެ މީހުން ނިދަނީ ކޮން ތަނެއްގައި ކަން ވެސް އެ މީހުން ގެންގުޅޭ ކުންފުނިތަކަށް ނޭނގޭ ބިދޭސީން. ބަދަލު މިކުރާ ކުރުމުގައި އިންސާނީ ހައްގާއި އެ މީހުންގެ ހައްގު ކަށަވަރު ވާނެކަން އަޅުގަނޑުމެން ޔަގީން ކުރާނަން. ބިދޭސީންނަކީ ވެސް ދިވެހިންނެކޭ އެއްގޮތަށް ދިވެހިރާއްޖެ އަށް ޚިދުމަތް ކުރާ އިންސާނުން. މި ހާލަތުގައި ވެސް އިންސާނީ ކަރާމަތާއި ގަދަރު ހިފެހެއްޓުމަކީ ސަރުކާރުގެ އެންމެ އިސް ވާޖިބު“ އަލީ ވަހީދު ވިދާޅުވިއެވެ.

ރާއްޖޭގައި މަސައްކަތް ކުރާ ގިނަ އަދަދެއްގެ ބަންގްލަދޭޝްގެ މީހުން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާއިރު، އެ ބިދޭސީން ދިރިއުޅޭ 18 ތަނެއް ފުލުހުން މިހާރު ވެސް އަންނަނީ ބަލަހައްޓަމުންނެވެ.

އަދިއްތަ ދުވަހުގެ ރޭ އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ އެންމެ ބޮޑު ކްލަސްޓާގައި އެކަނި ވެސް 517 މީހުން ހިމެނޭ ކަމަށެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: