ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނޫސްވެރިކަމުގެ އިންޑެކްސްއިން 19 ދަރަޖައިގެ ކުރިއެރުމެއް: އެމެރިކާގެ ޚާރިޖީގެ މަރުހަބާ ރާއްޖެެއަށް!

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން: ފޮޓޯ- ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ނޫސްވެރި ކަމުގެ މިނިވަން ކަމުގެ އިންޑެކްސްގައި ރާއްޖެއިން ހޯދި ކުރިއެރުމަށް އެމެރިކާއިން މަރުހަބާ ކިޔައިފި އެވެ.

ރިޕޯޓާސް ވިތައުޓް ބޯޑާސް އިން ނެރޭ ޕްރެސް ފްރީޑަމް އިންޑެކްސްގައި މިއަހަރު ރާއްޖެއަށް ވަނީ 19 ދަރަޖައިގެ ކުރިއެރުމެއް ލިބިފައެވެ. އަދި އެއާއި އެކު ރާއްޖެއިން ނޫސްވެރިކަމުގެ މިނިވަންކަމުން ވަނީ އިންޑެކްސްގެ 79 އަށް އަރާފައެވެ. މިދިޔަ އަހަރު ރާއްޖެ އޮތީ 98 ވަނަ ދަރަޖައިގައެވެ.

އެކަމާ ގުޅިގެން އެމެރިކާގެ ޚާރިޖީ ވުޒާރާ ކަމަށްވާ ސްޓޭޓް ޑިޓާޕްމެންޓްގެ ދެކުނު އޭޝިއާއާ ބެހޭ ބިއުރޯއިން ކުރި ޓްވީޓްގައި ބުނެފައިވަނީ ނޫސްވެރިކަމުގެ މިިނިވަންކަމުގައި ރާއްޖެއިން ހޯދި ކުރިއެރުމަށް އެ ގައުމުން މަރުހަބާ ކިޔާ ކަމަށެވެ. އަދި ރައްޔިތުންނަށް ފަސޭހައިން މައުލޫމާތު ދެވޭފަދަ މާހައުލެއް ރާއްޖޭގައި އުފެދެމުންދާ ކަމުގެ އުންމީދު ކުރާ ކަމަށާއި، އަދި އިންތިޒާމުތައް ހަމަޖެއްސުމަށް ގޮވާލާކަމަށް ވެސް އެމެރިކާގެ ޓްވީޓުގައި ވަނީ ބުނެފައެވެ. 

 

https://twitter.com/State_SCA/status/1254811064300118016

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވެސް ވަނީ ރާއްޖޭގެ ނޫސްވެރިކަމުގެ ދާއިރާ ކުރިއަރަމުން އަންނަކަން ފާހަގަ ކުރައްވާފައެވެ. ޝާހިދު ވިދާޅުވީ ރާއްޖެއިން ޕްރެސް ފްރީޑަމްއިން ހޯދަމުން އަންނަ ކުރިއެރުމާއި މެދު ފަހުރުވެރިވާ ކަމަށެވެ. ޝާހިދު ވިދާޅުވީ، މިނިވަން ނޫސްވެރިކަމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ އެންމެ ބޮޑު އެއް އަމާޒު ކަމަށެވެ. އަދި ރާއްޖެ މިދާއިރާއިން ހޯދަމުން އަންނަ ކުރިއެރުން ދުނިޔޭގެ އެތައް ކުރިއަރާފައިވާ ގައުމުތަކުން ބަލައިގަނެފައިވާ ކަމަށެވެ.

 

https://twitter.com/abdulla_shahid/status/1252576112934182913

ނޫސްވެރިކަމުގެ މިނިވަންކަމުގެ މިއަހަރުގެ އިންޑެކްސްގައި ދެކުނު އޭޝިއާއިން ބޫޓާން ފިޔަވައި ދެން އެންމެ ކުރީގައި އޮތީ ރާއްޖެ އެވެ. ދެކުނު އޭޝިއާގެ އެހެން ގައުމުތައް އޮތީ މިދިޔަ އަހަރަށް ވުރެ ފަހަތުގަ އެވެ. މިދިޔަ އަހަރު ވެސް ރާއްޖެއިން ވެސް ވަނީ އެ އިންޑެކްސްގައި 22 ދަރަޖައިގެ ކުރިއެރުމެއް ހޯދައި، 120 ވަނައިގައި އޮތުމަށް ފަހު 98 ވަނަ އަށް އަރައިފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: