ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދުރަށް ދިޔައީ ރަސްމީ ގްރޫޕުންނެއް ނޫން، ރައީސް ނަޝީދާއެކު އޮތް ގުޅުމަށް ބަދަލެއް ނާދޭ: ފައްޔާޒް

ޝެއާރކޮށްލާ ކަހަލަދޯ؟

ދުރަށް ވަޑައިގަތީ ބޮޑު ބަދަލުގެ ރަސްމީ ގްރޫޕުން ނޫން ކަަމަށާއި އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދާ ދެމެދު އެއްވެސް މައްސަލައެއް ނުޖެހޭ ކަމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދާއި ފައްޔާޒްގެ ދެމެދު މައްސަލަތަކެއް ޖެހި ފައްޔާޒް ”ބޮޑު ބަދަލު“ގެ ވަޓްސްއެޕް ގްރޫޕު ދޫކޮށް ދިޔަ ކަމަށް ބުނެ ސޯޝަލް މީޑިއާ އަދި ބައެއް ނޫސްތުގައި ދަނީ ހަބަރު ދައުރުކުރަމުންނެވެ. އަދި އެ ގްރޫޕުން ވަކިވުމުގެ ކުރިން ފައްޔާޒު ފޮނުއްވި މެސެޖެއްގެ ސްކްރީންޝޮޓް ދަނީ ދައުރުކުރަމުންނެވެ.

އެކަމާ ގުޅިގެން ފައްޔާޒުގެ ބަހެއް ހޯދުމަށް ”ސަންގުން“ ގުޅުމުން އޭނާ ވިދާޅުވީ، އެއީ މީގެ ތިން ހަފްތާ ވަރު ކުރިން ހިނގި ކަމެއް ކަމަށެވެ. ރައީސް ނަޝީދާއި އޭނާއާ ދެމެދު އެއްވެސް މައްސަލައެއް ދިމާނުވާ ކަމަށާއި، ދެ ބޭފުޅުންވެސް އެކުގައި މަސައްކަތް ކުރައްވާ ކަމަށް ފައްޔާޒް ވިދާޅުވިއެވެ.

އެ ގްރޫޕާއި ގުޅިގެން ފައްޔާޒް ވިދާޅުވީ، އެއީ ރަސްމީ ގްރޫޕެއްވެސް ނޫން ކަމަށާއި، އެއީ ރައީސް ނަޝީދުގެ ކެމްޕެއިންގެ ކަންކަން ކުރިއަށް ދިޔައިރު ސޯޝަލް މީޑިއާގެ ކަންކަމަށް އުފެއްދި ގްރޫޕެއް ކަމަށެވެ. އެ ގްރޫޕުން ނުކުންނެވީ ބައެއް މީހުން ހަޑިހުތުރުބަހުން މުއާމަލާތް ކުރުމާ ގުޅިގެން ކަމަށް ފައްޔާޒް ވިދާޅުވިއެވެ.

”އެއީ ސޯޝަލް މީޑިއާގެ ކަމަކަށް އުފެއްދި ގްރޫޕެއް. އޭރު ރައީސް ނަޝީދުގެ ކެމްޕެއިންގެ ކަންކަން ކުރިއަށް ދިޔައިރު. އެއީ އޮފިޝަލް ގްރޫޕެއްވެސް ނޫން. އޭގެން އަޅުގަނޑު ލީވްވީ އޭގައި ތިއްބެވި ބައެއް ބޭފުޅުން މުއާމަލާތް ކުރެއްވި ގޮތުންނާއި އެކަހަލަ ކަންތައްތަކެއް ދިމާވެގެން. ތިކަމަށް ފުދޭވަރެއްގެ ދުވަސްވެސް ވެއްޖެ،“ ފައްޔާޒް

ފައްޔާޒް ވަނީ ރައީސް ނަޝީދާއި އޭނާގެ ގުޅުމަށް ބަދަލެއް ނާންނަ ކަމަށާއި، ބޮޑު ބަދަލުގެ ކަންކަންވެސް ކުރިއަށްދާ ކަމަށާއި އަދި ރައީސް ނަޝީދާއެކު މަސައްކަތްތައް ވެސް ކުރިއަށްދާ ކަމަށް ވިދާޅުވެފައެވެ. މިހާރު ފަތުރާ ވާހަކަތަކަކީ އެއީ އިދިކޮޅުން ދައްކަމުން ގެންދާ ތެދު ނޫން ވާހަކަތަކެއް ކަމަށް ފައްޔާޒް ވިދާޅުވިއެވެ.

ދައުރުވަމުންދާ ސްކްރީންޝޮޓުގައިވާ ގޮތުން ގްރޫޕުން ނުކުންނަވަމުން ފައްޔާޒް ވިދާޅުވެފައިވަނީ، ”އަޅުގަނޑަށް ހީވަނީ މި ގްރޫޕު އުފެއްދި ބޭނުން މިހާރު ކެނޑި އަޅުގަނޑުމެންގެ ތެރޭގައި ބޭކާރު މައްސަލަތަކެއް އުފެދުމުގެ ފުރުސަތު ބޮޑުވާހެން“ ކަމަށެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރަން ބޭނުންފުޅުވާ ކޮންމެ ބޭފުޅަކަށް ޖާގަ އޮންނާނެ ކަމަށާއި އަދި ކުރިމަތިލާން ބޭނުންފުޅުވާ ބޭފުޅުން އެކަން ކުރައްވާނެ ކަމަށްވެސް ފައްޔާޒް ވިދާޅުވިއެވެ. ފައްޔާޒް ވިދާޅުވީ ބޮޑު ބަދަލަކީ މި ގައުމަށް މުހިންމު މަސައްކަތެއް ކަމަށާއި އެކަމުގައި ވީހާވެސް ގިނަ ބޭފުޅުންގެ އެހީތެރިކަން ބޭނުންވާނެ ކަމަށެވެ.

ބޮޑު ބަދަލުގެ ނަމުގައި ރައީސް ނަޝީދާއި ފައްޔާޒު ހުށަހެޅުއްވި ތަސައްވުރާއެކު ހިންގެވި ކާމިޔާބު ކެމްޕެއިނަށްފަހު އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބު ކާމިޔާބުކުރައްވައި، ބޮޑު ބަދަލުގެ އޮފީސްގެ ނަމުގައި އެ ޕާޓީގެ އޮފީހެއް ވެސް މިހާރު ވަނީ ގާއިމްކޮށްފައެވެ. އެ އޮފީހުގެ ޑިރެކްޓާ ޖެނެރަލްގެ މަގާމަށް ހަސަން ލަތީފު އައްޔަންކުރައްވައި މިހާރު ވަނީ މަސައްކަތް ފައްޓަވައިފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: