ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މި ސަރުކާރުން ވަޒީފާތަކުން ވަކިކުރާ މީހުންނަށް އެމްޑީޕީގެ ވެރިކަމެއްގައި ހައްގު ބަދަލު ހޯދައިދޭނަން: ޝާހިދު

އަބްދުﷲ ޝާހިދު މަޖިލިސް ބޭރުން/ފޮޓޯ: ސަން އޮންލައިން/އަހްމަދު އައުޝާން އިލްޔާސް
ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރުގެ ކުންފުނިތަކުގެ ވަޒީފާތަކުން ނިކަމެތި ރައްޔިތުން ވަކިކުރަމުންދާ ކަމަށާއި އެ މީހުންނަށް އެމްޑީޕީގެ ވެރިކަމެއްގައި ހައްގު ބަދަލު ހޯދައިދެއްވާނެ ކަމަށް އެމްޑީޕީގެ ރިޔާސީ ޓިކެޓަށް ވާދަކުރައްވާނެކަން އިއުލާނުކުރައްވާފައިވާ އެ ޕާޓީގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ޝާހިދު ވަނީ މި ސަރުކާރުން ޚަރަދު ކުޑަކުރުމުގެ ނަމުގައި މުވައްޒަފުން ވަކިކުރަމުންދާއިރު އެކަމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އެގޮތުން މި ސަރުކާރުން ރައްޔިތުންނަށް ބޮޑުތަނުން އިހުމާލުވެފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

އާދައިގެ ނިކަމެތި މުވައްޒަފު މީހާ އާއިލާއަށް ކެއުންބުއިން ހޯދައިދޭން އަތްފައި ފިއްސައިގެން މަސައްކަތް ކުރިޔަ ނުދިނުމުގެ ނިޔަތުގައި އަދި ނިކަމެތިކޮށްލުމުގެ ނިޔަތުގައި ކުރާ އަނިޔާ ހުއްޓާލަން އޭނާ ގޮވާލެއްވިއެވެ. އަދި ސަރުކާރުގެ ޚަރަދުތައް ކުޑަކުރައްވަންޏާ އާދައިގެ ނިކަމެތި ރައްޔިތުން ވަޒީފާތަކުން ވަކިކުރުމުގެ ބަދަލުގައި ސަރުކާރުގެ ބޮޑެތި ވަޒީފާތައް ދީފައި ތިބި މިނިސްޓަރުންނާއި ސްޓޭޓް މިނިސްޓަރުންނާއި ޑެޕިއުޓީ މިނިސްޓަރުން ވަކިކުރުމަށް އޭނާ ވަނީ ސަރުކާރަށް ގޮވާލައްވައިފައެވެ.

”އާދައިގެ ނިކަމެތި މުވައްޒަފު މީހާ އާއިލާއަށް ކެއުންބުއިން ހޯދައިދޭން އަތްފައި ފިއްސައިގެން ކުރިއަށް ނުދެއްވުމުގެ ނިޔަތުގައި ނިކަމެތިކޮށްލުމުގެ ނިޔަތުގައި ތިޔަ ކުރައްވާ އަނިޔާ ހުއްޓާލާ، ސަރުކާރުގެ ޚަރަދުތައް ކުޑަކުރައްވަންޏާ ސަރުކާރުގެ ބޮޑެތި ވަޒީފާތަކަށް ނަންގަވާ ސިޔާސީ މުވައްޒަފުން ނެންގެވުން ހުއްޓާލައްވާ!“ އަބްދުﷲ ޝާހިދު

މީގެ އިރުތުން، މި ސަރުކާރުން އަނިޔާވެރިކަމާއެކު ވަކިކުރާ މީހުންނަށް އެމްޑީޕީގެ ވެރިކަމެއްގައި ހައްގު ބަދަލު ހޯދައިދެއްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

2028 ވަނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބަށް ކުރިމަތިލެއްވުމަށް، އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވަން، އެމްޑީޕީގެ ރައީސްކަމުގެ މަޤާމުން މި މަހުގެ 14 ވަނަ ދުވަހު އިސްތިއުފާ ދެއްވި ފަހުން ޝާހިދު ގެންދަވަނީ ޕްރައިމަރީއަށް ކެމްޕެއިން ކުރައްވަމުންނެވެ.

އޭނާއަކީ ޤައުމުގެ ލާބަޔާއި މަސްލަހަތު އިސްކޮށް، އިންސާފާއި ހަމަހަމަ ފުރުސަތުތަކެއް އޮތް އަދި ސާދާ ވެރިކަމެއް ކޮށްދޭނެ ބޭފުޅެއް ކަމަށާއި އަދި އޭނާ ވެރިކަން ކުރައްވާނީ ރައްޔިތުންގެ ހާދިމެއްގެ ގޮތުގައި ކަމަށް ވިދާޅުވެ ޝާހިދު އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިން ފެއްޓެވީ އައްޑޫ ސިޓީ ހިތަދޫގައި ބޭއްވި ޖަލްސާއެއްގައެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: