ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހުޅުމާލޭ ހޮސްޕިޓަލުގައި އިތުރު ތިން ހިދުމަތެއް ފަށައިފި

ފޮޓޯ: ޕީއެސްއެމް
ޝެއާރކޮށްލާ ކަހަލަދޯ؟

ހުޅުމާލެ ހޮސްޕިޓަލުގައި އިތުރު ތިން ސްޕެޝަލިސްޓް ހިދުމަތެއް ރަސްމީކޮށް ފަށައިފިއެވެ.

ހުޅުމާލެ ހޮސްޕިޓަލްގައި ފެށި ތިން ޚިދުމަތަކީ ގެސްޓްރޯ، ނިއުރޯ އަދި ޔޫރޮލަޖީގެ ހިދުމަތެވެ. އެ ހިދުމަތްތައް ރަސްމީކޮށް ފައްޓަވައިދެއްވީ ސިއްހަތާއި އާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވަޒީރު ގީލާ އަލީއެވެ.

އެ ހިދުމަތްތައް ފެށުމުގެ ގޮތުން ވަޒީރު ގީލާ ވަނީ ނިއުރޯ ސައިންސް ޔުނިޓް ހުޅުއްވައިދެއްވާފައެވެ. ވަޒީރު ވިދާޅުވީ އެއީ އައިޖީއެމްއެޗްގެ ވެއިޓްލިސްޓް ކުޑަކޮށް، ރާއްޖެއިން ބޭރަށް ބޭސްފަރުވާއަށްދާ ދިއުން މަދުކުރުމުގެ މަގްސަދުގައި ފެށި ހިދުމަތްތަކެއް ކަމަށެވެ.

މާލޭ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް އަބްދުއްރައްޒާގް ހަލީމް މައުލޫމާތު ދެއްވި ގޮތުގައި، ނިއުރޮލޮޖީގެ ހިދުމަތުގެ ތެރެއިން ކޮންސަލްޓޭޝަންގެ އިތުރުން އީއީޖީ (EEG) ގެ ހިދުމަތް ލިބޭނެއެވެ. އަދި ޔޫރޮލަޖީގެ ތެރެއިން ކޮންސަލްޓޭޝަނާއި ޔޫރޯފްލޯމެޓްރީ ފަދަ ޓެސްޓްތައް ހެދޭނެއެވެ. ގެސްޓްރޯއެންޓެރޮލޮޖީގެ ކޮންސަލްޓޭޝަން ޚިދުމަތް މިހާރު ފެށިފައިވާއިރު، ކުރިއަށް އޮތް ތަނުގައި އެންޑޯސްކޯޕީ އަދި ކޮލޮނޮސްކޯޕީގެ ހިދުމަތް ފެށުމަށް ވަނީ ރޭވިފައެވެ.

ނިއުރޯ ސައިންސް ޔުނިޓްގެ އީއީޖީ ހިދުމަތް ރަސްމީ ގަޑިތަކުގައި ލިބޭނެއެވެ. އަދި މެންދުރު 2:00 އާ ހަމައަށް ނަން ނޯޓު ކުރެވޭނެއެވެ. އިމަޖެންސީ ހާލަތްތަކުގައި ކޮންމެ ގަޑިއަކުވެސް ހިދުމަތް ލިބޭނެއެވެ. ހުޅުމާލެ ހޮސްޕިޓަލްގެ ހިދުމަތްތައް ފުޅާކުރުމުގެ ގޮތުން މިހާރު ވަނީ ހަތަރު އޮޕަރޭޓިންގ ރޫމް ހިމެނޭ ތިއޭޓަރ ކޮމްޕްލެކްސްއަކާއި، ދިހަ އެނދުގެ އައިސީޔޫ އަދި ސާދަ އެނދުގެ ނިއޮނޭޓަލް އިންޓެންސިވް ކެއަރ ޔުނިޓެއް ގާއިމުކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: