ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަހަރެއްހާ ދުވަހުގެ ތެރޭގައި ތިލަމާލެ ބުރިޖު އެއްކޮށް ނިންމާލެވޭނެ: ރައީސް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ޝެއާރކޮށްލާ ކަހަލަދޯ؟

ގިނަވެގެން އަހަރެއްހާ ދުވަހުގެތެރޭގައި ތިލަމާލެ ބުރިޖު އެއްކޮށް ނިންމާލެވޭނެ ކަމަށް އުންމީދު ކުރައްވާކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ތިލަމާާލެ ބްރިޖުގައި އިއްޔެ ރައީސް ދެއްވި އިންޓަވިއުއެއްގައި ވަނީ ގްރޭޓަރ މާލެ ކަނެކްޓިވިޓީ ޕްރޮޖެކްޓް (ޖީ.އެމް.ސީ.ޕީ)ގެ ދަށުން މާލެއާ ވިލިމާލެއާއި ގުޅިފަޅުގެ އިތުރުން ތިލަފުށި ގުޅުވާލައި އަޅަމުންދާ ބުރިޖު މަޝްރޫޢުގެ މަސައްކަތަށް އިންޑިއާ ސަރުކާރުން، ޚާއްޞަ ގޮތެއްގައި އެ ޤައުމުގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ދެއްވާ ޚާއްޞަ އިސްކަން ފާހަގަކުރައްވައި އެކަމަށް ޓަކައި ބޮޑުވަޒީރު ނަރެންދްރަ މޯދީއަށާއި އިންޑިއާ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު، ޖީ. ބާލަސުބްރަމާނިއަންގެ އިތުރުން އެ ޤައުމުގެ ސަރުކާރަށް ޝުކުރުއަދާކުރައްވާފައެވެ.

އެ ޚާއްޞަ އިސްކަމުގެ ނަތީޖާއެއްގެ ގޮތުން މިއަދު މާލެއާއި ވިލިމާލެ ގުޅާލެވިފައި މިވަނީ އެ މަޝްރޫޢުގެ މަސައްކަތުގައި ޢަމަލީގޮތުން ހަރަކާތްތެރިވާ ދެ ޤައުމުގެ އެކި ފަންތީގެ ޓީމުތަކުން ކުރެއްވި ބުރަ މަސައްކަތުންކަން އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރައްވައި، އެ އެންމެހާ ފަރާތްތަކަށްވެސް ޙައްޤު ޝުކުރު އަދާކުރެއްވިއެވެ.

ރައީސްގެ ވާހަކަފުޅުގައި، އެ މަސައްކަތް ގިނަވެގެން އަހަރެއްހާ ދުވަހުގެ ތެރޭގައި އެއްކޮށް ނިންމާލެވޭނެ ކަމަށް އުންމީދު ކުރައްވާކަމުގައި ވިދާޅުވިއެވެ. އަދި އެ ނިމުން ވެގެންދާނީ، މުޅި މި ގްރޭޓާ މާލެ ސަރަޙައްދުގެ ތަރައްޤީއަށް، ވަރަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެކަމެއް ކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސްގެ ވާހަކަފުޅުގައި، މިކަހަލަ މުހިންމު ހުރިހާ މަޝްރޫޢުތައް ބާރު ސްޕީޑުގައި ގެންގޮސް ނިންމުމަށް ސަރުކާރުން ދެއްވާ އިސްކަން މި މަޝްރޫޢުގެ މަސައްކަތުން ދޭހަވާކަން ފާހަގަކުރެއްވިއެވެ. މި ސަރުކާރު ފެށިގެން އައިއިރުގައި ބޮޑެތި ބައެއް މަޝްރޫޢުތައް އެހާ ބާރު ސްޕީޑުގައި ނުގޮސް އެކި ކަހަލަ މައްސަލަތައް ހުރިކަން ފާހަގަކުރައްވައި، ރައީސް ވަނީ މި ސަރުކާރު ވެރިކަމާއި ޙަވާލުވުމަށްފަހު މިފަދަ ބޮޑެތި މަޝްރޫޢުތައް އަވަހަށް ނިންމުމަށް ދެއްވަމުންގެންދަވާ ޚާއްޞަ އަހަންމިއްޔަތު ފާހަގަކުރައްވާފައެވެ. އެގޮތުން މި ސަރުކާރު ވެރިކަމާއި ޙަވާލުވުމަށްފަހު މިވީ ކުރު މުއްދަތުގެ ތެރޭގައި ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ޓަރމިނަލާއި ހަނިމާދޫ އެއަރޕޯޓުގެ އިތުރުންވެސް ނުނިމި ހުރި މުހިންމު މަޝްރޫޢުތައް ބާރު ސްޕީޑުގައި ގެންގޮސް ނިންމާފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސްގެ ވާހަކަފުޅުގައި، ތިލަމާލެ ބުރިޖަކީ މިފަދަ މުހިންމު މަޝްރޫޢެއް ކަމަށާއި ކުރިއަށް އޮތްތަނުގައިވެސް ތަރައްޤީގެ މުހިންމު މަޝްރޫޢުތަކަށް ޚާއްޞަ އިސްކަމެއްދެއްވައިގެން ނިންމަން ސަރުކާރުން މަސައްކަތް ކުރައްވާނެކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވިއެވެ. އެމަނިކުފާނުގެ ވާހަކަފުޅުގައި، އިންޑިއާއާ ރާއްޖެއާ ދެމެދުގައި އޮތް ގާތްގުޅުން ރަމްޒުކޮށްދޭ މުހިންމު މަޝްރޫޢުތަކަކީ މި ސަރުކާރުން ވަރަށް އިސްކަމެއް ދެއްވާނެ މަޝްރޫޢުތަކެއް ކަމުގައި ވިދާޅުވިއެވެ. ރައީސްގެ ވާހަކަފުޅު ނިންމަވާލައްވަމުން ވަނީ، މިފަދަ މަޝްރޫޢުތަކުގެ މަސައްކަތްތައް، ދެޤައުމުގެ މެދުގައި އޮތް ގާތް ގުޅުން ވަރުގަދަވާނެ ފަދަ ގޮތަކަށް ކުރިއަށް ގެންދިއުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ.

މިއަދު ބޭއްވި މި ހިނގާލުމުގައި ބައިވެރިވެވަޑައިގެން އިންޑިއާ ސަފީރުވެސް ވަނީ މީޑިއާތަކަށް ބަސްދީގަތުމެއް ދެއްވާފައެވެ. އެގޮތުން އެމަނިކުފާނުގެ ވާހަކަފުޅުގައި، އިންޑިއާ ސަރުކާރާއި ދިވެހި ސަރުކާރު ގުޅިގެން ކުރިއަށްގެންދާ މި ބުރިޖު މަޝްރޫޢަކީ އިންޑިއާއިން އެޤައުމުގެ ބޯޑަރުން ބޭރުގައި ހިންގާ މިފަދަ ޢުމުރާނީ ތަރައްޤީގެ ބިޔަބޮޑު އެންމެ ފުރިހަމަ އެއް މަޝްރޫޢު ކަމަށާއި އެ މަޝްރޫޢު ރާއްޖޭގައި ހިންގޭކަމީ އަދި މަޝްރޫޢު ފުރިހަމަވެގެން އަންނަ ތަން ދުށުމަކީ، އެކަމަށްޓަކައި އުފާ ކުރައްވާ ކަމެއްކަން ހާމަކުރެއްވިއެވެ. އަދި މަޝްރޫޢު ނިމިގެން ދިއުމަކީ އެކަމުން ދިވެހިރާއްޖެއަށާއި ރާއްޖޭގެ ރައްޔިތުންނަށް ލިބިގެންދާނެ ބޮޑު ރައުސުލްމާލަކަށް ވެގެންދާނެކަން އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: