ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް މުއިއްޒު އިސްތިއުފާ ދެއްވަންދެން ސީދާ ހަރަކާތްތައް ހިންގުމަށް އެމްޑީޕީގެ ގައުމީ މަޖިލީހުން ފާސްކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

މާލީ އަދި އިގްތިސޯދީ ފިޔަވަޅުތައް ހުއްޓާނުލާ އަދި އެމްޑީޕީއާއިއެކު މަޝްވަރާގެ މޭޒަށް ނާންނަ ކަމަށް ވާނަމަ ރައީސް ޑރ. މުހައްމަދު މުއިއްޒު އިސްތިއުފާ ދެއްވަންދެން ސީދާ ހަރަކާތްތައް ހިންގުމަށް އެމްޑީޕީގެ ގައުމީ މަޖިލީހުން ފާސްކޮށްފިއެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުގައި ޗެއާޕާސަން ރައީސް ނަޝީދު ހުށައެޅުއްވި ގަރާރުގައި ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދޯހަޅި އިގްތިސޯދީ ސިޔާސަތުތަކުގެ ސަބަބުން އެތައް ގެއްލުމެއް ހުރި ކަމަށެވެ. ރިސޯޓުތަކަށް ލިބޭ އާމްދަނީގެ 40 ޕަސެންޓު މާރުކުރުމަށް އެތަންތަނަށް ލާޒިމު ކުރުމުން ނިކުމެދާނެ ނޭދެވޭ ނަތީޖާތައް ގިނަ ކަމަށް ގަރާރުގައި ފާހަގަކޮށްފައިވެއެވެ.

އެ ގަރާރުގައި ވަނީ މިހާރުވެސް ރިސޯޓުތަކުން 60 ފަސެންޓާއި ގާތްކުރާ އަދަދަކަށް ހަރަދުތައް ކުރާ ކަމަށާއި އޭގެ ތެރެއިން ޓެކްސްއާއި ސާވިސް ޗާޖާއި، ލޯނާއި މިފަދަ އެތައް ކަމެއް ހުންނަ ކަމަށެވެ. ޖުމްލަ ގޮތެއްގައި އެ ގަރާރުގައި ފާހަގަކޮށްފައިވަނީ ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކުގެ ސަބަބުން ރާއްޖޭގެ އިގްތިސޯދު އިތުރަށް ހީނަރުވަމުންދާ ކަމަށެވެ.

އެހެންކަމުން ސަރުކާރުން އަޅަމުންދަނީ ޒިންމާދާރުކަން ކުޑަ ފިޔަވަޅުތަކެއް ކަމަށް ފާހަގަކޮށް އެ ފިޔަވަޅުތައް އެޅުން ހުއްޓާލުމަށާއި އެމްޑިޕީއާއެކު އެއް މޭޒަކަށް އައިސް މާލީ އަދި އިގްތިސޯދީ ކަންކަމާއި މެދު މަޝްވަރާކުރުމަށް އެމްޑީޕީން ވަނީ ސަރުކާރަށް ގޮވާލައިފައެވެ. އެގޮތަށް އެކަން ނުކުރާ ނަމަ ރައީސް މުއިއްޒު އިސްތިއުފާ ދެއްވަންދެން އެކިއެކި ސީދާ ހަރަކާތްތައް ކުރިއަށް ގެންދާނެ ކަމަށް އެ ގާރާރުގައި ވަނީ ބުނެފައެވެ.

އެ ގަރާރު އޮތް ގޮތަށް ފާސްކުރަން ގައުމީ މަޖިލީހުގައި ބައިވެރިވި 34 މެމްބަރުންގެ ތެރެއިން 33 މެމްބަރުންގެ ވޯޓާއެކު ވަނީ ފާސްކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 100%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: