ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރަމްޟާން މަހަށް ރައީސް ޔާމީން ގެއަށް ބަދަލު ކޮށްދެއްވާނެ ކަމަށް ރައީސް ސާލިޙް އަދި ރައީސް ނަޝީދު ވެސް ދެންނެވި: އިދިކޮޅު

ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ: ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

މަނީ ލޯންޑާ ކުރި ކަމުގެ ކުށް ސާބިތުވެ ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒް ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ރަމްޟާންމަހަށް ގެއަށް ބަދަލުކޮށްދިނުމުގެ ކަންކަން ހަމަޖެހިގެން ދާނެ ކަމަށް ރައީސުލްޖުމްހޫރީއްޔާ އިބްރާހިމް މުހައްމަދު ސާލިޙްއާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް ރައީސް މުހައްމަދު ނަޝީދު ވިދާޅުވި ކަމަށް އިދިކޮޅު ޕީޕީއެމް އަދި ޕީއެންސީ ކޯލިޝަނުން ބުނެފިއެވެ. 

ބުރާސްފަތި ދުވަހުގެ ރޭ ވެބެކޮންފަރެންސް މެދުވެރިކޮށް ނޫސްވެރިންނާއި ބައްދަލު ކުރައްވާ ވާހަކަފުޅު ދައްކަވަމުން ޕީއެންސީ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ރަމްޟާން މަސް ވަރަށް ކައިރިވެފައި ވަނިކޮށް ވެސް އަދި އޭގެ ކުރިން ވެސް ރައީސް ސާލިޙް އޭނާއާއި ފޯނުން ގުޅުއްވައި ވާހަކަ ދެއްކެވި ކަމަށާއި އެގޮތުން އެންމެ ފަހުން ރައީސް ސާލިޙްއާއި ފޯނުން ގުޅުއްވާ ދެއްކެވި ވާހަކަފުޅުގައި ރަމްޟާން މަހަށް ރައީސް ޔާމީން ގެއަށް ބަދަލު ކޮށްދެއްވުުގެ ކަންކަން ހަމަޖައްސަވައި ދެއްވުމަށް ދެންނެވި ކަމަށާއި އަދި އެކަންކަން ހަމަޖެހިގެންދާނެ ކަމުގެ ޔަގީންކަން ރައީސް ސާލިޙް ދެއްވި ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ. 

އަބްދުއްރަހީމް ވިދާޅުވީ އޭނާ ދުވާލެއްގެ މައްޗަށް ދެ ފަހަރު ނުވަތަ ތިން ފަހަރު އާންމުގޮތެއްގައި ރައީސް ސާލިޙްއަށް ގުޅުއްވާ ކަމަށާއި އަދި ގުޅުއްވާ ކޮންމެ ފަހަރަކު ވެސް މަޝްވަރާކޮށްފައި ވާނީ ރައީސް ޔާމީން ގެއަށް ބަދަލު ކުރެވޭނެ ގޮތަކާއި ބެހޭ ގޮތުން ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ. 

މީގެއިތުރުން އަބްދުއްރަހީމް ވިދާޅުވީ ޕީޕީއެމްއާއި ޕީއެންސީގެ ލީޑާޝީޕްގެ ފަރާތުން ރައްޔިތުންގެ މަޖިލީޙުގެ ރައީސް ރައީސް މުހައްމަދު ނަޝީދާއި ބައްދަލު ކުރެއްވި ކަމަށާއި އެ ބައްދަލު ކުރެއްވުމުގައި ވެސް މަޝްވަރާ ކުރެވުނީ ރައީސް ޔާމީން ގެއަށް ބަދަކު ކުރެވޭނެ ގޮތަކާއި ބެހޭ ގޮތުން ކަމަށާއި ހާއްސަކޮށް ރަމްޟާން މަހަށް ރައީސް ޔާމީން ގެއަށް ބަދަލު ކޮށްދެއްވޭނެ ގޮތެއް ހައްދަވާ ދެއްވާނެ ކަމުގެ އިޝާރާތެއް ރައީސް ނަޝީދު ދެއްވި ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.

ނަމަވެސް މިއަދާއި ހަމައަށް ވެސް ރައީސް ޔާމީން ގެއަށް ބަދަލު ކޮށްދެއްވާނެ ކަމަށް ވިދާޅުވެ ރައީސް ސާލިޙް ވެސް އަދި ރައީސް ނަޝީދު ވެސް ވިދާޅުވި ގޮތަށް ކަންކަން ކޮށްދެއްވާފައި ނުވާ ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ. އަދި ރައީސް ޔާމީން ގެއަށް ބަދަލު ކޮށްދިނުމުގެ މައްސަލައިގައި ސަރުކާރުގެ ފަރާތުން އެއްވެސް ޖަވާބެއް ނުލިބޭ ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ. 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: