ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެންމެ ކުޑަ އުޖޫރަ ހަމަޖައްސަން އެންމެ މުހިއްމު ވަގުތަކީ މީ: ރައީސް ނަޝީދު

ޝެއާރކޮށްލާ ކަހަލަދޯ؟

މަސައްކަތްތެރިންނަށް ދޭ އެންމެ ކުޑަ އުޖޫރަ ހަމަ ޖެއްސުމަށް އެންމެ މުހިއްމު ވަގުތަކީ މިއީ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ދުނިޔޭގެ މަސައްކަތްތެރިންގެ ދުވަސް (މެއި ޑޭ) އާއި ގުޅިގެން ރައީސް ނަޝީދު ކުރެއްވި ޓްވީޓްގައި އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމުގެ ވާހަކައިގެ އިތުރުން ވަޒީފާ ނެތް ފަރާތްތަކަށް އެލަވަންސެއް ހަމަޖެއްސުމަށްވެސް އެންމެ މުހިއްމީ މިވަގުތު ކަމަށް ވިދާޅުވެފައިވެއެވެ.

https://twitter.com/MohamedNasheed/status/1256106150463811584

އެންމެ ކުޑަ އުޖޫރައާއި ވަޒީފާ ނެތް ފަރާތްތަކަށް ދޭ އެލަވަންސް ކަނޑައަޅަން އެންމެ މުހިއްމީ މިވަގުތުގައި ކަމަށް ރައީސް ނަޝީދު ވިދާޅުވިއިރު، މިނިމަމް ވޭޖުގެ މަސައްކަތް ފަށައިގަތް އިރު ކޮރޯނާވައިރަހުގެ ބިރުވެރިކަން މުޅި ދުނިޔެ އަށް ނެތް ކަމަށާއި މިނިވަން ވޭޖެއް ކަނޑައެޅި ނަމަވެސް މި ވަގުތަކީ އެކަން ތަންފީޒް ކުރަން އެންމެ ރަނގަޅު ވަގުތު ނޫން ކަމަށް ވޭޖް އެޑްވައިޒަރީ ބޯޑުގެ ޗެއާމަން މަރިޔަމް ވަނީ މާޗު މަސްތެރޭގައި ވިދާޅުވެފައެވެ.

ރާއްޖޭގައި ވަޒީފާ އަދާކުރާ މީހުންނަށް ދޭ އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމުގެ ބާރު އޮންނަނީ އިކޮނޮމިކް މިނިސްޓަރަށެވެ. ނަމަވެސް އެކަމުގައި މަޖިލީހުން ދެކޭ ގޮތް ބެލުމަށް އިކޮނޮމިކް މިނިސްޓަރު ވަނީ އެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފައެވެ.

ރައްޔިތުންގެ މަޖިލީހުގައި ކޮންމެވެސް ވަރަކަށް އެކަމާއި ބަހުސް ކުރުމަށްފަހު އާންމުގެ ޚިޔާލު ހޯދުމަށް އާންމުކޮށް ހުޅުވާލައިގެން ފޯރަމްތަކެއްވެސް ބޭއްވިއެވެ. ނަމަވެސް އެ މަސައްކަތްވަނީ މަޑު ޖެހިފައެވެ.

ރާއްޖޭގައި ވަޒީފާ އަދާކުރާ މީހުންނަށް ދެވޭނެ އެންމެ ކުޑަ އުޖޫރަ ފެބްރުއަރީ މަސް ނިމުމުގެ ކުރިން ކަނޑައެޅޭނެ ކަމަށް އެމަހުގެ 11 ވަނަ ދުވަހު މިނިސްޓަރު ފައްޔާޒު ވިދާޅުވެފައި ވިޔަސް މަސް ނިމިގެން ދިޔައިރު ވެސް މިނިމަމް ވޭޖް އިއުލާނެއް ނުކުރެ އެވެ. އެއާއެކު އެކަމަށް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވުމުން މިނިސްޓަރު ވަނީ މާފަށް އެދިވަޑައިގެންފަ އެވެ. އަދި މާޗު މަހުގެ ފުރަތަމަ ދުވަހު ވިދާޅުވީ މަޖިލީހުގެ ލަފާ ލިބި 15 ވަރަކަށް ދުވަސް ތެރޭ މިނިމަމް ވޭޖް ކަނޑައެޅޭނެކަމަށެވެ.

މިނިމަމް ވޭޖު ކަނޑައެޅުމުގައި ރައްޔިތުންގެ މަޖިލީހުގެ ލަފަޔަކަށް އެދިވަޑައިގެން، މިނިމަމް ވޭޖް ކަނޑައެޅުގައި މިނިސްޓަރަށް ލަފާދޭ ބޯޑުގެ ރިޕޯޓާއި، އިންޓަނޭޝަނަލް ލޭބާ އޯގަނައިޒޭޝަން (އައިއެލްއޯ) އިން ލަފާ ދީފައިވާ ރިޕޯޓެއް މަޖިލީހަށް ހުށަހަޅާފައިވެއެވެ.

ވަކި ސިނާއަތެއް އިސްތިސްނާ ނުވާ ގޮތަށް މިނިމަމް ވޭޖް ބޯޑުން މިނިސްޓަރަށް ލަފާ ދީފައި ވަނީ މިނިމަމް ވޭޖްގެ ގޮތުގައި 6،400 ރުފިޔާ ކަނޑައެޅުމަށެވެ.

އެންމެ ކުޑަ އުޖޫރައަކާއި ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހުގެ އިގްތިސާދީ ކޮމިޓީގައި ބަހުސް ކުރެވިފައިވެއެވެ. އެއަށްފަހު އެކަމަށް ރައްޔިތުންގެ ހިޔާލު ހޯދުމުގެ ބައްދަލުވުމެއް ވެސް ރައްޔިތުންގެ މަޖިލީހުން ވަނީ ބާއްވައިފައެވެ.

އެގޮތުން އެންމެ ކުޑަ އުޖޫރައެއް ކަނޑައެޅުމާ ބެހޭ ގޮތުން އާންމުންގެ ހިޔާލު ހޯދަން ރައްޔިތުންގެ މަޖިލިހުގައި ބޭއްވި ބައްދަލުވުމުގައި އެކި މީހުންގެ ކަންބޮޑުވުންތަކާއި ހިޔާލުތައް ވަނީ ހިއްސާކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: