ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މީހަކު ނިޔާވުމުގައި އިހުމާލު އެބަ އޮތް، އެޗްޕީއޭ އަށް ސަރުކާރުން ނުފޫޒު ފޯރުވާ: އިދިކޮޅު

ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑް-19 ޖެހިގެން ރާއްޖެއިން މީހަކު ނިޔާވުމުގައި ސަރުކާރުގެ އިހުމާލު އެބަ އޮތް ކަމަށާއި ރާއްޖޭގެ ހާލަތު ގޯސްވެގެން ދިޔައީ ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) ގެ މަސައްކަތްތަކަށް ސަރުކާރުގެ ނުފޫޒު ފޯރުވުމުން ކަމަށް އިދިކޮޅު ކޯލިޝަނުން ބުނެފިއެވެ.

ކޮވިޑް-19 އަށް ރާއްޖޭން މިހާތަނަށް 468 މީހަކު ޕޮޒިޓިވްވެފައިވާއިރު، މިބަލީގައި 83 އަހަރުގެ އަންހެނަކު ވަނީ ނިޔާވެފައެވެ. އަދި ޓެސްޓްގެ ނަތީޖާ ލިބުނީ ނިޔާވި ފަހުންނެވެ.

އިދިކޮޅު ކޯލިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިދިކޮޅު ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ކޮވިޑް-19 އަށް ތައްޔާރުވެފައި އޮތް ކަމަށް ސަރުކާރުން ބުނަމުން ދިޔަ ކަމަށެވެ. ނަމަވެސް އެގޮތަށް ވާހަކަތަކެއް ދައްކަމުންދިޔަސް ސިއްހީ ދާއިރާގެ ތަޖުރިބާ ކާރުންގެ ލަފާ ސަރުކާރުން ގަބޫލު ނުކުރާ ކަމަށް އޭނާ ވިދާޅުވިއެވެ.

އަބްދުއްރަހީމް ވިދާޅުވީ އެޗްޕީއޭގެ ކުރާ މަސައްކަތްތައް ކޮންޓްރޯލް ކުރަނީ ރައީސް އޮފީހުން ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ. އަދި ސަރުކާރުން އަމަލުކުރާތަން ފެންނަނީ ވަރަށް ފަރުވާ ކުޑަކޮށް ކަމަށް އޭނާ ވިދާޅުވިއެވެ.

ކޮވިޑް-19 އާއި ގުޅިގެން ރާއްޖެ ލޮކްޑައުން ކުރަން ސިއްހީ ދާއިރާގެ ފަރާތްތަކުން ގޮވާލަމުން ދިޔަ ކަމަށާއި ރާއްޖޭގެ ހާލަތު ގޯސްވާންޖެހުނީ އެ ނިންމުން ނިންމުމުގައި ސަރުކާރުން ލަސް ކުރުމުން ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.

އަބްދުއްރަހީމް ވިދާޅުވީ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ ޒިންމާ ނަންގަވަންޖެހޭނީ ރައީސުލްޖުމްހޫރިއްޔާ ކަމަށާއި ގައުމަށް ދިމާވެފައިވާ މި ހާލަތުގެ ޒިންމާ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ނަންގަވަން ޖެހިވަޑައިގަންނަވާނެ ކަމަށެވެ.

ކޮވިޑް 19 އަށް ޓެސްޓު ކުރުން ކުރިއަށްގެންދަނީ ސިޔާސީ ފަރާތްތަކާއި އެފަރާތްތަކާ ގުޅުންހުރި މީހުންނަށް އިސްކަންދީގެން ކަމަށްވެސް އަބްދުއްރަހީމް ވިދާޅުވިއެވެ

އަބްދުއްރަހީމް ވިދާޅުވީ މިފަދަ ނާޒުކު ދަނޑިވަޅެއްގައި ރައްޔިތުންގެ ރައްކަލަކަށް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ލަފާފުޅާއެކު ކުރިއަށްދިޔުމަށް އިދިކޮޅު ފަރާތްތަކުން ރައީސް ސޯލިހަށް ހުށަހެޅުމުން އެކަމަށް އެއްވެސް ޖަވާބެއް ނުދެއްވާ ކަމަށެވެ.  

ކޮވިޑްގެ ޕޭޝަންޓެއް ނިޔާވުމަށް އިޝާރާތް ކުރައްވާ އަވްދުއްރަހީމް ވިދާޅުވީ ކޮވިޑް ހައިރިސްކު ކަނބަލަކު ވެންޓިލޭޓަރަށް ލުމުގެ ބަދަލުގައި ގޭގައި ބެހެއްޓުމަކީ ސަރުކާރުންވި ވަރަށްބޮޑު އިހުމާލެއް ކަމަށެވެ.

ޕީއެންސީގެ ނައިބު ރައީސް އާދަމް ޝަރީފް ވިދާޅުވީ ކޮވިޑް-19 ގައި މީހަކު ނިޔާވުމުގައި އިހުމާލު އޮތްކަމުގެ ތުހުމަތު ކުރެވޭއިރު، އެކަމުގެ ފުރިހަމަ ތަހުގީގެއް ހިންގަންޖެހޭ ކަމަށެވެ. ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރުކަންވެސް ކުރައްވާ ޝަރީފް ވިދާޅުވީ ކޮވިޑާއި ގުޅިގެން މައުލޫމާތު ހާމަކުރުމުގައި އެޗްޕީއޭ އަށް މިނިވަންކަން އޮންނަން ޖެހޭނެ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: