ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހާލަތުން އަރައިގަނެ ޖުލައި މަހު ބޯޑަރު ހުޅުވާލެވޭނެކަމުގެ އުއްމީދު އެބައޮތް: އަލީ ވަހީދު

ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑް-19އާ ގުޅިގެން ކުރިމަތިވެފައިވާ ހާލަތުން އަރައިގަނެ ޖުލައި މަހު ބޯޑަރު ހުޅުވާލެވޭނެ ކަމުގެ އުއްމީދު އޮތް ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެއެވެ.

ސީއެންއެންގެ ”ކުއެސްޓް މީންސް ބިޒްނަސް“ ޝޯ އަށް ދެއްވި އިންޓަވިއުއެއްގައި މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ އަންނަ ޖުލައި މަހު ބޯޑަރު ހުޅުވާލައިގެން ޓޫރިޒަމް ކުރިއަށް ގެންދެވޭނެ ކަމުގެ އުއްމީދު އޮތް ކަމަށެވެ.

އަލީ ވަހީދު ވިދާޅުވީ ސަރުކާރުގެ އެންމެ މުހިއްމު އަމާޒަކީ ޓޫރިޒަމް ސިނާއަތު  އަލުން ފަށައިގަތުން ކަމަށެވެ. ނަމަވެސް މި ވަގުތު ހާލަތު އޮތްގޮތުން ކުރިއަށްދާން އުނދަގޫތަކެއް އެބަހުރި ކަމަށް އޭނާ ވިދާޅުވިއެވެ.

ކޮވިޑް-19 އިން ސަލާމަތްވުމަށް މުޅި ސަރުކާރު އެކަތިގަނޑެއްގެ ގޮތުގައި މަސައްކަތްކުރަމުން އަންނަ ކަމަށާއި ބޯޑަރު ހުޅުވާލާނީ މި ހާލަތުން އަރައިގަނެވުނީމަ ކަމަށް އަލީ ވަހީދު ވިދާޅުވިއެވެ. އަދި މި ވަގުތަށް ބަލާއިރު ދިވެހިން ތިބީ ތޫފާނުގެ މެދުތެރޭގައި ކަމަށް ވިދާޅުވިއެވެ.

އަލީ ވަހީދު ވިދާޅުވި ގޮތުގައި ދުނިޔޭގެ ޓޫރިޒަމް ޖަމިއްޔާ (ޑަބްލިއުޓީއޯ) އާއި އެކު ވެސް އަންނަނީ ގިނަ މަޝްވަރާތަކެއް ކުރަމުންނެވެ. އަދި އަލުން ޓޫރިޒަމް ފަށާއިރު ގިނަ ކަންތައްތައް ފުރިހަމަވާން ޖެހޭ ކަމަށް ވިދާޅުވިއެވެ.

އެގޮތުން ޑަބްލިއުއެޗްއޯގެ ގައިޑްލައިންތަކާ އެއްގޮތަށް ރައްޖޭގެ ހުރިހާ ސަލާމަތީ ކަންތައްތަކެއް ފުރިހަމަވެފައި ކުރުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށް ވިދާޅުވިއެވެ.

ދުނިޔޭގައި ހަލުވިކަމާއެކު ކޯވިޑް ފެތުރެމުންދިއުމާ ގުޅިގެން ރާއްޖޭގެ ބޯޑަރުތައް މިދިޔަމަހު މާޗުމަހުގެ ތެރޭގައި ވަނީ ފަތުރުވެރިންނަށް ބަންދުކޮށްފައެވެ.

އަލީ ވަހީދު ވިދާޅުވީ، ފަތުރުވެރިކަން އަލުން ހުޅުވާލުމަށް، މޭއި މަހުގެ ތެރޭގައި ކެބިނެޓަށް ހުށަހަޅުއްވާނެ ކަމަށާއި އަލުން ފަތުރުވެރިކަން ހުޅުވާލުމާއި ގުޅޭގޮތުން ދިރާސާ މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށެވެ.

މިހާތަނަށް ރާއްޖޭގައި ތިބި އެކި ގައުމުތަކަށް ނިސްބަތްވާ ގިނަ ޓޫރިސްޓުން ތަކެއް ވަނީ ރެސްކިއު ފްލައިޓްތަކުގައި ގައުމަށް ގެންގޮސްފައެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: