ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަނެއްކާ ވެސް ކޯޓު އަމުރެއް، މިފަހަރު ކަރަންޓީނަށް ދާން ދެކޮޅު ހެދި ބަންގްލަދޭޝް މީހެއްގެ މައްޗަށް!

ކަރަންޓީނަށް ދާން ދެކޮޅު ހެދި ބިދޭސީއެއްގެ މައްޗަށް ކޯޓު އަމުރެއް ނެރުން: ބިދޭސީން ރެޖިސްޓްރީ ކުރުމަށް ކުރިޔަށް ގެންދިޔަ ޕްރޮގްރާމް ތެރެއިން
ޝެއާރކޮށްލާ ކަހަލަދޯ؟

މާލޭގައި ބާރު ސްޕީޑެއްގައި ކޮރޯނާ ވައިރަސް ފެތުރެމުން އަންނައިރު، ބަލީގެ ސަބަބުން ކަރަންޓީނަށް ގެންދަން އުޅުމުން އެކަމާއި ދެކޮޅު ހެދި ބިދޭސީއެއްގެ މައްޗަށް ކޯޓު އަމުރެއް ނެރެފިއެވެ.

މި މައްސަލައާއި ގުޅޭގޮތުން ސިވިލް ކޯޓުން ބުނެފައިވަނީ، ބަންގްލަދޭޝްއަށް ނިސްބަތްވާ އެ މީހާ ކަރަންޓީނަށް ދިއުމަށް އޭނާގެ މައްޗަށް އަމުރު ކުރާ ކަމަށެވެ.  

އެކަމާއި ގުޅިގެން އޭނާގެ މައްޗަށް އަމުރެއް ނެފައިވާކަމަށް އެ ކޯޓުން ވަނީ މީޑިއާތަކަށް މައުލޫމާތު ދީފައެވެ. ކޯޓުން ނެރެނު އަމުރުގައި ވަނީ ބަންގްލަދޭޝްގެ އެ މީހާ ކަރަންޓީނުގައި ބަންދުކޮށް އެކަން ކަމާއި ބެހޭ އިދާރާތްތަކުން ތަންފީޒު ކުރުމަށެވެ.

ރާއްޖޭގައި ގިނަ އަދަދެއްގެ ބަންގްލަދޭޝްގެ މީހުންނަށް ވަނީ މި ބަލި ޖެހިފައެވެ. އަދި އިތުރު ބައެއް މީހުން ޕޮޒިޓިވް ވާނެ ކަމަށް ވެސް ބެލެވެއެވެ. ބަލީގެ ނުރައްކާ ބޮޑުވެފައިވުމުން، ބަންގްލަދޭޝްގެ ގިނަ މީހުން ދިރިއުޅޭ ގެތައް ވަނީ މޮނީޓަރިންގެ ހާލަތަށް ގެނެސްފައެވެ. އަދި މިހާތަނަށް 23 ގެއެއް އެގޮތަށް ބަލަހައްޓަމުން އެބަގެންދެއެވެ.

ބައްޔަށް އެންމެ ފަހުން ޕޮޒިޓިވްވި 95 މީހުންނާއި، 73 މީހުން ނިސްބަތް ވަނީ މި ގެތަކަށެވެ. ކޮރޯނާ ވައިރަހަށް ޓެސްޓުކޮށް އެ މީހުން ބައްޔަށް ޕޮޒިޓިކަން ޔަގީންވުމާއި އެކު ކަރަންޓީން ފެސިލިޓީއަކަށް ބަދަލު ކުރެއެވެ. އަދި އެ މީހުންނާއި ގުޅުން ހުރި މީހުންވެސް އެގޮތަށް ފެސިލިޓީތަކަށް ބަދަލު ކުރެއެވެ.

ސިވިލް ކޯޓުން ވަނީ، މިއަދު ވެސް ސާމްޕަލް ދޭން ދެކޮޅު ހެދި ދިވެއްސެއްގެ މައްޗަށް އަމުރެއް ނެރެފައެވެ. އަދި ރޭ ނެރުނު އަމުރަކީ ވެސް ސާމްޕަލް ދޭން ދެކޮޅު ހެދި ދިވެއްސެއްގެ މައްޗަށް ނެރުނު އަމުރެކެވެ.

ރާއްޖޭގައި ބަލި ޖެހުނު މީހުންގެ އަދަދު މިހާރު 471 އަށް އަރައެވެ.    

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: