ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބައްޔަށް ޕޮޒިޓިވް ވާ ސިފައިންނާއި، ފުލުހުންގެ ވަކިވަކި އަދަދުތައް ހާމަ ނުކުރުމަށް ވަނީ ނިންމާފައި: މަބްރޫކް

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބާއްވާ ނޫސްވެރިންގެ ބައްދަލުވުންތައް - ސެންޓަރުގެ ތަރުޖަމާނު، މަބްރޫކް އަޒީޒް:
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮރޯނާ ވައިރަހަށް ޕޮޒިޓިވް ވާ މީހުންގެ ތެރެއިން، ފުލުހުންނާއި ސިފައިންގެ ޕޮޒިޓިވް ކޭސްތަކުގެ އަދަދު ވަކިވަކީން ހާމަނުކުރުމަށް ނިންމާފައިވާ ކަމަށް ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) އިން ބުނެފިއެވެ.

އެންއީއޯސީގެ ބައްދަލުވުމުގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެ ސެންޓަރުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ، އެ އަދަދުތައް ހާމަ ނުކުރުމަށް ނިންމީ ގައުމީ ސަލާމަތަށްޓަކައި ކަމަށެވެ. އަދި މި ނިންމުން ނިންމީ ވެސް މަޝްވަރާތަކެއް ކުރުމަށްފަހު އެންމެ ރަނގަޅު ގޮތަކީ އެއީ ކަމަށް ބެލެވޭތީ ކަމަށެވެ.

މަބްރޫކް ވިދާޅުވީ ކުރިޔަށް އޮތް ތަނުގައި އަދަދުތައް ހާމަ ކުރަމުންދާނީ، ފްރަންޓް ލައިނުގައި މަސައްކަތް ކުރާ ހުރިހާ މީހުން ހިމެނޭ ގޮތަށް ކަމަށެވެ.

މީގެ ކުރިން މަބްރޫކް ހިއްސާ ކުރައްވާފައިވާ މައުލޫމާތުތަކަށް ބަލާއިރު، ސިފައިންގެ ހަ މީހަކު ޕޮޒިޓިވްކަމަށް ވިދާޅުވެފައި ވެއެވެ. އޭގެ ތެރޭގައި ހިމެނެނީ ކަޅުތުއްކަލާ ކޮށީގައި މަސައްކަތް ކުރާ އޮފިސަރުންނާއި، ބަންޑާރަ ކޮށީގެ ދެ ސިފައިންގެ މީހެއް އަދި ކޮވިޑް ވިލެޖުގައި ތިބި ދެ އޮފިސަރުންނެވެ. އަދި އެ މީހުންނާއި ކޮންޓެކްޓުވެގެން ގިނަ ސިފައިންތަކެއް ވަނީ ކަރަންޓީނުކޮށްފައެވެ.

ބުރާސްފަތި ދުވަހު ބައްޔަށް ޕޮޒިޓިވް ވި ބައެއް މީހުންގެ ތެރޭގައި ވެސް ސިފައިންގެ ކަލަސްޓާއާ ގުޅުން ހުރި މީހުން ހިމެނެއެވެ. އަދި އެ އަދަދު 14 އަށް އަރާއިރު، ކުރިޔަށް އޮތް ތަނުގައި ވެސް އިތުރު ބަޔަކު ޕޮޒިޓިވް ވުމުގެ ފުރުސަތު އެބައޮތް ކަމަށް ޑރ. އިބްރާހިމް އަފްޒަލް ވަނީ ވިދާޅިވެފައެވެ. މިއީ ބޮޑު ކްލަސްޓާއަކަށް ވެދާނެ ކޭސްއެއް ކަމުން، ކޮންޓެކްޓް ޓްރޭސިން ކުރިޔަށް ގެންދިޔައީ މި ކަމަށް ހާއްސަ އިސްކަމެއް ދީގެންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: