ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

”ރައްޔިތުންގެ އަޑު“ ޕްރޮގްރާމް އިތުރު 6 ދާއިރާއަކަށް!

ރައްޔިތުންގެ އަޑު ޕްރޮގްރާމުގައި ރައީސް ޑރ. މުޢިއްޒު ރައްޔިތަކާ ބައްދަލުކުރައްވަނީ - ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ ކަންބޮޑުވުންތަކާއި ޝަކުވާތައް ސީދާ ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކުރުމަށް ކުރިއަށްގެންދާ ”ރައްޔިތުންގެ އަޑު“ ޕްރޮގްރާމްގެ ދަށުން، އިތުރު ދާއިރާތަކަށް ފުރުސަތު ހުޅުވާލައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މައުލޫމާތު ދިން ގޮތުގައި، މި ސިލްސިލާގެ ތެރެއިން މިފަހަރު ނަން ނޯޓުކުރުމަށް ހުޅުވާލާފައި ވަނީ ރާއްޖޭގެ އިންތިހާބީ ދާއިރާތަކުގެ ތެރެއިން ހަ ދާއިރާއަކަށެވެ. އެއީ ހއ. ބާރަށް ދާއިރާ، ކ. ކާށިދޫ ދާއިރާ، އއ. މަތިވެރި ދާއިރާ، ގއ. ވިލިނގިލި ދާއިރާ، ހުޅުމާލެ ދެކުނު ދާއިރާ އަދި ގަލޮޅު އުތުރު ދާއިރާއެވެ.

މި ބައްދަލުވުމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން rayyithungeadu.presidency.gov.mv ޕޯޓަލް މެދުވެރިކޮށް ރަޖިސްޓްރީ ވުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލެވިފައެވެ.

ރަޖިސްޓްރޭޝަންގެ ސުންގަޑިއަކީ ހޯމަ ދުވަހުގެ ރޭ މެންދަމު 12:00 އެވެ.

ރައީސް އޮފީހުން އާންމުކޮށްފައިވާ އުސޫލުގައިވާ ގޮތުން، މި ބައްދަލުވުމުގައި އަމިއްލަ ދިރިއުޅުމުގެ ކަންކަމާއި، ވަޒީފާ އަދާކުރާ އިދާރާތަކާ ގުޅޭ ވާހަކަތަކުގެ އިތުރުން އާންމު މަސްލަހަތު ހިމެނޭ ކަންކަމުގައި ރައީސުލްޖުމްހޫރިއްޔާއާ މަޝްވަރާކުރުމުގެ ފުރުސަތު އޮންނާނެއެވެ. އަދި ބައްދަލުވުން އޮންނާނެ ސީދާ ވަގުތާއި ތާރީހު، ހުށަހެޅި ފަރާތްތަކަށް މުއާމަލާތްކުރާ ވަސީލަތްތައް މެދުވެރިކޮށް އަންގާނެއެވެ.

މީގެއިތުރުން، ބައްދަލުވުމަށް ހާޒިރުވާ މީހާއާއެކު އޭނާގެ އަނބިމީހާ ނުވަތަ ފިރިމީހާ، މަންމަ ނުވަތަ ބައްޕަ، އަދި އެއް ދަރިފުޅު ބައިވެރިކުރުމުގެ ފުރުސަތު ލިބޭނެއެވެ. ކޮންމެ ފަރާތަކަށްވެސް ވާހަކަދެއްކުމަށް 10 މިނެޓުގެ ވަގުތެއް ދިނުމަށް ހަމަޖެހިފައިވާއިރު، ބައްދަލުވުމުގެ ތެރޭގައި އަދަބުވެރިކަމާއި އިހުތިރާމާއެކު ޢަމަލުތައް ބެހެއްޓުމަށް އުސޫލުގައި ބަޔާންކޮށްފައިވެއެވެ.

ރައްޔިތުންނާ ގާތުން މަސައްކަތްކުރުމުގެ މަގްސަދުގައި ކުރިއަށްގެންދާ މި ޕްރޮގްރާމްގެ 5 އެޕިސޯޑެއް މިހާތަނަށް ވަނީ ބާއްވާފައެވެ. އޭގެ ތެރޭގައި ވަކިވަކި ދާއިރާތަކަށް ހާއްސަކޮށްގެން 16 ދާއިރާއެއް ހިމެނޭހެން 2 އެޕިސޯޑެއް ވަނީ ކާމިޔާބުކަމާއެކު ނިންމާލާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: