ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުން ފާހަގަކުރުމުގެ ލޯގޯއާއި ޝިއާރު ނެރެފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު -- ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުމާ ގުޅިގެން ބޭނުންކުރާނެ ހާއްސަ ލޯގޯއާއި ޝިއާރު ރަސްމީކޮށް ދައްކާލައިފިއެވެ.

މި ލޯގޯއާއި ޝިއާރު ނެރެދެއްވީ މިކަމަށްޓަކައި ބޭއްވި ހާއްސަ ޖަލްސާއެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒެވެ. މުޅި އަހަރު ދުވަހު ބޭނުންކުރަން ނިންމާފައިވާ މި ލޯގޯގެ އިތުރުން، މި މުނާސަބަތަށް ހަމަޖައްސާފައިވާ ޝިއާރަކީ ”އިސްލާމީ ނޫރުގައި 9 ޤަރުނު – ދިވެހީންގެ ނަސީބާއި އުފާ“ މި ޝިއާރެވެ.

މި ދުވަސް ފާހަގަކުރުމުގެ ގޮތުން މުޅި އަހަރަށް ބަހާލައިގެން މާލެއާއި އަތޮޅުތަކުގައި 15 ވަރަކަށް ހަރަކާތް ބާއްވަން ވަނީ ނިންމާފައެވެ.

އޭގެ ތެރޭގައި މާލެ ސަރަހައްދުގައި ހާއްސަ ހަނދާނީ ބިނާއެއް ހެދުމާއި، ބައިނަލްއަގުވާމީ ވިޔަފާރި މައުރަޒަކާއި، ގުރުއާން ކިޔެވުމުގެ ފެސްޓިވަލެއްގެ އިތުރުން މައުލޫމާތު މުއްސަނދިކުރާ ސުވާލު މުބާރާތެއް ބޭއްވުން ހިމެނެއެވެ.

މީގެ އިތުރުން ކުޅިވަރު ހަރަކާތްތަކާއި، ކެލިގްރަފީ އަދި ފިލްމު ފެސްޓިވަލެއް ބޭއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ. އަދި ޒުވާނުންނަށް ހާއްސަކޮށްގެން އަހުލާގާއި ދީނީ ކަންކަން ދަސްކޮށްދޭ ކޭމްޕެއް ބޭއްވުމާއި، ތާރީހީ ލިޔުންތައް ދައްކާލާ މިއުޒިއަމް ގެލެރީއެއް ހެދުމުގެ އިތުރުން ރާއްޖޭގެ ހިރިގަލު މިސްކިތްތަކުގެ ފޮޓޯ ފޮތެއް ނެރުންވެސް ހިމެނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: