ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޒުވާން ހަތީބުންގެ ގައުމީ މަހާސިންތާ ފަށައިފި

ޒުވާން ޚަތީބުންގެ މަހާސިންތާ 300 އަށްވުރެ ގިނަ ޚަތީބުންނާއެކު މިއަދު ފަށައިފި
ޝެއާރކޮށްލާ ކަހަލަދޯ؟

ޒުވާން ހަތީބުންގެ ގައުމީ މަހާސިންތާ ފަށައިފިއެވެ.

މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ މަހާސިންތާ ފަށްޓަވައިދެއްވީ އިސްލާމީ ކަންތައްތަކާ އައުގާފާބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދެވެ.

މި މަހާސިންތާ އަކީ ރާއްޖެ އިސްލާމީ ހިދާޔަތުގައި 900 އަހަރުވުމުގެ މުނާސަބަތާ ގުޅިގެން، އަންނަ ޖީލުގައި އިސްލާމީ ޝިއާރު ފާޅުކުރުމަށް އިސްނަގައިގެން ތެދުވި ޒުވާން ހަތީބުންނަށް ހިތްވަރުދިނުމުގެ ގޮތުން ބޭއްވޭ ހާއްސަ މަހާސިންތާއެކެވެ.

އެއް ދުވަހަށް ކުރިއަށްގެންދާ މި މަހާސިންތާގައި 300 އަށް ވުރެ ގިނަ ހަތީބުން ބައިވެރިވެއެވެ. މި މަހާސިންތާއަށް ފަހު ހުޅުމާލެގައި ބިންގާ އެޅިގެންދާ ބޮޑު މިސްކިތުގެ ބިންގާ އެޅުމުގެ ހަފްލާގައި ވެސް ޒުވާން ހަތީބުން ރަސްމީކޮށް ބައިވެރިވާނެއެވެ.

ޒުވާން ހަތީބުންގެ ޕްރޮގްރާމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އިސްނެންގެވުމުގެ ދަށުން ފެށިފައިވާ ޕްރޮގްރާމެކެވެ. މިއީ ރަށްރަށަށް ދިމާވެފައިވާ ހަތީބުންގެ ދަތިކަން ހައްލުކުރުމަށާއި ޒުވާނުންނަށް މި ދާއިރާއިން ފުރުސަތު ފަހިކޮށްދިނުމަށް އަމާޒުކޮށްގެން ހިންގޭ ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމްގައި މިހާތަނަށް ފަސް ބުރެއް ކުރިއަށް ގެންގޮސްފައިވެއެވެ. ޒުވާން ހަތީބުންގެ ޕްރޮގްރާމް ކުރިއަށްގެންދަނީ ގްރޭޑް 10، 11، އަދި 12ގައި ކިޔަވަމުންދާ ދަރިވަރުންނަށާއި، ކިޔެވުން ނިމިފައިވާ 18 އަހަރު ނުފުރޭ ކުދިންނަށް އަމާޒުކޮށްގެންނެވެ. މި ޕްރޮގްރާމުގެ ދަށުން މިހާތަނަށް 700 އަށް ވުރެ ގިނަ ޒުވާން ހަތީބުން ތަމްރީނުކޮށްފައިވެއެވެ. އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ފާހަގަކުރައްވާ ގޮތުގައި، މި ފަސް އަހަރުގެ ތެރޭގައި 1000 ޒުވާން ހަތީބުން ތަމްރީނު ކުރުމަކީ އެ ވުޒާރާގެ އަމާޒެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: