ތާރީހުގައި ގެންދެވޭ އެންމެ ބޮޑެތި ވަޤުފު މަޝްރޫޢުތައް ހިންގަމުންދާ ކަމަށާއި މި މަޝްރޫޢުތައް 2 އަހަރު ދުވަހުގެ ތެރޭގައި ނިންމުމަކީ އަމާޒެއްކަމަށް އިސްލާމީ ކްނތައްތަކާއި ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
ރާއްޖެ އިސްލާމްވީ ދުވަހުގެ ރަސްމީ ޖަލްސާގައި ޝަހީމް ވިދާޅުވީ ޤައުމަށް ދިނީ ގޮތުންނާ މިނިވަންކަމުގެ ގޮތުން ގޮންޖެހުންތައް ކުރިމަތިވާ ކޮންމެ ދަނޑިވަޅެއްގައި ދިވެހިންގެ ސަފުތައް އެއްބައިވަންތަ ކުރުވަނީ މާތްވެގެންވާ އިސްލާމްދީންކަމަށެވެ. އަދި އިސްލާމްދީނުގެ މަތިވެރި އަޤީދާގައިި ހިފަހައްޓައިގެން ތިބެ އަނބުރާ އިސްލާމްދީނުގެ ހިދާޔަތުގެ ތެރެއަށް ގެންނަނީ ދިވެހި ރައްޔިތުންކަން ވަޒީރު ފާހަގަކުރެއްވިއެވެ.
ރާއްޖޭގައި 900 އަހަރު ވަންދެން އިސްލާމް ދީން ހިމާޔަތް ވެފައި އޮތް މުހިންމު އަނެއް ސަބަބެއްގެ ގޮތުގައި ވަޒީރު ފާހަގަކުރެއްވީ ދުސްތޫރީ ގޮތުންނާއި ޤާނޫނީ ގޮތުން ހިމާޔަތްވެފައި އޮތުމުންކަމަށެވެ. އަދި ކުރިއަށް އޮތް ޤަރުނުތަކަށްވެސް ދިވެހިރާއްޖެ އިސްލާމީ ދައުލެއްތެއްގެ ގޮތުގައި ކުރިއަށްދާނީ މިގޮތަށް ހުރި ޤާނޫނުތައް އިތުރަށް ހަރުދަނާކޮށް އިސްލާމް ދީނާ ޚިލާފުނުވާނޭ ގޮތުގެ މަތިން ޤާނޫނުތައް ހެދުމުގެ ހަރުދަނާ ނިޒާމެއް ރައްޔިތުންގެ މަޖިލީހުގެ ތެރޭގައި ޤާއިމްކޮށްގެންކަމަށެވެ.
”900 އަހަރު ދުވަހުގެ ތެރޭގައި ދައުލަތުން އިސްލާމްދީން ހިމާޔާތް ކުރުމަށްޓަކައި ގެނގުޅުނު ހަރުދަނާ ސިޔާސަތުތަކުގެ ސަބަބުން. ރަސްކަމުގެ ދުވަސްވަރުގައާއި އެކި މަރުހަލާތަކުގައި ރަސްރަސްކަން ކުރެއްވި މީހުންނާއި ވެރިން ކުރެއްވި ޚިދުމަތް ކުރެއްވި މަސައްކަތްތައް ހަނދާނަށް ގެންނަން ޖެހޭ.“
އިސްލާމީ ދާއިރާއިން ކުރިއަށްގެންދާ މުހިިންމު މަޝްރޫޢުތަކަށް އަލި އަޅުވާލައްވަމުން ވަޒީރު ވިދާޅުވީ މިދިޔަ 2 އަހަރުގެ ތެރޭގައި މުހިންމު މަސައްކަތްތަކެއް ކޮށްފައިވާކަމަށެވެ. އެގޮތުން ޒަކާތުގެ ޤާނޫނެއް ވުޖޫދުކޮށް ޒަކާތުގެ ކަންކަން ހަރުދަނާކޮށްފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ. މިއާއެކު ޒަކާތަށް އޮތް އިތުބާރު ބޮޑުވެ އެއް އަހަރުން އަނެއްއަހަރަށް ޒަކާތުގެ ގޮތުގައި ލިބޭ މިންވަރުވެ އެކަމުގެ ނަފާ ބޮޑުވެފައިވާކަމަށެވެ. އަދި 6 އަހަރުދުވަހުގެ މެދުކެނޑުމަށްފަހު ޒަކާތުގެ ސްކޮލަރޝިޕް މިދިޔަ އަހަރުން ފެށިގެން އަލުން ދޭން ފަށާފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ.
ކީރިތި ޤުރުއާންނުގެ ޢިލުމް ފެތުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާކަން ފާހަގަކޮށް ވަޒީރު ވަނީ ޙާފިޒުންގެ އެލަވަންސްވެސް ބޮޑުކޮށްފައިވާކަމަށް ވިދާޅުވެފައެވެ. އަދި ކީރިތި ޤުރުއާންގެ އިލްމު ރާއްޖޭގެ އެކިކަންކޮޅުތަކަށް ފުޅާކުރުމުގެ ގޮތުން 30 ރަށެއްގައި ޤުރުއާނާ ބެހޭ މަރުކަޒުގެ ގޮފިތައް ޤާއިމްކޮށްފައިވާކަމަށާއި 20 ތަނެއް ރަޖިސްޓަރކުރުމުގެ މަސައްކަތް ކުރިއަށް ދާކަމަށް ވިދާޅުވިއެވެ.

