ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގައުމުގައި ހަމަނުޖެހުން އުފެއްދުމަށް ސިޔާސީ ވާދަވެރިން ކުރަމުންދާ މަސައްކަތްކަތަށް ޖާގަދީގެން ނުވާނެ: ރައީސް

ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ރައީސް އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ޝެއާރކޮށްލާ ކަހަލަދޯ؟

ގައުމުގައި ހަމަނުޖެހުން އުފެއްދުމަށް ސިޔާސީ ވާދަވެރިން ކުރަމުންދާ މަސައްކަތްތަކަށް، ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ އެއްވެސް މެންބަރަކު ޖާގަދީގެން ނުވާނެ ކަމަށް އެ ޕާޓީގެ ރައީސް އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ޕީއެންސީގެ ކޮންގްރެސް ފެށުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ސިޔާސީ މައިދާނުގައި އިދިކޮޅު ފަރާތްތަކުން ވަރަށް ޒިންމާދާރުކަން ކުޑަގޮތެއްގައި އަދި އިމެއްނެތި ގައުމުގައި ހަމަނުޖެހުން އުފެއްދުމަށް ކަންކަން ކުރަމުންދާކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، އެފަދަ ކަންކަން ޕީއެންސީގެ ބަދަހި ލަޝްކަރުގެ ތެރެއަށް ވެއްދުމަށް ފުރުސަތު ދީގެން ނުވާނެ ކަމަށެވެ. އަދި ހަމައެއްލަމައެއް ނެތި ގައުމުގެ މަސްލަހަތު ގެއްލުވާލުމަށް ބަޔަކު މަސައްކަތް ކުރަމުންދާއިރު، ޕީއެންސީގެ މައިގަނޑު އަމާޒަކަށް ވާންވާނީ ގައުމަށް ތަރައްގީ ގެނައުން ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ޑރ. މުއިއްޒު ވިދާޅުވީ، ”އެއްވެސް ކަހަލަ އިމެއް ނެތް ގޮތުގައި ގައުމުގައި ހަމަނުޖެހުން އުފެއްދުމަށް އެކި ކަހަލަ ކަންކަމުގައި ޒިންމާދާރުކަން ކުޑަގޮތުގައި ކަންކަން ކުރާތަން އެބަ ފެނޭ. އެކަހަލަ އެއްވެސް ކަމަކަށް އަޅުގަނޑުމެންގެ މި ބަދަހި ލަޝްކަރުގެ ތެރެއިން ފުރުސަތު ދެވިގެން ނުވާނެ. އެއީ އަޅުގަނޑުމެންގެ މި އޮތީ ވަރަށް ސާފު އެޖެންޑާއެއް، އެންމެ ފުރަތަމަ ގައުމު، ގައުމަށް ހެވާއި ލާބަ، ގައުމަށް ހަމަޖެހުން، ގައުމަށް ރައްކާތެރިކަން، ގައުމަށް ތަރައްގީ. އެއީ ޕީއެންސީއަކީ. އެއީ އަޅުގަނޑުމެންގެ ފިކުރަކީ،“ ކަމަށެވެ.

ޕާޓީގެ ސިޔާސަތަކީ ވަރަށް ސާފު ސިޔާސަތެއްކަން ފާހަގަކުރައްވައި، ގައުމުގެ ހެވާއި ލާބައަށް މަސައްކަތްކޮށް ޕީއެންސީގެ ޝިއާރާ އެއްގޮތަށް ހުރިހާ އެންމެންވެސް މަސައްކަތް ކުރަންޖެހޭނެ ކަމަށް ރައީސް އިތުރަށް ވިދާޅުވިއެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުން މަންދޫބުން ބައިވެރިވާ ޕީއެންސީގެ މަތީ މަޖިލީހުގެ މި ބައްދަލުވުން މިމަހުގެ 18 ގެ ނިޔަލަށް ކުރިއަށްދާނެއެވެ. މި ކޮންގްރެސްގެ ތެރެއިން ޕީއެންސީގެ ހަ ނައިބު ރައީސުންގެ މަގާމަށާއި، މަތީ މަޖިލީހުގެ އެކި މަގާމުތަކަށް މެންބަރުން އިންތިހާބު ކުރުމަށް ވަނީ ހަމަޖެހިފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: