ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ތަރައްގީގެ މަޝްރޫއުތައް ހުއްޓުމެއް ނެތި ކުރިޔަށް ދާނެ، އެކަން ކުރާނީ ރައްޔިތުން އެދޭ ގޮތަށް: މުއްތަލިބު

ހައުސިން ކޮންސްޓްރަކްޝަން މިނިސްޓަރ ޑރ. އަބްދުﷲ މުއްތަލިބު/ ފޮޓޯ: ޕީއެންސީ
ޝެއާރކޮށްލާ ކަހަލަދޯ؟

ރަށްރަށުގައި ހިންގާ ތަރައްގީގެ މަޝްރޫޢުތައް ކުރިއަށް ގެންދިއުމުގައި ސަރުކާރުގެ އެންމެ ބޮޑު އަމާޒަކީ ރައްޔިތުން އެދޭ ގޮތަށް އަދި ރަށަށް އެންމެ ފައިދާހުރި ގޮތަކަށް އެކަންކަން ބައްޓަންކުރުންކަމަށް ހައުސިން، ކޮންސްޓްރަކްޝަން މިނިސްޓަރ ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ، ރަށްރަށުގެ ތަރައްގީގެ މަޝްރޫއުތަކާއި ގުޅޭގޮތުން ޕީއެންސީގެ މަތީ މަޖިލިސް ކޮންގްރެސްގައި ވާހަކަ ދައްކަވަމުންނެވެ.

މުއްތަލިބު ވިދާޅުވީ، ސަރުކާރުން ކުރިއަށްގެންދާ މަޝްރޫއުތަކުގެ ތެރެއިން ޕީއެސްއައިޕީ ޕްރޮޖެކްޓުތައް ކުރިޔަށް ގެންދިއުމުގައި ރައްޔިތުންގެ ހިޔާލާއި ބޭނުންތަކަށް ބަލައިގެން، ވެވެން އޮތް ގޮތްތައް ބަލައި އެ ބަދަލުތައް ގެންނަކަމަށެވެ. އަދި މަސައްކަތްތައް ކުރިއަށްދާނީ ރަށުގެ ރައްޔިތުން އެދޭ ބަދަލުތައް ހިމަނައިގެންކަމަށް ވިދާޅުވި އެވެ.

ރަށްރަށުގެ ބަނދަރާއި ތޮށިލުމުގެ މަޝްރޫއުތަކަށް ދިމާވެފައިވާ ގޮންޖެހުންތަކަށް މިނިސްޓަރު ވިދާޅުވީ، ބޮޑުހިލަ ހޯދުމުގައި ދިމާވި ދަތިތަކުގެ ސަބަބުން ބައެއް މަޝްރޫއުތައް ލަސްވެގެން ގޮސްފައިވާ ކަމަށެވެ. ނަމަވެސް، އެމްޓީސީސީން މިހާރު ވަރަށް ބޮޑު އިސްކަމެއް ދީގެން ބޮޑުހިލަ ފޯރުކޮށްދިނުމުގެ މަސައްކަތް ކުރިއަށް ގެންދާކަމަށާއި، މަޝްރޫއުތައް ނިމޭ މިންވަރަކުން ހުއްޓިފައިވާ އަދި އައު މަޝްރޫއުތައް ފަށައި، ހުރިހާ ރަށެއްގެ ވެސް މަސައްކަތްތައް އަވަހަށް ނިންމުމަށް ސަރުކާރުން ކެނޑިނޭޅި މަސައްކަތް ކުރަމުންދާކަމަށް ވިދާޅުވިއެވެ.

މީގެއިތުރުން، މާލޭގެ މަގުތައް ތަރައްގީ ކުރުމާއި ގުޅޭގޮތުން މިނިސްޓަރު ވިދާޅުވީ، މާލޭގެ މަގުތައް ކުރިން އޮތް ގޮތާއި މިހާރު ފެންނަން ހުރި ބަދަލުތަކުގެ ތަފާތު ވަރަށް ބޮޑަށް ފެންނަން އެބައޮތް ކަމަށެވެ. މާލޭގެ ޓްރެފިކާއި މަގުތަކުގެ ތޮއްޖެހުން ކުޑަކުރުމަށް ގެންނަ މި ބަދަލުތަކަކީ ހަމައެކަނި ގެންނަ ބަދަލެއް ނޫންކަމަށާއި، މިއީ މާލޭގައި ދިރިއުޅޭ ރައްޔިތުންނަށާއި، އެކި ބޭނުންތަކަށް މާލެ އަންނަ ފަރާތްތަކަށް އަދި މަގުތައް ބޭނުންކުރާ ހުރިހާ ފަރާތްތަކަށް ލުއިފަސޭހަކަން ހޯދައިދިނުމަށް ކުރެވޭ މުހިންމު މަސައްކަތެއްކަމަށް މުއްތަލިބު ވިދާޅުވި އެވެ.

މުއްތަލިބު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ ސަރުކާރުގެ ސިޔާސަތަކީ ރައްޔިތުންނާ ގާތުން، ރައްޔިތުންގެ އަޑުއަހައިގެން ތަރައްޤީގެ ހުރިހާ މަޝްރޫއުތަކެއްވެސް އެންމެ ފުރިހަމަ ގޮތުގައި ކުރިއަށް ގެންދިއުންކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: