ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންޑިއާއަށް ދައްކަންޖެހޭ 50 މިލިއަން ޑޮލަރުގެ ބޮންޑު ރޯލްއޯވަރ ނުކުރި! އެންގީ ވަގުތުން ދައްކަން!

ރައީސް ޑރ. މުހައްމަދު މުއިއްޒުއާއި، އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހި ސަރުކާރުން އިންޑިއާ ސަރުކާރަށް ދައްކަންޖެހޭ 50 މިލިއަން އެމެރިކާ ޑޮލަރުގެ ބޮންޑު ނުދެއްކިއްޖެނަމަ، މަރުކަޒީ ބޭންކު (އެމްއެމްއޭ) ގެ ބޭނުންކުރެވެންހުރި ރިޒާވް އިންތިހާއަށް ދަށްވެގެންދާނެ ކަމަށް ބެލެވިއްޖެއެވެ.

ދިވެހި ސަރުކާރުން އިންޑިއާ ސަރުކާރަށް ދައްކަންޖެހޭ 50 މިލިއަން އެމެރިކާ ޑޮލަރުގެ ބޮންޑު މުއްދަތު މާދަމާއަށް ހަމަވާނެ އެވެ.

އިތުބާރު ހުރި މަސްދަރުތަކުން ”ސަންގު“ އަށް މައުލޫމާތު ދީފައިވާ ގޮތުގައި، މި ފައިސާ ނުދެއްކި މައްސަލަ ގޯސްވެފައިވަނީ މި ސަރުކާރުން އިންޑިއާއާ މެދު ގެންގުޅޭ ހަރުކަށި ސިޔާސަތުތަކުގެ ސަބަބުންނާއި ދެ ގައުމުގެ ގުޅުން ބަދަހިކުރުމަށް އިސްކަން ނުދިނުމުގެ ސަބަބުންނެވެ. އަދި ރާއްޖޭގެ ޚާރިޖީ ސިޔާސަތު އިންޑިއާއާ ރަހްމަތްތެރިކޮށް ބައްޓަންކުރަމުން ނުދާތީ، ”ރޯލްއޯވަރ މަޝްވަރާ“ ތަކުގައި އިންޑިއާއިން ވަނީ ނުރުހުން ފާޅުކޮށް، މުއްދަތު އިތުރުކޮށްދިނުމުގެ އެދުން ގަބޫލުނުކޮށް ރިޖެކްޓް ކޮށްފައެވެ.

މި މައްސަލައާ ގުޅިގެން ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ މިއަދު ”އެކްސް“ ގައި ކަންބޮޑުވުން ފާޅުކުރައްވާ ޕޯސްޓެއް ކުރައްވާފައެވެ. ރައީސް ނަޝީދު ވިދާޅުވީ، އިންޑިއާއަށް ދައްކަންޖެހޭ 50 މިލިއަން ޑޮލަރު މިއަދުގެ ނިޔަލަށް ދައްކަން ޖެހިފައިވާއިރު، މާދަމާއިން ފެށިގެން އެމްއެމްއޭގެ ޔޫޒަބަލް ރިޒާވް ވަރަށް ބޮޑަށް ދަށަށްދާނެ ކަމަށެވެ. އަދި މީގެ ސަބަބުން ރާއްޖެއަށް ބޭނުންވާ ކާޑުގެ ބާވަތްތަކާއި، ތެލާއި، އަދި ބޭސްފަރުވާއަށް ބޭނުންވާ ޒަރޫރީ ސާމާނު އެތެރެކުރުމަށް ސަރުކާރުގައި ބޭރު ފައިސާ ނުހުންނާނެކަމަށް ވެސް ރައީސް ނަޝީދު ފާހަގަކުރެއްވިއެވެ.

ރާއްޖޭގެ އިގްތިސާދަށް ނާޒުކު އަދި ބަލިކަށި ވަގުތެއްގައި، ފޮރިން ރިޒާވުން މި ފައިސާ ދައްކަން ޖެހުމުން ބޭރު ފައިސާގެ ބޮޑު ޝޯޓޭޖެއް ކުރިމަތިވެ، މުޅި އިގްތިސާދަށް

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: