ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް މުއިއްޒު ރައްޔިތުންނަށް ކޮށްދެއްވާ މަސައްކަތްޕުޅު ބަލައިގަންނަންޖެހޭ: މުސްތަފާ

ާފަންނު ހުޅަނގުދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ އިބްރާހީމް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް ޑރ. މުއިއްޒު މާލޭ ސިޓީގެ މޭޔަރުކަމުގައި ހުންނަވައިގެން ކޮށްދެއްވި މަސައްކަތްޕުޅުގެ އިތުރުން މިހާރު ރައީސްކަމުގައި ހުންނަވާ ރައްޔިތުންނަށް ކޮށްދެއްވާ މަސައްކަތްޕުޅުތަށް ބަލައިގަންނަންޖެހޭކަމަށް މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ އިބްރާހީމް ވިދާޅުވެއްޖެއެވެ.

2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއަށް ރަސްމީކޮށް ދެންނެވުމަށްޓަކައި ކޮންގްރެސް ޕާޓީގެ އެންމެ މަތީ މަޖިލީހަށް މިއަދު ހުށަހެޅި ގަރާރަށް ތާއީދުކުރައްވާ އެމަނިކުފާނަށް ދެވަނަ ދައުރެއް ދޭންޖެހޭކަމަށް މުސްތަފާ ވަނީ ވިދާޅުވެފައެވެ.

މުސްތަފާ ވަނީ ރައީސް ޑރ. މުއިއްޒު ރައްޔިތުންނަށް، ވަކިން ހާއްސަކޮށް މާލޭގެ ރައްޔިތުންނަށް ކޮށްދެއްވާ ކަންކަން ފާހަގަކުރައްވާފައެވެ. ރައީސް ޑރ. މުއިއްޒު މިފަހުން ހައްދަވައިދެއްވި ބޮޑުތަކުރުފާނު މަގަށް އެކަނި ބަލާލުމުންވެސް އެމަނިކުފާނު ރައްޔިތުންނަށް ކޮށްދެއްވާ ކަންކަން ފެނިގެންދާނެކަމަށް ވިދާޅުވިއެވެ. އެގޮތުން އެ މަގު ޒަމާނީ ފެންވަރަށް ތަރައްގީ ކުރެވިގެން ދިޔުމަކީ ރައްޔިތުން އެތަކެއް ޒަމާނެއް ވަންދެން ތަހައްމަލު ކުރަމުން އައި ދަތިކަމަށް ލިބިގެންދިޔަ ފަސޭހައެއްކަމަށް އޭނާ ވިދާޅުވިއެވެ. އަދި މިއީ ހަމަ އެކަނި މާލޭގައި ދިއިޅޭ ފަރާތްތަކަށް ލިބުނު ފަސޭހައެއް ނޫންކަމަށާއި އެމަގު ތަރައްޤީ ކުރެވިގެން ދިޔުމުން ރަށްރަށުން މާލެ އަންނަ ފަރާތްތަކަށްވެސް ވަރަށް ބޮޑު ލުޔެއް ލިބިގެން ދިޔަކަމަށް އޭނާ ވިދާޅުވިއެވެ.

”ރައީސް ޑރ. މުއިއްޒު މާލޭ ސިޓީގެ މޭޔަރުކަމުގައި ހުންނަވައިގެން ކޮށްދެއްވި މަސައްކަތްޕުޅުގެ އިތުރުން މިހާރު ރައީސްކަމުގައި ހުންނަވާ ރައްޔިތުންނަށް ކޮށްދެއްވާ މަސައްކަތްޕުޅުތަށް ބަލައިގަންނަންޖެހޭ،“ މުސްތަފާ

އޭގެ އިތުރުން، މާލެއާއި ވިލިމާލެއާ ދެމެދު ބްރިޖުން ގުޅާލެވި މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ ދަތިކަމަށް އެމަނިކުފާނު ދެއްވާ އަހައްމިއްޔަތުކަން އޭނާ ފާހަގަކުރެއްވިއެވެ. އެގޮތުން ބޯހިޔާވަހިކަމަށް ދިމާވެފައިވާ ދަތިކަމަށް ދާއިމީ ހައްލެއް ހޯއްދެވާދެއްވައި މި ދައުރުގެ ތެރޭގައި ފްލެޓު ހަވާލުކުރެވިގެން ދާނެކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވާފައިވުމީ އެމަނިކުފާނު ރައްޔިތުންނަށް ކޮށްދެއްވާ އަގުހުރި މަސައްކަތްޕުޅުތަކެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ.

”އަޅުގަނޑުމެނަށް އެބަފެނޭ ބޯހިޔާވަހިކަން ނުލިބޭ މީހުންނަށް ބޯހިޔާވަހިކަން ހޯދަދިނުމަށްޓަކައި ހަގީގަތުގައިވެސް އެންމެ ބޮޑު މައްސަލައަކީ ބޭންކޮކަށް ގޮސް ލޯނެއް ހޯދަން ބެލީމަ އަޅުގަނޑުމެން ހަތަރުދަމު މަސައްކަތްކޮށްގެން އުމުރު ދުއްވާލިއަސް އަޅުގަނޑުމެން މި އުޅެނީ ގެދޮރު ހަދާ ނުލެވިގެން، ބޭންކުގައި ބަހައްޓަންހެޖޭ ފައިސާ ނެތިގެން،“ މުސްތަފާ

މުސްތަފާ ވަނީ 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް ރަސްމީކޮށް ދެންނެވުމަށްޓަކައި ކޮންގްރެސް ޕާޓީގެ އެންމެ މަތީ މަޖިލީހަށް މިއަދު ހުށަހެޅި ގަރާރަށް ތާއީދު ކުރައްވާކަމަށް ތަކުރާރުކުރައްވާފައެވެ.

މިއަދު ޕީއެންސީގެ ކޮންގްރެސްގައި ރައީސް މުއިއްޒަށް ޕްރައިމަރީއަކާ ނުލައި ޕީއެންސީގެ ރިޔާސީ ޓިކެޓު ދިނުމަށް ނިންމީ ކޮންގްރެސްގައި ބައިވެރިވި 1119 މަންދޫބުންގެ އިއްތިފާގުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: