ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސަރުކާރާއި ހޮސްޕިޓަލް ހަވާލުކުރި ނަމަވެސް މުވައްޒަފުންގެ މުސާރަ ދޭނީ ކުންފުނީގެ ފަރާތުން: ޓްރީ ޓޮޕް

ޓްރީ ޓޮޕް ހޮސްޕިޓަ؛ް : ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

މިހާރު ހަލުވި ކަމާއިއެކު ފެތުރެމުންދާ ކޮރޯނާ ވައިރަހުން ރައްކާތެރިވުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތަސް އެހީތެރިވުމަށް ސަރުކާރާއި ހޮސްޕިޓަލް ހަވާލުކުރި ނަމަވެސް މުވައްޒަފުންގެ މުސާރައާއި އެހެން ވެސް އިނާޔަތްތައް ދޭނީ ޓްރީ ޓޮޕް ހިންގާ ކުންފުނީގެ ފަރާތުން އެ ހޮސްޕިޓަލުން ބުނެފިއެވެ. 

ޓްރީ ޓޮޕް ހޮސްޕިޓަލްގެ ފަރާތުން ނެރުނު ބަޔާނުގައި ބުނެފައިވާ ގޮތުގައި  ޓްރީ ޓޮޕް ހެލްތްގެ ޑިރެކްޓަރުން ނިންމާފައިވަނީ ސަރުކާރުގެ އެދިލެއްވުމުގެ މަތީން ޓްރީ ޓޮޕް ހޮސްޕިޓަލުގެ އިމާރާތާއި އަދި ޞިއްޙީ ފަރުވާދޭ މުވައްޒަފުންނާއި ޓެކްނިކަލް މުވައްޒަފުން ބޭނުންކޮށްގެން ކޯވިޑް-19 އަށް ފަރުވާދޭ ހޮސްޕިޓަލެއްގެ ގޮތުގައި ބޭނުންކުރުމަށް ތިން  މަސް ދުވަހަށް ޓްރީ ޓޮޕް ހޮސްޕިޓަލް ސަރުކާރަށް ދިނު މަށެވެ.

މި ތިން މަސް ދުވަހުގެ މުއްދަތުގެ ތެރޭގައި، ޓްރީ ޓޮޕް ހޮސްޕިޓަލް ހިންގުމުގެ މައިގަނޑު ޙަރަދުތައް ކުރާ ނީ ޓްރީ ޓޮޕް ހެލްތްގެ ހިއްސާދާރުންނެ ކަމަށް ހޮސްޕިޓލުގެ ބަޔާނުގައި ވަނީ ބުނެފައެވެ. 

މިގޮތުން ކޮންމެ މަހައްގެ މުވައްޒަފުންގެ މުސާރަ އާއި ބައެއް އެހެން ޙަރަދުގެ ގޮތުގައި 200،000 ރުފިޔާ ހަރަދު ކުރެވޭނެކަމަށް ލަފާކުރެވެއެވެ. ފުރަތަމަ ސަފުގައި މަސައްކަތްކުރައްވާ މުވައްޒަފުންނަށް މުސާރައިގެ 10 ޕަސެންޓް ހެޒަރޑު ޕޭ ގެ ގޮތުގައި ދިނުމަށް ވަނީ ހަމަޖައްސާފައެވެ. މީގެ އިތުރުން، މުވައްޒަފުންނަށް އާންމު އުސޫލުން ހަމަޖެހިފައިވާ ޕެއިޑް ސިކް ލީވް ތިން ދުވަހުގެ އިތުރުން އަދި 30 ދުވަސް ދިނުމަށް ވަނީ ނިންމާފަ އެވެ. މުޅިއެކު ޖުމްލަ 30 ޕެއިޑް ސިކް ލީވް ދުވަސް މުވައްޒަފުންނަށް ލިބިގެންދާ ކަމަށް ޓްރީ ޓޮޕްގެ ބަޔާނުގައި ވަނީ ބުނެފައެވެ.  އަދި މި މުއްދަތުގައި އެއްވެސް މުވައްޒަފަކަށް ވަޒީފާ އަދާކުރުމުގައި ގެއްލުމެއް ލިބިއްޖެނަމަ އެއް އަހަރު ދުވަހުގެ ޕެއިޑް ޑިސްއެބިލިޓީ ލީވް ދިނުމަށްވެސް ހަމަޖެހިފައިވާކަން ޓްރީ ޓޮޕްގެ ބަޔާނުގައި ވަނީ ބުނެފައެވެ. މީގެ އިތުރުން، އެއްވެސް މުވައްޒަފެއްގެ ފުރާނައަށް ގެއްލުންވާ ހާލަތެއްގައި މާލީ އެހީތެރިކަން ދިނުމުގެ އިންތިޒާމް ވެސް ހަމަޖައްސާނީ ޓްރީ ޓޮޕް ހޮސްޕިޓަލް ހިންގާ ކުންފުނީގެ ފަރާތުން ކަމަށް ހޮސްޕިޓަލުގެ ބަޔާނުގައި ވަނީ ބުނެފައެވެ. 

ސަރުކާރާއި ހޮސްޕިޓަލް ހަވާލުކޮށްފައިވާ މުއްދަތުގައި ކޯވިޑް- 19 އަށް ފަރުވާ ދިނުމަށް ބޭނުންކުރާ ޞިއްޙީ ފަރުވާދޭ އާލާތްތައް އަދި ބޭސް ފޯރުކޮށްދިނުމުގެ ޒިންމާ ނަންގަވާނީ ސަރުކާރުން ކަމަށް ޓްރީ ޓޮޕްގެ ބަޔާނުގައި ވަނީ ބުނެފައެވެ.  މި މަސައްކަތުގައި ޓްރީ ޓޮޕް ހޮސްޕިޓަލުން އިތުރު މުވައްޒަފުންގެ ބޭނުން ޖެހިއްޖެ ހިނދެއްގައި ސަރުކާރުން އެހީތެރިވުމަށްވަނީ އެއްބަސްވެފައެވެ. އަދި މި ތިން މަސް ދުވަހުގެ މުއްދަތުގައި ޓްރީ ޓޮޕް ހޮސްޕިޓަލުގެ ކަރަންޓާ އި ފެނުގެ ޙަރަދު ހަމަޖައްސަވައިދެއްވާނީ ނެޝަނަލް ޑިސާސްޓަރ މެނޭޖްމަންޓް އޮތޯރިޓީއިންނެވެ. 

ޓްރީ ޓޮޕް ހޮސްޕިޓަލް (ޓީ.ޓީ.އެޗް) އަކީ ޓްރީ ޓޮޕް ހެލްތް ޕްރައިވެޓް ލިމިޓެޑްގެ ބައެކެވެ. އަދި ޓްރީ ޓޮޕް ހެލްތް ޕްރައިވެޓް ލިމިޓެޑްގެ ހިއްސާދާރުންނަކީ ކްރައުން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް އާ އި، ޗްންޕާ ބްރަދާސް ޕްރައިވެޓް ލިމިޓެޑް އާއި، ކުރެއްދޫ ހޯލްޑިންގސް ޕްރައިވެޓް ލިމިޓެޑް އާ އި، އަދި ކާސާ ހޯލްޑިންގސް ޕްރައިވެޓް ލިމިޓެޑް އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: