ލޮކްޑައުންގެ އަމުރާއި ޚިލާފުވެ މަގުމައްޗަށް ނިކުމެ އުޅުނު، 170 މީހަކު އިއްޔެ ޖޫރިމަނާކޮށްފައިވާކަމަށް މޯލްޑިވްސް ޕޮލިސް ސާރވިސްއިން ހާމަކޮށްފިއެވެ.
މި ކަމާއި ގުޅިގެން މޯލްޑިވްސް ޕޮލިސް ސަރވިސްއިން މިއަދު ކުރި ޓްވީޓެއްގައި ބުނީ، ލޮކްޑައުންގެ އަމުރާއި ޚިލާފުވެ މަގުމައްޗަށް ނިކުމެ އުޅުނު، 170 މީހަކު އިއްޔެ ޖޫރިމަނާކޮށްފައިވާކަމަށާއި، އޭގެތެރެއިން 9 މީހަކު ހައްޔަރުކޮށްފައިވާނެ ކަމަށެވެ.
މީގެ އިތުރުން، މާލެ ސަރަޙައްދު ލޮކްޑައުންގެ ހާލަތަށް ގެނައިފަހުން، އަމުރާއި ޚިލާފުވެ މަގުމައްޗަށް ނިކުތް ޖުމްލަ 162 މީހަކު މިހާތަނަށް ހައްޔަރުކޮށްފައިވާކަމަށެވެ.
މާލޭސިޓީން އިއްޔެ 170 މީހަކު ޖޫރިމަނާކޮށް، 9 މީހަކު ހައްޔަރުކޮށްފައިވާއިރު، އެއްވެސް ހުއްދައެއްނެތި ށ.ފުނަދޫން ފުރި ދެ މީހަކު ހައްޔަރުކޮށްފައިވާކަމަށް ވެސް ފުލުހުން ހާމަކޮށްފައިވެއެވެ.

