ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ޑރ. މުއިއްޒު ގައުމު ސަލާމަތުގެ އައްސޭރިއަކަށް ގެންގޮސްދެއްވާނެ ކަމުގެ އިތުބާރު ރައްޔިތުން ކުރޭ: ސައީދު

ޕީޕަލްސް ނޭޝަނަލް ކޮންގްރެސް ގެ ނައިބް ރައީސް ސައީދު (ޕީއެންސީ)
ޝެއާރކޮށްލާ ކަހަލަދޯ؟

ގައުމު ދަރަނިވެރިވިޔަ ނުދެއްވައި، ކާޑާއި، ގޭހާއި ތެލަށްވެސް ޖެހުނަ ނުދެއްވައި ރައީސް ޑރ. މުއިއްޒު ގައުމު ސަލާމަތުގެ އައްސޭރިއަކަށް ގެންގޮސްދެއްވާނެ ކަމުގެ އިތުބާރު ރައްޔިތުން ކުރާކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ސައީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، 2019 ވަނަ އަހަރު ސްޓޭޓް ބޭންކް އޮފް އިންޑިއާއިން ނެގި 150 މިލިއަން ޑޮލަރުގެ ޓްރެޒަރީ ބިލް ފެސިލިޓީއަށް ދައްކަންޖެހޭ އެންމެ ފަހު 50 މިލިއަން ޑޮލަރުގެ އިންސްޓޯލްމަންޓް މި ސަރުކާރުން ދެއްކުމަކީ ރައްޔިތުންގެ ބޮލުގައި ނިމިދިޔަ ސަރުކާރުން އަޅުވާފައި އޮތް ބޮޑު ދަރަންޏަކުން މިންޖުވުން ކަމަށެވެ.

އެމްޑީޕީގެ ސަރުކާރުން މާލީ ނިޒާމް ބޮއްސުންލާން ދޫކޮއްލާ، ދައުލަތުގެ ބަޖެޓުން އިސްރާފު ޚަރަދުތަކެއް ކުރަމުން ދިޔަކަމަށާއި އެހެންނަމަވެސް އެމްޑީޕީން ނަގާފައިވާ 150 މިލިއަން އެމެރިކާ ޑޯލަރުގެ ލޯނު އަނެއްކާވެސް މި ސަރުކާރުން ދެއްކުމުން އެކަމާ އުފާކުރައްވާކަމަށް ސައީދު ވިދާޅުވިއެވެ.

ރައީސް ޑރ. މުއިއްޒަށް ރައްޔިތުން ކުރި އިތުބާރަކީ އެއީ ކަމަށާއި ޤައުމު ދަރައި ވިކުނަ ނުދެއްވައި، ކާޑާއި، ގޭހާއި ތެލަށްވެސް ޖެހުނަ ނުދެއްވައި ސަލާމަތުގެ އައްސޭރިއަކަށް ގެންގޮސްދެއްވާނެ ކަމުގެ އިތުބާރު ރައްޔިތުން އެމަނިކުފާނަށް ކުރައްވާ ކަމުގައި ސައީދު ވިދާޅުވިއެވެ. އަދި ރައީސް ޑރ. މުއިއްޒު ރައްޔިތުންގެ އެ އިތުބާރު ދަމަހައްޓަވާ އުނދަގޫ އެތައް ހާލަތެއް ގިރާކުރައްވާ ދިވެހީންގެ ރާއްޖެ އަމާން ބަނދަރަކަށް ގެންދިއުމުގެ ޒިންމާ ނަންގަވަމުން ގެންދަވަނީ ނުހަނު އަމާނާތްތެރިކަމާއެކުގައި ދިވެހި ގައުމާއި ރައްޔިތުން އިސްކުރައްވައިގެން ކަމަށް ސައީދު ވިދާޅުވިއެވެ.

”ރައީސް ޑރ. މުޙައްމަދު މުއިއްޒަށް ރައްޔިތުން ކުރި އިތުބާރަކީ އެއީ. ގައުމު ދަރައި ވިކުނަ ނުދެއްވައި، ކާޑާއި، ގޭހާއި ތެލަށްވެސް ޖެހުނަ ނުދެއްވައި ސަލާމަތުގެ އައްސޭރިއަކަށް ގެންގޮސްދެއްވާނެ ކަމުގެ އިތުބާރު. އިންޝާﷲ އެކަން އެ ގެންދަވަނީ ރެއާއި ދުވާލު ކުރައްވަމުން، އަމަލީ ނަތީޖާ ނެރެދެއްވަމުން،“ ސައީދު

ސައީދު މިހެން ވިދާޅުވެފައިވާއިރު ނިމިދިޔަ ސަރުކާރުން 2019 ވަނަ އަހަރު ސްޓޭޓް ބޭންކް އޮފް އިންޑިއާއިން ނެގި 150 މިލިއަން ޑޮލަރުގެ ޓްރެޒަރީ ބިލް (ޓީ-ބިލް) ފެސިލިޓީއަށް ދައްކަންޖެހޭ އެންމެ ފަހު 50 މިލިއަން ޑޮލަރުގެ އިންސްޓޯލްމަންޓް ދައްކައި ވަނީ ހަލާސްކުރީ މި މަހުގެ 16 ވަނަ ދުވަހުއެވެ. އެގޮތުން، މި އަހަރުގެ ޖެނުއަރީ މަހުގައި 50 މިލިއަން ޑޮލަރު ދައްކާފައިވާއިރު، މެއި މަހުގެ 11 ވަނަ ދުވަހު ވަނީ އިތުރު 50 މިލިއަން ޑޮލަރު ދައްކާފައެވެ.

މި ފައިސާ ދެއްކި ނަމަވެސް، ރާއްޖެއަށް ބޭނުންވާ ތެލާއި، ކާޑުގެ ބާވަތްތަކުގެ އިތުރުން ޒަރޫރީ އެހެނިހެން މުދާ މެދުކެނޑުމެއް ނެތި އެތެރެކުރުމަށް ބޭނުންވާ ބޭރު ފައިސާގެ އިންތިޒާމުތައް ހަމަޖެހިފައިވާކަމަށް ފިނޭންސް މިނިސްޓްރީން ވަނީ ބުނެފައެވެ. އަދި ދައުލަތުގެ ރަސްމީ ރިޒާވްގައި ގާތްގަނޑަކަށް 644 މިލިއަން ޑޮލަރު ހުރުމާއެކު، ދަރަނި އަދާކުރުމުގެ ސަބަބުން ޒަރޫރީ މުދާ އެތެރެކުރުމަށް ދަތިތަކާ ކުރިމަތި ނުވާނެކަމަށް ބުނެފައިވެއެވެ.

ނަމަވެސް، އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަން ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައި ވަނީ އެ ދަރަނި ދައްކާފައިވަނީ ބޭންކުތަކުގައި ހުރި އާންމު ރައްޔިތުންގެ ޑޮލަރު ބޭނުންކޮށްގެން ކަމަށާއި، އިންޑިއާއިން އެ ދަރަނި ފަސްކޮށްނުދިނުމުން، ދަރަނި ދައްކަން ޖެހި މިހާރު ރިޒާވުން ޑޮލަރު ހުސްވެފައިވާ ކަމަށެވެ. އަދި އެކަމުގެ ސަބަބުން އަސާސީ ތަކެތި ގެނައުމަށް ދަތިތަކާ ކުރިމަތިލާންޖެހޭނެ ކަމަށް ވިދާޅުވެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: