ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުރާ ކުށަކަށް ހައްގު އަދަބު ދޭނަން، އަދުލުވެރިކަމަކީ އެއީ: ރައީސް

"މަތީ މަޖިލިސް" ޕީއެންސީ ކޮންގްރެސްގެ ތެރެއިން
ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރުގެ އެންމެ އިސް ސިޔާސަތަކީ އިހުލާސްތެރިކަމާއެކު އަދުލުވެރިކަން ގާއިމުކުރުންކަމަށާއި، ކުށް ކުރާ މީހަކަށް ހައްގު އަދަބު ލިބޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މުއިއްޒު މިހެން ވިދާޅުވީ ޕީއެންސީގެ ކޮންގްރެސް ނިންމާލުން ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

ރައީސް ވިދާޅުވި ގޮތުގައި، ސިޔާސީ ޕާޓީތަކުގެ ތަފާތު ސިކުނޑިތަކާއި ފިކުރުތައް ހުރި ނަމަވެސް، މި ސަރުކާރުގެ ވިސްނުމަކީ ގައުމުގައި ހަމަޖެހުން ގާއިމުކުރުމެވެ. ކޮންމެ މީހަކަށްމެ އެ މީހަކު ބޭނުންވާ ސިޔާސީ ޕާޓީއެއްގައި ނުވަތަ ފިކުރެއްގައި ހުރުމުގެ މިނިވަންކަން އޮންނާނެ ކަމަށާއި، އޭގެ ސަބަބުން އެއްވެސް މީހަކަށް ލިބޭނެ އަދަބެއް ނެތްކަމަށް ރައީސް ވިދާޅުވި އެވެ.

އެހެން ނަމަވެސް އެ މީހަކީ ގާނޫނާއި ހިލާފުވާ މީހެއްގެ ގޮތުގައޮ ވެގެން ނުވާނެކަމަށް ރައީސް ވިދާޅުވި އެވެ.

ވަކި މީހަކު ވަކި ސިޔާސީ ފިކުރެއްގައި ހުރުމަކީ އެ މީހަކަށް އަދަބު ދޭންޖެހޭނެ ކަމެއް ނޫން. އެހެންނަމަވެސް، ގާނޫނާ ހިލާފަށް އެއްވެސް ކަމެއް ކޮށްގެން ނުވާނެ. ގާނޫނާ ހިލާފުވާނަމަ އެއީ ތަފާތު މައްސަލައެއް

ރައީސް މުއިއްޒު އިތުރަށް ވިދާޅުވި ގޮތުގައި އިރާދަކުރެއްވިއްޔާ މި ސަރުކާރުން ކަންކަން ނިންމުމުގައި ފުރިހަމަ ގޮތުގައި އަދުލުވެރިކަން ދަމަހައްޓާނެއެވެ.

މީގެ އިތުރުން، ގައުމުގައި ހުރި ބޮޑެތި މައްސަލަތައް ހައްލުކުރުމުގައި ވެސް ސަރުކާރުން އިސްކުރާނީ އަދުލުވެރިކަމާއި އިހުލާސްތެރިކަންކަމަށް ރައީސް ފާހަގަކުރެއްވިއެވެ.

 

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: