ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސްޓެލްކޯގެ ޑިރެކްޓަރުންގެ ބޯޑަށް ނިޡާމް

ސްޓެލްކޯ ގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމުގެ މަޤާމަށް އަޙްމަދު ނިޡާމް އައްޔަނު ކުރުން/ ފޮޓޯ: ޕީސީބީ
ޝެއާރކޮށްލާ ކަހަލަދޯ؟

ސްޓެލްކޯގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމަށް ދ. މީދޫ، އަސަރީގެ، އަހުމަދު ނިޡާމް އައްޔަނުކުރައްވައިފިއެވެ.

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ބުނީ، ސްޓެލްކޯގެ ބޯޑު މެންބަރުކަމަށް ނިޡާމް ހަމަޖައްސަވާފައިވަނީ މިއަދުން ފެށިގެން ކަމަށެވެ.

ދައުލަތުގެ ވިޔަފާރި ތަންތަން ޕްރައިވަޓައިޒް ކުރުމާއި، ކޯޕަރަޓައިޒް ކުރުމުގެ އިތުރުން މޮނިޓަރކޮށް އިވެލުއޭޓް ކުރުމުގެ ގާނޫނުގެ ދަށުން، ސަރުކާރުގެ ކުންފުނިތަކުގެ ބޯޑުތަކަށް ބޭފުޅުން އައްޔަންކުރުމާއި ވަކިކުރުމުގެ އެންމެހައި ޒިންމާތަކާއި ބާރުތައް މަތިކޮށްފައިވަނީ ޕީސީބީ އަށެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ދައުލަތުގެ ހަރަރަދުތައް ކުޑަކޮށް، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހިންގުން ހަރުދަނާކުރުމަށްޓަކައި މިފަހުން ވަނީ ބައެއް ފިޔަވަޅުތައް އިއުލާނުކޮށްފަ އެވެ. އެގޮތުން، ހަރަދު ކުޑަކުރުމުގެ ގޮތުން ފެނަކަ އެސްޓީއޯގެ ދަށަށް އަދި އާރުޑީސީ އެޗްޑީސީގެ ދަށަށް ބަދަލުކުރުން ފަދަ އެއްގޮތް މަސައްކަތްތައް ކުރާ ކުންފުނިތައް އެއްކޮށްލުމާއި، ފައިދާ ނުވާ ބައެއް ކުންފުނިތައް އުވާލުމުގެ ހިމެނެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: