ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވާދޫ ސްކޫލްގެ ކުދިންގެ އަޚުލާގު ގޯސްވާ މައްސަލަ ބޮޑުވުމުން ކައުންސިލުން ހަރުކަށި ފިޔަވަޅުތަކެއް އަޅަން ނިންމައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

ރ. ވާދޫ ސްކޫލްގެ ދަރިވަރުންގެ އަޚުލާގީ މައްސަލަތައް ހައްލުކުރުމަށްޓަކައި އެ ރަށު ކައުންސިލުން ހަރުކަށި ފިޔަވަޅުތަކެއް އެޅުމަށް ނިންމައި އާ އުސޫލުތަކެއް އިއުލާނުކޮށްފިއެވެ.

ކައުންސިލުން އެޅި ފިޔަވަޅުތަކުގެ ތެރޭގައި، ބެލެނިވެރިޔަކާ ނުލައި ރޭގަނޑު 21:00 ގެ ފަހުން ސްކޫލް ކުދިން ބޭރުގައި އުޅުން މަނާކުރުން ހިމެނެއެވެ. އަދި މީގެ އިތުރުން އިރުއޮއްސުމަށްފަހު ޕާކުތަކާއި ކުޅިވަރު ކުޅޭ ތަންތަން ބޭނުންކުރުން ވެސް ވަނީ މަނާކޮށްފައެވެ.

ހަމައެއާއެކު، ނަމާދު ވަގުތުތަކުގައި ކުޅިވަރު ހަރަކާތްތައް ހިންގުމާއި، ބެލެނިވެރިޔަކާ ނުލައި ކަނޑުތޮއްޓަށް އެރުމާއި ރަށުން ބޭރަށް ދަތުރުކުރުން ވެސް ދަރިވަރުންނަށް ވަނީ މަނާކޮށްފައެވެ.

ދަރިވަރުންގެ ރައްކާތެރިކަމާއި އަޚުލާގު ރަނގަޅު ކުރުމުގެ ގޮތުން، ކުދިންގެ އުމުރާ ނުގުޅޭ މަސައްކަތް ކުރުވުމާއި، ދުންފަތުގެ އިސްތިއުމާލުކުރުމުގެ އިތުރުން ދުންފަތުގެ ވިޔަފާރި ކުރުން ވެސް ވަނީ މަނާކޮށްފައެވެ.

ވާދޫ ކައުންސިލުން ހާމަކޮށްފައިވާ ގޮތުގައި، މި އެންގުންތަކާއި އުސޫލުތަކާ ޚިލާފުވާ ދަރިވަރުންނާމެދު ހަރުދަނާ ފިޔަވަޅުތަކެއް އަޅަމުން ގެންދާނެ

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: