ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިމަހުގެ މިހާތަނަށް ރާއްޖެއަށް ލައްކައަކަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފި

ރާއްޖޭގެ ރަށެއްގައި ޓުއަރިސްޓުންތަކެއް
ޝެއާރކޮށްލާ ކަހަލަދޯ؟

މިމަހު މިހާތަނަށް ރާއްޖެއަށް ލައްކައަކަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފިއެވެ.

ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ އެންމެ ފަހުގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި މިމަހުގެ 22 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ޖުމްލަ 105,182 ފަތުރުވެރިން ވަނީ އައިސްފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކުރި 107,690 ފަތުރުވެރިންނާ އަޅާބަލާއިރު ގާތްގަނޑަކަށް ދޭއް އިންސައްތައިގެ ދަށްވުމެކެވެ. ނަމަވެސް، 2024 ވަނަ އަހަރުގެ މި މުއްދަތާ އަޅާކިޔާއިރު މިއީ ދިހަ އިންސައްތައިގެ ކުރިއެރުމެކެވެ

ތަފާސްހިސާބުތައް ދައްކާގޮތުން އަހަރުގެ މިހާތަނަށް ރާއްޖެއަށް ވަނީ ޖުމްލަ 1.5 މިލިޔަން ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދާ އަޅާ ބަލާއިރު ދަށް އަދަދެކެވެ.
ރާއްޖެއަށް މިހާރު އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކުރަނީ ޗައިނާއިންނެވެ. އަހަރުގެ މިހާތަނަށް އެޤައުމުން ރާއްޖެއަށް 2 ލައްކައަށްވުރެ ގިނަ ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ.

މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާއި ދުނިޔޭގެ މަސްރަޙަށް އައި ބަދަލުތަކުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމަށް ކުރިމަތިވި ގޮންޖެހުންތަކުން އަރައިގަތުމަށް ގިނަ މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށް ފަތުރުވެރިކަމާ ބެހޭ ވަޒީރު މުޙައްމަދު އަމީން ވަނީ ވިދާޅުވެފައެވެ. ވަޒީރު ވިދާޅުވި ގޮތުގައި، ސަރުކާރުން މިއަހަރަށް ކަނޑައެޅި 2.5 މިލިއަން ފަތުރުވެރިން ގެނައުމުގެ އަމާޒަށް ބައެއް ހުރަސްތައް އެޅުނީ ކޮންޓްރޯލުން ބޭރުގައި ހުރި ދުނިޔޭގެ ސިނާއީ ބަދަލުތަކުގެ ސަބަބުންނެވެ.

އެހެންނަމަވެސް، ފަތުރުވެރިކަމުގެ ސިނާޢަތުގެ ބައިވެރިންނާ ގުޅިގެން ކުރެވުނު މަސައްކަތްތަކުން މިހާރު ރަނގަޅު ނަތީޖާއެއް ފެންނަމުންދާ ކަމަށާއި، ކުރިއަށް އޮތް ފަހު ކުއާޓަރުގައި ފަތުރުވެރިކަމަށް ބޮޑު ކުރިއެރުމެއް އަންނާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. އަދި ފަތުރުވެރިކަމުގެ މި ސީޒަނާ ދިމާކޮށް އިތުރު ހަތް އެއާލައިނަކުން ރާއްޖެއަށް ދަތުރުތައް ފެށުމަށް ހަމަޖެހިފައިވާ ކަމަށްވެސް ވަޒީރު ވަނީ ހާމަކުރައްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: