ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

43 އަހަރު ފަހުން މަސްޖިދުލް ހަރަމްގެ އިމާމަކު ރާއްޖެ ވަޑައިގަންނަވަނީ

ޝައިޚް، ޑރ. ޔާސިރު އަލް ދައުސަރީ
ޝެއާރކޮށްލާ ކަހަލަދޯ؟

މަސްޖިދުލްޙަރާމްގެ އިމާމު އަދި ޚަތީބު ފަޟީލަތުއްޝައިޚު ޑރ. ޔާސިރް އައްދައުސަރީ ރާއްޖެ ވަޑައިގަންވާ ގޮތަށް ހަމަޖެހިއްޖެއެވެ.

ރޭ ބޭއްވި ކީރިތި ޤުރްއާން ކިޔެވުމުގެ 38 ވަނަ ޤައުމީ މުބާރާތުގެ ނަތީޖާ ފާޅުކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްވަމުން އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދުވަނީ ޝައިޚް، ޑރ. ޔާސިރު އަލް ދައުސަރީ ރާއްޖެ ވަޑައިގަންނަވަން ހަމަޖެހިފައިވާކަން އިއުލާނުކުރައްވާފައެވެ.

ވަޒީރު ވިދާޅުވީ، އަސްލު ޔާސިރު އައް ދައުސަރީއަށް ދައުވަތު އެރުވީ ރައީސް، ޑރ. މުހައްމަދު މުއިއްޒުގެ އިރުޝާދުގެ ދަށުން ޒުވާން ހަތީބުންގެ ގައުމީ މަހާސިންތާއަށް ކަމަށާއި ނަމަވެސް އެމަނިކުފާނަށް އެދުވަހަށް ވަޑައިގެންނެވޭ ގޮތް ނުވެވުނު ކަމަށެވެ. އަދި ސަރުކާރުން ބަލަމުން އަންނަނީ މިހާރު ހިނގަމުން އަންނަ އޯލެވެލް އިމްތިހާނު ނިމޭއިރަށް ދަތުރުގެ ތާރީހު ހަމަޖެއްސުމަށް ކަމަށާއި އެގޮތަށް ނިންމީ ވަރަށް ގިނަ ޒުވާން ހަތީބުން އޯލެވެލް ހަދަމުން އަންނާތީ ކަމަށް ވެސް ވަޒީރު ފާހަގަކުރެއްވިއެވެ.

ޔާސިރު އައް ދައުސަރީއަކީ މަސްޖިދުލް ހަރަމްގެ އެންމެ ޒުވާން އިމާމެވެ. ޒުވާނުންގެ މެދުގައި ވަރަށް މަޝްއޫރު އެ އިމާމަކީ ވަރަށް ރީއްޗަށް ގުރުއާން ކިޔާވާ ބޭފުޅެކެވެ.

ވަޒީރު ވިދާޅުވީ، ރާއްޖެއަށް މަސްޖިދުލް ހަރަމްގެ އިމާމަކު އެންމެ ފުރަތަމަ ވަޑައިގެންފައިވަނީ އިސްލާމީ މަރުކަޒު ހުޅުވަން ކަމަށެވެ. އެހެން ކަމުން މިއީ 43 އަހަރު ފަހުން މަސްޖިދުލް ހަރަމްގެ އިމާމަކު ރާއްޖެއަށް ވަޑައިގަންނަވާ ފުރަތަމަ ފަހަރުކަން ވެސް ވަޒީރު ފާހަގަކުރެއްވިއެވެ.

އިސްލާމީ މަރުކަޒު ހުޅުވުމަށް، މަސްޖިދުލްޙަރާމްގެ އިމާމް މުޙައްމަދު އައްޒުބައިޔީ ރާއްޖެ ވަޑައިގެންނެވިއެވެ. އެ ފަހުން މަސްޖިދުލްޙަރާމްގެ އިމާމަކު ރާއްޖެއަށް ވަޑައެއް ނުގަންނަވައެވެ.

ޝައިޚް ޑރ. ޔާސިރް އައްދައުސަރީއަކީ މުޅި އިސްލާމީ ދުނިޔޭގައިވެސް އެންމެ މަޤުބޫލު އަދި އަޑުރީތި އެއް ޤާރީއެވެ. އެމަނިކުފާނު ވަނީ 2019 ވަނަ އަހަރު މަސްޖިދުލްޙަރާމްގެ ދާއިމީ އިމާމަކަށް އައްޔަންކުރެއްވުމުގެ ކުރިން، ރިޔާޟްގައި ހުންނަ މަސްޖިދުލް ދަޚީލްގައި އިމާމެއްގެ ގޮތުގައި ޚިދުމަތްކުރެއްވިއެވެ. މި މުއްދަތުގެ ތެރޭގައި އެމަނިކުފާނުގެ ޤުރުއާން ކިޔެވުމުގެ ރީތި އަޑު ސޯޝަލް މީޑިއާގެ އެކި މަންސަތަކުގައި ވަރަށް ބޮޑަށް މަޤުބޫލުވެގެން ދިޔައެވެ.

އިމާމެއްގެ ގޮތުގައި ކުރައްވާ ޚިދުމަތުގެ އިތުރުން، ޝައިޚް ޑރ. ޔާސިރް އައްދައުސަރީއަކީ 2020 ވަނަ އަހަރުން ފެށިގެން ދެ ޙަރަމްފުޅުގެ ކަންކަން ބަލަހައްޓާ ޖެނެރަލް ޕްރެޒިޑެންސީ ފޯ ދަ ހަރަމައިންގެ އެޑްވައިޒަރެއްގެ މަޤާމުވެސް ފުރުއްވަމުން ގެންދަވާ ބޭފުޅެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: