ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިނިސްޓަރ އިރުތިޝާމް އިންޑިއާގެ ޚާރިޖީ ވަޒީރު ޖެއިޝަންކަރާ ބައްދަލުކުރައްވައިފި

މިނިސްޓަރ އިރުތިޝާމް އިންޑިއާގެ ޚާރިޖީ ވަޒީރު ޖެއިޝަންކަރާ ބައްދަލުކުރެއްވުން/ ފޮޓޯ: ފޮރިން މިނިސްޓްރީ
ޝެއާރކޮށްލާ ކަހަލަދޯ؟

އދ. ގެ 81 ވަނަ އާންމު މަޖިލީހުގެ ހަވާސާގައި، ފޮރިން މިނިސްޓަރ އިރުތިޝާމް އާދަމް، އިންޑިއާގެ އެކްސްޓަރނަލް އެފެއާޒް މިނިސްޓަރ ޑރ. އެސް. ޖެއިޝަންކަރާ ބައްދަލުކުރައްވައިފިއެވެ.

ފޮރިން މިނިސްޓްރީން ބުނި ގޮތުގައި، އެމެރިކާގެ ނިއުޔޯކްގައި ބޭއްވި މި ބައްދަލުކުރެއްވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެވުނީ ދެ ގައުމުގެ ދެމެދުގައި އޮތް އެކުވެރިކަމުގެ ގުޅުން އިތުރަށް ހަރުދަނާކުރުމާ ގުޅޭގޮތުންނެވެ.

މީގެއިތުރުން، ދެ ގައުމުގެ ދޭދޭ ގުޅުމުގެ އިތުރުން ބައިނަލްއަގްވާމީ އެކި މަންސަތަކުގައި ދެގައުމު ގުޅިގެން ހަރަކާތްތެރިވުމާއި، ގުޅުން ބަދަހިކުރެވިދާނެ އައު ދާއިރާތަކާ ގުޅޭގޮތުން ދެ ބޭފުޅުންގެ މެދުގައި ފުޅާ ދާއިރާއެއްގައި ހިޔާލު ބަދަލުކުރެވުނުކަމަށް ވަނީ ބުނެފަ އެވެ.

މީގެއިތުރުން، އދ. ގެ އާންމު މަޖިލީހުގެ ހައިލެވެލް ހަފުތާގެ ހަވާސާގައި ދިވެހިރާއްޖެއާއި ކްރޮއޭޝިއާއާ ދެމެދު ސިޔާސީ ގޮތުން މަޝްވަރާކުރުމުގެ އެމްއޯޔޫ އޮން ޕޮލިޓިކަލް ކޮންސަލްޓޭޝަންސް ވަނީ ސޮއިކޮށްފައެވެ.

މި ފަހުމުނާމާގައި ސޮއިކުރެވުމާއެކު، ދިވެހިރާއްޖެއާއި ކްރޮއޭޝިއާއާ ދެމެދު އޮތް ޚާރިޖީ ގުޅުން އިތުރަށް ބަދަހިވެގެންދާނެއެވެ. އަދި ދެ ޤައުމަށް ލާބަޔާއި މަންފާހުރި ދާއިރާތަކުން ގުޅުން ބަދަހިކުރުމަށްޓަކައި، ގަވާއިދުން މަޝްވަރާ ބައްދަލުވުންތައް ބޭއްވުމަށް މަގުފަހިވެގެންދާނެއެވެ. މީގެއިތުރުން، މި އެއްބަސްވުމުން ރަމްޒުކޮށްދެނީ ދެ ޤައުމުގެ ދެމެދުގައިވާ ގުޅުން އިތުރަށް ހަރުދަނާކުރުމަށް ދެ ފަރާތުންވެސް ބޭނުންވާ މިންވަރާއި، އެކަމަށް ފުރިހަމައަށް ތައްޔާރުވެފައިވާ ކަމެވެ.“

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: