ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އދ. ގެ ފުރިހަމަ މެންބަރުކަން ފަލަސްތީނަށް ދިނުމަށާއި، އިސްރާއީލުގެ ގަތުލުއާންމު ހުއްޓާލުމަށް ރާއްޖެއިން ގޮވާލައިފި

ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް
ޝެއާރކޮށްލާ ކަހަލަދޯ؟

އިސްރާއީލުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ޣައްޒާގައި ހިންގަމުންދާ ގަތުލުއާންމާއި ހަނގުރާމައިގެ ޖަރީމާތައް ވަގުތުން ހުއްޓާލުމަށް ދިވެހިރާއްޖެއިން ގޮވާލައިފިއެވެ.

ރާއްޖެއިން މިކަމަށް ގޮވާލެއްވީ އދ. ގެ އާންމު މަޖިލީހުގައި ތަގުރީރު ކުރައްވަމުން ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފެވެ.

ނައިބު ރައީސްގެ ވާހަކަފުޅުގައި، ދުނިޔޭގެ އެއްވެސް ތަނެއްގައި މިނިވަން ދައުލަތެއްގެ ގޮތުގައި ދިރިއުޅުމުގެ ހައްގު ފަލަސްތީނުގެ ރައްޔިތުންނަށް ވުރެ ބޮޑަށް ނިގުޅައިގަނެވިފައި ނުވާކަމަށް ވިދާޅުވިއެވެ. އަދި އިސްރާއީލުގެ އުދުވާނަކީ ހަމައެކަނި ޣައްޒާއަށް އަމާޒުވެފައިވާ ކަމެއް ނޫންކަމަށާއި، މުޅި ސަރަހައްދުގެ ގައުމުތަކުގެ ސިޔާދަތަށް އަރައިގަނެ، ސަރަހައްދީ ހަމަޖެހުން ގެއްލުވާލަމުންދާކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ފަލަސްތީނަކީ އދ. ގެ ފުރިހަމަ މެންބަރު ގައުމެއްގެ ގޮތުގައި ބަލައިގަނެ، ބައިނަލްއަގުވާމީ މުޖުތަމައުގައި އެ ގައުމުގެ ހައްގުތައް ކަށަވަރުކޮށްދޭން ޖެހޭކަމަށް ފާހަގަކުރެއްވިއެވެ.

މީގެއިތުރުން، ހަމައެކަނި ކުށްވެރިކުރުމުން ނުފުދޭނެކަމަށާއި، މި އަނިޔާވެރިކަން ހުއްޓުވުމަށް އެޅި ފިޔަވަޅުތަކާ މެދު އދ. އާއި ދުނިޔޭގެ ގައުމުތަކުން ސުވާލު އުފައްދަން ޖެހޭކަމަށް ނައިބު ރައީސް ވިދާޅުވިއެވެ. އަދި ބައިނަލްއަގުވާމީ ގާނޫނުތަކަކީ ހަމައެކަނި ބަލިކަށި ގައުމުތަކަށް އޮންނަ އަދި ބާރުގަދަ ގައުމުތަކަށް އިސްތިސްނާވާ އެއްޗަކަށް ވެގެން ނުވާނެކަމަށާއި، ހުރިހާ ގައުމަކަށްވެސް އެއް ހަމައަކުން ގާނޫނު ތަންފީޒުވާން ޖެހޭނެކަމަށް ވިދާޅުވިއެވެ.

ނައިބު ރައީސް ވިދާޅުވީ، ފަލަސްތީނުގެ ރައްޔިތުންނަށް ބޭނުންވާ އިންސާނީ އެހީތެރިކަން އަވަހަށް، ރައްކާތެރިކަމާއެކު އަދި ފުޅާ ދާއިރާއެއްގައި ފޯރުކޮށްދެވޭނެ މަގު ފަހިކޮށްދޭން ޖެހޭކަމަށާއި، ބައިނަލްއަގުވާމީ ކޯޓުތަކުގެ ނިންމުންތަކަށާއި އދ. ގެ ގަރާރުތަކަށް އިހުތިރާމްކޮށް އެކަންކަން ތަންފީޒުކުރަން ޖެހޭ ކަމަށެވެ.

ނައިބު ރައީސް ވިދާޅުވީ، ދިވެހިރާއްޖެ އަބަދުވެސް އޮންނާނީ ފަލަސްތީނުގެ ރައްޔިތުންނާއެކު ކަމަށެވެ. އަދި 1967 ވަނަ އަހަރުގެ ކުރިން އޮތް ބޯޑަރުތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ގުދުސްއަކީ ވެރިރަށް ކަމުގައި ކަނޑައެޅިފައިވާ ފަލަސްތީނުގެ މިނިވަން، މުސްތަގިއްލު ދައުލަތެއް ގާއިމުކުރުމަށް ރާއްޖެއިން ކުރާ ތާއީދު އެމަނިކުފާނު ވަނީ ތަކުރާރު ކުރައްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: