ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރަސްމާލެ މަޝްރޫއުގެ އަސްލު ޕްލޭނަށް އެއްވެސް ބަދަލެއް ނާދޭ: ރައީސް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު -- ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރަސްމާލެ ތަރައްގީ ކުރުމުގެ ބިޔަ މަޝްރޫއު އެންމެ ފުރަތަމަ ދުވަހުން ފެށިގެން މިއަދާ ހަމައަށްވެސް ކުރިއަށްދަނީ ރޭވިފައިވާ އަސްލު ޕްލޭނާ އެއްގޮތަށް ކަމަށާއި، މި މަޝްރޫއަށް އެއްވެސް ބަދަލެއް އައިސްފައި ނުވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މުއިއްޒު މިހެން ވިދާޅުވީ، އެމަނިކުފާނު ބައިވެރިވެވަޑައިގެން ކުރިޔަށް ގެންދާ ނޭޝަން ޗެޓް ޕްރޮގްރާމްގައި މިރޭ ވާހަކަ ދައްކަވަމުންނެވެ.

ރާއްޖޭގެ ތާރީހުގައި ވެސް ބޭރުގެ ފަރާތަކުން ކުރާ އެންމެ ބޮޑު އިންވެސްޓްމަންޓްގެ ގޮތުގައި، އަބޫދާބީގެ މަޝްހޫރު ރިއަލް އެސްޓޭޓް ކުންފުނި ”އީގަލް ހިލްސް“ އިން ރާއްޖޭގައި ހިންގުމަށް ހަމަޖެހިފައިވާ 20 ބިލިއަން އެމެރިކާ ޑޮލަރުގެ މެގަ ޕްރޮޖެކްޓާއި މެދު ސުވާލު އުފައްދައި ބައެއް ފަރާތްތަކުން ދަނީ ފާޑުކިޔަމުންނެވެ.

”މޯލްޑިވްސް ވޯޓަފްރަންޓް އެންޑް މެރީނާ“ ގެ ނަމުގައި ރަސްމާލޭގައި ތަރައްގީކުރާ މި ބޮޑު މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ ހޯމަ ދުވަހު ޔޫއޭއީގެ ދުބާއީގައި އެކަމަށް ހާއްސަކޮށް ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.

މި އެއްބަސްވުމާއި ގުޅޭގޮތުން އުފައްދާ ސުވާލުތަކަށް ރައީސް މުއިއްޒު ވިދާޅުވީ ރަސްމާލެ ތަރައްގީ ކުރުމުގެ ބިޔަ މަޝްރޫއަކީ ރާއްޖެއަށް އިގްތިސާދީ، އިޖްތިމާއީ އަދި އުމްރާނީ ގޮތުން ބޮޑެތި ކުރިއެރުންތަކެއް ގެނެސްދީ، ދިވެހި ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކޮށްދޭނެ މުހިންމު މަޝްރޫއެއް ކަމަށެވެ.

ރައީސް ވިދާޅުވީ، ކޮންމެ ސަރުކާރަކުން މަސައްކަތް ކުރި ނަމަވެސް، ގައުމަށް ފައިދާހުރި ކަންކަމުގައި ސިޔާސީ ފިކުރަށްވުރެ ބޮޑަށް ގައުމީ މަސްލަހަތު އިސްކުރަންޖެހޭ ކަމަށެވެ. އަދި އިދިކޮޅު ފަރާތްތަކުން ޒިންމާދާރުކަމެއް ނެތި ދައްކާ ވާހަކަތަކާއި ކުރާ ކަންކަމުގެ ސަބަބުން ގައުމަށް ފައިދާވާން ހުންނަ ކަންކަމަށް ހުރަސްއެޅި، ގައުމަށް އޭގެ ނުރަނގަޅު އަސަރު ކުރާކަމަށް ފާހަގަކުރެއްވިއެވެ.

ބޮޑެތި މަޝްރޫއުތައް ހިންގާއިރު އެކި ކަހަލަ ގޮންޖެހުންތަކާއި ބަދަލުތައް އައުމަކީ ޕްރޮޖެކްޓް މެނޭޖްމަންޓުގައި އާންމު ކަމެއްކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، އެ މަޝްރޫއު ހިންގަން ވިސްނާފައިވާ އަސްލު ޕްލޭނަށް އެއްވެސް ބަދަލެއް ނާންނަ ކަމަށެވެ. އަދި މި މަޝްރޫއުގެ ތެރެއިން ރައްޔިތުންގެ އުންމީދުތައް ފުރިހަމައަށް ހާސިލުވެގެންދާނެކަމަށް ވެސް ވިދާޅުވި އެވެ.

މީގެއިތުރުން ރައީސް ވިދާޅުވީ، މިހާރުވެސް ބިމުގެ ގާތްގަނޑަކަށް 60 އިންސައްތައާއި 70 އިންސައްތައާ ދެމެދުގެ މިންވަރެއް ހިއްކިފައިވާ ކަމަށެވެ. އަދި ކުރިއަށް އޮތް ތިން މަސްދުވަހުގެ ތެރޭގައި، ނުވަތަ މި އަހަރު ނިމުމުގެ ކުރިން އެއްކޮށް ހިއްކާ ނިންމުމަކީ އަމާޒެއްކަމަށް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: